ސަފާރީއެއްގައި އެއްޗެއް ގޮވާ، ދެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު 11:45 ހާއިރުއެވެ. މީރު އައިލެންޑް ރިސޯޓު އެންޑް ސްޕާގެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އެއްޗެއް ގޮވި އިރު، އެ ހާދިސާގައި އަނިޔާވެފައި ވަނީ ތިން މީހަކަށް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެއީ ދެ ދިވެއްސަކާއި ލަންކާ މީހަކަށެވެ.

ސަފާރީއަށް ގެއްލުންފައި

"ސާރާ 1" ސަފާރީގައި ގޮވީ ކޮންއެއްޗެއްކަން އަދި ސާފުވެފައި ނުވާ ކަމަށް ފުލުހުން ބުނެފައިވާ އިރު، އަނިޔާވި ތިން މީހުނަށްވެސް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ލަންކާ މީހާގެ މޫނު އަދި ބަނޑުވެސް ވަރަށް ބޮޑަށް ފިހިފައިވެއެވެ. އެހެން ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ދެއެވެ.

ސަފާރީއަށް ގެއްލުންފައި

ސަފާރީގައި އެއްޗެއް ގޮވި ނަމަވެސް، އެ ގޮވުމާއެކު އެއްވެސް ވަރަކަށް ރޯވެ، އަލިފާން ހިފާފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ރޭސް

  ތިވެސް ވާނީ ޔާމީން ކުރިކަމަކަށް އުތަ؟

 2. ސައިފަތް

  ދެން އޮތީ މަރުތަކާ ހުސް އެކްސިޑެންޓްތައް މިގައުމަށް. އެކި ޒަމާނުގައި ކޯފާ ލައްވާނީ އެކި ގޮތަށް.

 3. އެލެކްސް

  ތިޔަ ވާނީ އަދީބު ކުރި ކަމަކަށް އެމްސީ އަވަހަށް ގެނެސް ސުވާލު ކޮށް އިތުރު 33 އަހަރު ޖަހާ. އަބުދުﷲ ރިޔާޒު ހުންނާނެ ކަލޭމެންމަށް ލަފާއަރުވަން. ވިލާ ޕޮލިސް އޮފީސް

 4. ކުރަނގި

  މުސީބާއަކައްފަހު މުީބާތެއް މިސަރުކާރު އައި ފަހުން ވިސްނާ ބަޔަކައް އިބުރަތެއް

 5. މޮޔަގޮލާ

  ގޮވީ ބެޓެރީއެއް. ސާފު ވެއްޖެ ބާ؟

 6. ބޫނޫ

  އަލިފާން ފެނުނުތަ އަނެއްކަ ގޮވިއިރު!!

 7. ނާސިރު

  ގޮލަަބޮ ޔަމެެބެ

 8. ގވ

  އެއްވެސް ފޮޓޯއަކުން އަލިފާން ނުފެނޭ ދެން ކީއްވެ ލަންކާމީހާ ފިހުނީ. ސަންގުޓީވީގެ ރޯފުޓޭޖް ދައްކާނެ ދުވަހަކއް ދެން އިންތިޒާރު މިކުރަނީ