ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހަރުކުރުމަށް 77 ސަރވެއަލަންސް ކެމެރާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ޕޮލިސް ސާވިސަސްއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށެވެ.
އަދި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޕޮލިސް ސަރވިސަސްގެ ވެބްސައިޓްގައި އިޢުލާނުގެ "ރިލޭޓަޑް ޑޮކިއުމަންޓްސް"ގެ ދަށުން ފޯރުކޮށްދީފައިވާ "Bid Registration Form" ފުރިހަމަކުރުމަށްފަހު [email protected] މި އީ-މެއިލް އެޑްރެހަށް ފޮނުވުމުށް ފުލުހުން އެދެއެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ، ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ ޖަނަވަރީ 27 ވަނަ ދުވަހު ގެ 23:59 ކަމަށެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަންނާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ބީލަން ހުޅުވުން އޮންނާނީ ފެބުރުވަރީ 03 ދުވަހުގެ 11:00 ޖަހާއިރު އިސްކަންދަރު ބިލްޑިންގ 01 ގައެވެ.
ކޮމެޓީއެއްއުފައްދަންވީނު
ކޮންމެ ކެމެރާއަކަށް މީހަކު ވާގޮތަށް 77 މީހުންގެ ކޮމެޓީއެއް އުފައްދާ...
ބްރިޖްގައި ކެމެރާ ހަރުކުރާކަށް ނުޖެހެއެވެ. ބްރިޖަކީ ތަންތަންކޮޅުގައި ބަންޕަރު އަޅާފައި ހުރުމުން ވެހިކަލް ބާރަށް ދުއްވޭ ތަނެއްނޫނެވެ. ނަމަވެސް ހައިވޭގައި ބާރަށް ދުއްވުމުގެ ފުރުސަތު އޮވެއެވެ. އަދި ބާރަށް ދުއްވަންވެސް ޖެހެއެވެ.
މިއުޅެނީ ކެމެރާ މަދުވުމުގެ މައްސަލައެއްނޫނެވެ. މިއުޅެނީ ޑްރަގް ތިޔާގިވުމުގެ މައްސަލައެވެ. މިކަމަށް ކޮމެޓީއެއް ހަދަންވީއެވެ.