ސިނަ މާލެ ބްރިޖް ކައިރިއަށް ބޮޑު ރާޅެއް އަރާ އެސަރަހައްދުގައި ތިބި ގިނަ ބަޔަކު އުކާލައިފިއެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެން ދަނީ ހުޅުމާލެއިން ސިނަ މާލެ ބްރިޖަށް އަރަން އޮންނަ ދިމާލުން ސައިކަލުގައި ގިނަ ބަޔަކު ދަތުރުކުރަމުން ދަނިކޮށް އެރި ރާޅާކާއި އެކުގައި އެމީހުން ވެއްޓިގެން ދިޔަ މަންޒަރެވެ.

މިހާދިސާގައި ގިނަ ބަޔަކު ސައިކަލުން ކަހާލައި ބިންމައްޗަށް ވެއްޓިފައިވީ ނަމަވެސް ހާދިސާގައި އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

މަންޒަރު ދުން ބައެއް މީހުން "ވަގުތަށް" ބުނެފައިވަނީ އެ ރާޅާއެއްކޮށް ކަހާލައިގެން ދިޔަ މީހުނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ. އެއީ ވަރަށް ބިރުވެރި މަންޒަރެއްގެ ގޮތުގައި އެ މީހުން ވަނީ ސިފަކޮށްފައެވެ.

މާލެއާއި ހުޅުމާލޭއަށް ދަތުރުކުރަން އޮންނަ ހައިވޭއަށް ވެސް ރާޅުތައް ދަނީ އަރަމުންނެވެ. އަދި އެ މަގުގައި ވަރަށް ބޮޑަށް ފެން ހެދިފައި ވެއެވެ. ލޮނުގަނޑާއެކު އަކިރިއަރައި މުޅި މަގުއެއްކޮށް ވަނީ ހަޑިވެފައެވެ.

އޭގެ އިތުރުން މާލޭގައި އާޓިފިޝަލް ބީޗާއި ދިމާލުން ބޮޑުތަކުރުފާނު މަގަށް ވެސް ވަނީ ވަރަށް ބޮޑަށް ރާޅުއަރާފައެވެ. އެ މަގު އެއްކޮށް ވަނީ ފެންބޮޑުވެފައެވެ. ކާނިވަލް ސަރަހަށްދަށް ވެސް ވަރަށް ބޮޑަށް ރާޅު އަރާފައިވެއެވެ.

މާލެ އާއި ބްރިޖް ސަރަހަށްދަށް ވަރަށް ބޮޑަށް އުދައަރާފައިވާތީ އުޅަނދުތަކުގައި އެ މަގުތަކުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިދާރާތަކުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަދުރުރުއް

    މޭޔަރުގެ ގާބިލް ކަމަށް އަތްޖަހަން ފަށަމާ، އޭނަގެ ކާރު ކޮޅަށް އަދި ރާޅެއް ނާރާތީ މަޑު ކޮށްލައިގެން