އިސްލާމްދީނަށް ފާޑުކިޔަމުންދާ އިބުރާހިމް އިސްމާއިލް (އިބުރާ) އަކީ މިޖީލުދުއް އެންމެ މޮޅު މީހާ ކަމަށް ވިދާޅުވެ އިބުރާ އަށް ތާއިދު ކުރި ދިއްދޫ ކައުންސިލް ރައީސް އަލީ ހާޝިމް ކައުންސިލްގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދީފިއެވެ.
އަލީ ހާޝިމް ދިއްދޫ ކައުންސިލްގެ ރައީސް ކަމުން އިސްތިއުފާ ދީފައި މިވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ ކައުންސިލްގެ ރައީސް ކަމުން ދުރުކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރަމުން ގެންދަނިކޮށެވެ.
ހާޝިމާއި ދެކޮޅު ޕެޓިޝަންގައި ބުނެފައި ވަނީ އިސްލާމް ދީނާއި ގުރުއާނާއި ރަސޫލާ އަށް ފުރައްސާރަކޮށް ދައްކަމުންދާ ވާހަކަތަކަށް ފާޅުގައި ހާޝިމް ގެންދަވަނީ ތާއީދު ކުރައްވަމުންނެވެ. އެފަދަ މީހުންގެ ދިފާއުގައި ހާޝިމް ވާހަކަ ދައްކައި އެއީ މޮޅު ބައެއް ކަމަށް ސިފަކުރާ ކަމަށް ޕެޓިޝަންގައި ވެ އެވެ.
"ދިއްދޫ ކައުންސިލްގެ ރައީސްކަން ކުރައްވާ ބޭފުޅަކު މިފަދަ ގޮތަކަށް އާއްމުންގެ ތެރޭގައި ފިތުނަވެރިކަން އުފެދޭނެ ވާހަކަތަކެއް ދައްކާފައިވާ ކަމީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ރާއްޖޭގެ ބައެއް ނޫސްތަކުގައި 'ދިއްދޫ ކައުންސިލްގެ ރައީސް' މި އިބާރާތް ބޭނުންކޮށް ޚަބަރު ޝާއިއު ކޮށްފައިވާ ކަމީ ދިއްދޫ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލަދުވެތި ކަމެކެވެ،" ޕެޓިޝަންގައި ވެ އެވެ.
ހާޝިމް މަގާމުން ވަކިކުރުމަކީ ކައުންސިލްގައި ދެން ތިއްބެވި ހަތަރު މެމްބަރުންގެ ޒިންމާ އެއް ކަމަށް ޕެޓިޝަންގައި ވެއެވެ.
"އަހަރެން މިހުރީ އިބުރާއާއެކު، އެއީ މި ޖީލުގެ އެންމެ މޮޅު މީހުންގެ ތެރެއިން އެކަކު." ޙާޝިމް އޭނާގެ ފޭސްބުކު އެކައުންޓުގައި ބުނެފައިވެއެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ޙާޝިމް ވަނީ އިބުރާގެ ޚަބަރުތައް "ވަގުތު" އިން ގެނެސްދެނީ އޮޅުވާލައިގެން ކަމަށް ވެސް ބުނެފައެވެ.
ހާޝިމް ވަނީ އޭނާ ދެއްކި ވާހަކަ އޮޅޭނަމަ މަޢާފަށް އެދޭކަމަށް ބުނެފައެވެ.
ހާދަ އުފާވެރި ޚަބަރެކޭ. ތިޔަ އެއްޗެހި މި ގައުމުން ފުއްސަވާންދޭ. އާމީން
ކައުންސިލް ރައީސްކަމުން އެކަނިއެއްނޫން.. ކައުންސިލަރު ކަމުންވެސް އިސްތިއުފާ ދޭންޖެހެ. ތިޔަކައުންސިލަރުވެސް ތިޔައީ އިސްލާމްދީނައް ފުރައްސާރަ ކުރި މީހަކައް ތާއީދު ކުރި މީހެއް..
ރަގަޅު
ޙަހަހަހާ. ޢޮޅޭނަމަޔޯ. ކޮންމެއެްޗެއް ކިޔާފަވެސް ތިހެބުނީމަ ނިމުނީދޯ. މަޖުބޫރުން މާފަށް އެދުނީމަ ތިހެން ބުނެވޭނިވެސް.
މަށަކަށް އިބުރާ އެއް ނޭނގޭ. އެކަމަކު ހާޝިމަކީ ދެވަނައެއް ނެތް ކަހަލަ ކައުންސިލް ރައީސެއް. ތިއީ ދިއްދޫ އަށް ލިބުނު ގެއްލުމެއް. ދެން އެނގެނީ ވަގުތު ހަބަރަކީ ފުލޯކު ބައެއްކަން.
އެމްޑީޕީގެ އިސްސަފުގަ ނޫނީ އެމީހުންގެ އެޖެންޑާއަށް ތާއިދުކުރާމީހަކުނޫނި މިގައުމުގާ މިފަދަވާހަކަޔަށް ދައްކާފައެއްނުވޭ އެމްޑީޕިއަށް ތާއިދުކުރާ ރައްޔިތުން އަމިއްލަ ސިކުނޑިން ވިސްނާކަށް އަދިވެސްނުވޭތޯ؟؟؟؟؟؟؟؟؟؟؟؟؟
ތިޔަބައިމީހުން މިޤައުމުގެ ކަންކަމުން ދުރުކުރައްވާންދޭ ޔާﷲ
ހާސިމު ކައޭ ހޭބަލިވެ ފުރަތަމަ!
ތިވާނީ ބޮޑު ވަޒީފާއަކަށް ދާން އިސްތިއުފާ ދިނީ ކަމަށް.
އެހެންމީހަކުވެސް ޒިނޭއާއި ބެހޭގޮތުން ހުރިހާވާހަކައެއް ދައްކާފައިބުނީ މާނައޮޅޭނަމަޔޯ.
މޮޅު މީހާ ބުނެގެންތަ އިސްތިއުފާ ދިނީ!
އިސްތިއުފާ ދޭންޖެހެނީ ކައުންސިލަރ ގެމަގާމުން
ނެވެ ކައުންސިލްގެ ރައީސްގެ މަގާމަކުން ނޫނެވެ
އިސްލާމް ދީނަށް ފުރައްސާރަކޮށް އިހާނެތިކޮށް
ހިތާމީހުން އިންތިޚާބީ މަގާމުތަކުަގައި ތިބެގެން
ނުވާނެއެވެ.
ތި ޕެޓިޝަންގައި ސޮއި ކުރެއްވީ ބޭފުޅުންނަށް ހިތުގެ އަޑިން ޝުކުރުދަންނަވަން
ތިޔަމީހާ ތިހުރީ މުރުތައްދުވެފަ އަވަހަށް އޮއްގަލުންތަޅާ ރަޖަމްކުރޭ ދިއްދޫގެ ރައްޔަތުންނޭވެ ތިޔައީ ފެށުމެވެ އަދި އިބުރާއަށް ތާއީދުކުރާމީހުން ގިނަވާނީ އެމްޑީޕީ މަޖިލިސް ތެރެއިން މިކަމަށްވެސް ދިއްދޫގެ ސަމާލުކަން މުހިއްމު.
ތިކަހަލަ ކުފުރުވެފަތިބޭމީހުން ހެޔޮނުވާނެ ބައިތިއްބާކަށް އެއްވެސްތާކު. ތައުބާވާން އޭނަޔަށް ނަސޭހަތްދޭނީ ކާކު؟
ކަލޭ އިސްތިއުފާ ދިން ވާހަކަ މިމީހުން ޖަހާފަ މިއޮތީ އޮޅުވާލައިގެންތަ އަނެއްކާ.
އިބުރާގެ ކޮލެޖުގައި ކިޔަވައިދޭން އުޅުނު މީހެއް.
ރާއްޖެއިން އިސްލާމްދީން ފަނޑުވެ ރާއްޖޭގައި އެހެންދީންތަކުގެމީހުން ވަރުގަދަވާން ފަށަންއުޅޭކަމުގެ މަންޒަރުތައް މިދަނީ ފެންނަމުންނެވެ. "ރާއްޖޭގައި އިސްލާމްދީން އޮންނަނީ ވަކިމީހަކު ވެރިކަަމުގަ ހުރުމަކުންނޫން". ދަންނަ ނުދަންނަ ޢިލްމުވެރިޔަކު ބުނެފައި ވެއެވެ. އަދި ނުކިޔަވާއިބޫއަކީ ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ ދުޢާ ދެންނެވިފަދަ މީހެއްކަމުގައި ބުނެ ޞަޙާބީއަކާ އެއްވަރުވަން އޭނަ އުޅުނެވެ.
ތިމާއަށް ތިމާގެ ޙައިޘިއްޔަތު އޮޅުނީމާ ވާނެ ތިޔަކަހަލަ ގޮތްގޮތް. ދެންވެސް ތިމާޔަށް ބުނެވުނު ބަސް އަނބުރާ ގެނެސް ތައުބާވެ ލާދީނީންނާ އެއްކިބާވެގެން އުޅެވޭތޯ ބަލާ. އޭރުން ރަގަޅުވާނެ.
މިކަހަލަ ޖާހިލުން އަދިވެސް ގިނައިން ހޮވާ