ސިޔާސީ ދާއިރާގައި ޒުވާން މޫނެއްކަމުގައިވާ އަހުމަދު ރީހާން އެމްޑީއޭގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލުމަށް ނިންމައިފިއެވެ.

އޭނާ ކުރިމަތިލާން ނިންމާފައިވަނީ އުނގޫފާރު ދާއިރާއަށެވެ. އެ ދާއިރާގައި ހިމެނޭ ރަށްތަކަކީ، އުނގޫފާރު، ހުޅުދުއްފާރު، މާކުރަތު އެވެ.

ރީހާން ވިދާޅުވީ، އޭނާ މަޖިލީހަށް ކުރިމަތިލުމަށް ނިންމާފައިވަނީ، ދާއިރާގެ ތަރައްގީއާއި ޒުވާނުންނަށްޓަކައި ކަމަށެވެ. އެގޮތުން ކުރިންވެސް އުނގޫފާރު ދާއިރާގެ ތަރައްގީއަށާއި، އަދި ޒުވާނުންނަށް ހާއްސަކޮށް އެމްޑީއޭގެ ލީޑަރު ޝިޔާމްގެ އެހީތެރިކަމާއެކު، އޭނާ ކަންތައްތައްކޮށްދީފައިވާނެ ކަމަށް ރީހާން ވިދާޅުވިއެވެ. އެގޮތުން ކުޅިވަރުގެ އެކިއެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ޒުވާނުންނަށް ހާއްސަކޮށް ފުޓްބޯޅަ މުބާރާތްތަކެއް އޭނާ ވަނީ ބާއްވައިދެއްވާފައެވެ. އަދި ސްޕޯޓްސް ފެސްޓިވަލްތަކާއި، ޒުވާނުންނަށް ކުޅިވަރު ސާމާނުތައްވެސް އޭނާ ވަނީ ހަދިޔާކޮށްފައެވެ.

އަދި މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރުވެސް، ރަށުގެ ޒުވާނުންނަށާއި، އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކޮށްފައިވާނެކަންވެސް ރީހާން ފާހަގަކުރެއްވިއެވެ.

ރީހާން ވިދާޅުވިގޮތުގައި، އޭނާއަކީ، އުނގޫފާރަށް ނިސްބަތްވާ މީހަކަށްވެފައި، އެ އަތޮޅުގެ ރަށްތަކަށް އޭނާގެ ފަރާތުން އެހީތައް އަބަދުވެސް ލިބެމުން އަންނަކަމަށެވެ. އަދި އެ ދާއިރާއަށް ކުރިމަތިލާ އެހެން ކެންޑިޑޭޓުންނައި އޭނާއާ އެންމެ ބޮޑަށް ތަފާތު ވަނީވެސް އެހެންވެގެންކަމަށް ރީހާން ވިދާޅުވިއެވެ.

ރީހާން އެންމެ ފާހަގަކުރެވެނީ ދާއިރާގެ ކުރިމަގާއި ތަރައްގީގެ ވިސްނުން ހުރި ގާބިލް ފާރަތެއްގެ ގޮތުގައެވެ. އަދި ދާއިރާގެ ކަންކަން ހައްލުކޮށްދިނުމުގައި ވަކާލާތު ކުރާނެ ދާއިރާއަށް އުފަން ދަރިއެއްގެ ގޮތުގައެވެ. އަދި ދާއިރާގެ ހުރިހާ ރައްޔިތުންނަށްޓަކައި ހަމަހަމަކަމާއެކު ވަކި ކުލަޔަކަށް ބެލުމެއްނެތި މަސައްކަތް ކުރާނެ ފަރާތެއްގެ ގޮތުގައެވެ.

"އަޅުގަނޑަކީ ކަޅު ފައިސާއަށް ނަފްސު ވިއްކާލާނެ މީހެއް ނޫން. އެއް ޕާޓީން އަނެއް ޕާޓީއަށް ދުވާނެ މީހެއްވެސް ނޫން". ރީހާން ވިދާޅުވިއެވެ.

ރީހާންއަކީ ތައުލީމީ ގޮތުންވެސް ރަނގަޅު ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ވިޔާފާރީގެ ދާއިރާއިން އޭނާ ވަނީ މާސްޓަސްއާ ހަމައަށް ކިޔަވާފައެވެ. އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، ގުރުއާން ޓީޗަރެއްގެ ގޮތުގައި ތިން އަހަރު ހޭދަކޮށް 2000 އަށްވުރެ ގިނަ ކުދިންނަށް ގުރުއާން އުނގަންނަވައި ދެއްވިއެވެ. އަދި އޭނާގެ ބެލުމުގެ ދަށުން އެ ކުދިން އެކި ކާމިޔާބީތައް ހޯދިކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އޭގެ ފަހުން ރިސޯޓްތަކުގައިވެސް އޭނާ މަސައްކަތް ކުރިއެވެ. އަދި އެންމެ ފަހުން އޭނާ ހުރީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައެވެ.

އޭނާއަކީ އެމްޑީއޭގެ ކައުންސިލް މެންބަރެކެވެ. އަދި އެމްޑީއޭ ޒުވާނުންގެ މަޖިލީހުގެ ރައީސްވެސް މެއެވެ.

އޭނާ އަކީ ވިޔަފާރީގައި އުޅެމުންދާ ފަރާތެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި މީގެ އިތުރުން ދާދި ފަހުން އެނާ ވަނީ "މިހިތުގާ"ނަމުގައި އަމިއްލަ މިއުޒިކް އަލްބަމެއް ޕްރޮޑިއުސްކޮށް އޭގެ ލަވަތައް ނެރެފައެވެ.

ރީހާން މަޖިލީހަށް ކުރިމަތިލާން ނިންމިއިރު، އޭނާއަކީ ރަށާއި މުޅި އަތޮޅު ފަހުރުވެރިވާ ދަރިއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ރަށާއި އަތޮޅަށްޓަކައި، ވަކާލާތުކޮށް، ކުރިއަށް އޮތްތަނުގައިވެސް ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާނެ ފަރާތެއްކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނުރައްކަލޭ

    އެމްޑީޕީގެ ޕްރައިމަރީ ގައި މިނިސްޓަރު އަސްލަންޓޭ ވެސް މިދިޔަ ފަހަރު ކަޓުވާލީ އެއީ ސީދާ ކެނެރީގެ ނަޝީދު އަންގައިގެން ކަން އެއީ މަމެން ދަންނަ ތަމެން ވެސް ދަންނަ ބޮޑު ސިއްރެއް ނޫންތޭ މިފަހަރު ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން އައްޑޫ ނިޒާރު އާއި އަދި ބްރިގޭޑިއާ ޑީޑީ ކަޓުވާލީ ސީދާ އެއީ ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން ކަން މަމެންނަށް ޔަގީންވެ ކަށަވަރޭ ނުރައްކަލޭ ދޯ ނުރައްކަލޭ ނުރައްކަލޭ ހާއް ހާއް ހާއް ހޯއް ނުރައްކަލޭ ނުރައްކަލޭ ގެޓް ދަ ޕޮއިންޓް.

  2. އައިމަން

    މިފަހަރު ރީހާން

  3. މޮންޑީ

    ހުޅުދުއްފާރަށް ކޮއްދިން ކަމެއް ނެތް. އަހަރެމެންގެ ވޯޓު ދެވޭނީ މުސްތޮފާބެ ބުނާ މީހަކަށް.

  4. ރާއިދު

    އަހަރެމީ މިދާއިރާގެ ޒުވާނެށް އަޑުއެހިތާ މިހުރީ

  5. ހުސެން

    ޤުރުއާން ކިޔަވައިދީ ލަވަކިޔާ އަލްބަމު ނެރެ ލޮލް މިއީ ހާދަ ގުޅޭ ދެކަމޭ ދެއްތޯ؟ ރީހާން ގެ ޙަޤީގަތް އޮޅުވާނުލެވޭނެ ގިނަބަޔަކަށް އިނގޭ އެއީ ކާކުކަން.

  6. ގާބިލް

    ރީހާން ވާނެ

  7. ފާފަޅޯ

    ސަންޓްރެވެލް ޝިޔާމް ކިބައިން ދ. ޢަތޮޅާއި ނ.އަތޮޅު މިނިވަން ކުރަންޖެހޭ.

  8. މަންޑޭ

    ބުރޯ އަށް ވާނެ . ތީ މޭން އެކޭ . މިފަހަރު ދާއިރާ އަށް އުފަން ދާޢިރާގެ ދަރިއެއް . ރީހާން 2019 އިންޝާ ﷲ