މިހާރު އިދިކޮޅު ފަރާތް ތަކުން ކުރިއަށް ގެންދާ މުޒާހަރާގައި އެއްވެސް ރައްޔިތަކު ބިރު ގަންނާނެ ކަމެއް ނެތް ކަމަށާއި ހުރިހާ ރައްޔިތުން ބިރު ފަހަނައަޅައި ނިކުތުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" އަށް ދާދި ދެންމެއަކު ދެއްވި އިންޓަވިއުއެއްގައެވެ. އިންތި ވިދާޅުވީ ރައްޔިތުން ގަންނަންޖެހޭ އެއްވެސް ބިރެއް ނެތް ކަމަށާއި މިރޭ ރައީސް ޔާމީން ހުއްޓުވުމަކީ ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެެއް ކަމަށެވެ.

"އަޅުގަނޑުމެން ކުރިމަތިލާން ޖެހޭ, އަޅުގަނޑުމެން ގައުމަށްޓަކައި މިވަގުތު މި މަސައްކަތް ނުކޮށްފިނަމަ އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލް އަޅުގަނޑުމެންނަށް ނުހޯދޭނެ, އެހެންވީމަ ހުރިހާ ބޭފުޅުން ބިރު ފަހަނައަޅައި ދާންވީ" އިންތި ވިދާޅުވިއެވެ.

ރައީސް ޔާމީން މިހާރު ބޯނެ "އެންމެ ބޮޑު ބޮނޑި ބޮއެފިކަމަށް" ވިދާޅުވެ އިންތި ވިދާޅުވީ މިއަދުވެސް ވޯޓަކަށް ވަޑައިގެންފިނަމަ ރައީސް ޔާމީން ސުން ޕަސެންޓުން ބަލި ވާނެ ކަމަށެވެ.

"ރައީސް ޔާމީން އަަށް ރައްޔިތުންގެ ތާއީދެއް ނެތް ވެރިކަމަށް ވަޑައިގެންނެވި އިރުވެސް ރައްޔިތުންގެ ތާއީދެއް ނެތް , ލިބުނު އެއްޗެށްވެސް ލިބުނީ ރައީސް މައުމޫނުގެ ފަރާތުން ކުރި މައްސަކަތުން " އިންތި ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައިވެސް ސަރުކާރާއި ދެކޮޅު އެތަށް ސިފައިނާއި ފުލުހުން އެބަތިބި ކަމަށް ވިދާޅުވެ އިންތި ވަނީ އެބޭފުޅުންވެސް މިރޭ ދިވެހި ރައްޔިތުންނާއި ގުޅިވަޑައިގަތުމަށް ގޮވާލާފައެވެ.

"ރައީސް ޔާމީން ކުރައްވާ ޣައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވުމަށް ގޮވާލަން ,އަސްކަރިއްޔާ އާއި ދިވެހި ފުލުހުން ވެސް ރައީސް ޔާމީން ވެއްޓެމުންދާ އިރު އޭނާގެ ދިފާއު ނުކުރުމަށް ގޮވާލަން " އިންތި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހަވަރު

    ކަލޭދެކެތަ!

  2. ޝަރީޕް

    މިސްޓަރ ސިއެސްޓަރ

  3. ޙުސެން މުލި

    އިންތި ދެކެ ބިރެއް ނުގަނޭ
    އެކަމު މިގައުމު ހަލާކުކުރަން ނުނިކުންނާނަން

  4. ފިލި

    އިންތި ބުންޏަސް ހެޔޮވާހަކައެއް.

  5. ބުރޯ

    ބިރު ފަހަނަ އަޅާ ދާށޭ ގޮވާ ނުކުންނަން ގޮވާފަ މީނަ އިނީ ރާއްޖެ ޓީވީ އަށް އަރާ ފޮނިކަނޑަން ފިނި ކޮޓަރީގަ

  6. ބިރުފާހާނާ

    ބިރުފަހަނަ އަޅައިގެން ގޮސް އަމިއްލަ ދައްތަ ފެންވަރަން ހުއްޓާ އޮރިޔާންވެސް ބެލީ ދެއްތޮ

    • ޅޮސެ

      ނާ ހަމަ ތެދެެއް

  7. ޙަފްޞާ / މާލެ

    ކަލޯ ކޮބައި ރަށްރަށުން އައި އެތަކެއްހާސްމީހުން؟ އެއްވެސް ރަށަކުން މީހަކުނާދޭ! މީހަކު ނައިމާ މީހުންތިބިކަން ދައްކަން މަޖީދީމަގުގެ އެންމެ ޓްރެފިކްބޮޑު ސަރަހައްދަށް އެއްވީ 400 އެއްހާމީހުން! މުޒާހަރާ އަތަށް ގޮވީ! މާޝާއަﷲ!

  8. ބުރޯ

    ނުވާނެ ތިކަމެއް ބުރޯ . ރީދޫ ކުލަޔައް ވުރެ ޤައުމު މާބޮޑު

  9. އަސްލަމް

    ބިރު ފަހަނައަޅައި ދާ މީހާ ﷲ އަށް ވެސް ބިރުވެތި ނުވާނެ، އިންތި ނަމަވެސް ކޮސް ނުގޮވާ މަޑުން ހުރޭ، ބޮޑް ލާދީނީ

  10. މަޑޭމެން

    އިންތިއަކީ މޮޔަ އެއް

  11. ނުރަބޯ

    ބަލަ ކަލޭގެ ގުރޫޖީ ކެރަފާ ނަޝީދު ބިރު ފަހަނައަޅާދާ ކަހަލަ ދިޔާ އެއްޗެއް ބޮއިގެން ވާނުވާ ނޭނގޭ ހާލުގައި ހުރެ ނޫންތަ އިސްތިޢުފާ ދިނީ......؟؟؟؟

  12. ޖޮއްބެ

    ބަލަގަ މިހިރަ މޮޔަޔާ. އިންސާނުން ނަކީ މިދުނިޔެމަތީގައި އަބަދުމެ ބިރުވެރިކަންމަތީ ތިބެންޖެހޭ ބައެއް. އެއީ މާތްﷲ ތަބާރަކަ ވަތަޢާލާ ގެ ރުހިވޮޑިނުގަތުން އަމާޒުވެދާނެތީ.

  13. އަހަންމާ

    އިންތި ހައްޔަރުކުރަން ގޮވާލަން
    މީބަޣާވަތުގެ މޫގަނޑު

  14. ޕޮގުބާ

    ކަލޯ މޮޔަ ވީތަ ބާގީންނަށްވުރެ ގައުމު ބޮޑު

  15. ޒޯރު

    އިންތި ކަލޭތީ ކާކު އަހަރެމެން ކައިރީގަ ބިރުނުގަންނަން ބުނަން

  16. މަނިކު

    ކަލޭތީހެއްދެވިފަރާތަށްބިރުގަންނަމީހހެއްނޫން

  17. ޔާމިނުއަލީ

    ބިރުފަހަނައަޅާ ދިޔާމަ ދޯ އެބުނަނީ ބޯންޖެހޭނޭ ބޯންވާނޭ އަބަދަކު ހަމާގަ ހުންނާކަށް ނުޖެހޭނޭ ރަޝޫލާގެ ހަދީޝް ފިޔަވާ އެހެން ގޮތެއްހޯދަންޖެހެޔޭބުނީ

  18. ޟަމިރު

    ސޮރީ

  19. ޝުވޭބު

    އިންތި އަކަށް ނޭގޭނެ އަހަރުމެން އުޅެންވީ ގޮތެއް. އިންތި ބިރުފަހަނަ އަޅާ ގޮސްސަ ހުރިކަން އިނގޭ.