ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭނެ އިސްލާހު މަޖިލީހުން ފާސްވި ނަމަވެސް ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރައީސްކަންކޮށްފައިވާ ފަރާތަކަށް ކުރިމަތި ނުލެވޭގޮތަށް އިސްލާހު ތަސްދީގު ނުކުރައްވާނެ ކަމަށެވެ.
"އެއްވެސް މީހެއްގެ ސިޔާސީ މަސައްކަތަަކަށް ހުރަސް އުޅޭނެ އެއްވެސް އިސްލާހަކަށް އެއްވެސް ކަމަކަށް ތާއިދެެއް ނުކުރައްވާނަން. އަޅުގަނޑު ތަސްދީގެއް ނުކުރާނަން". ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު މިއަދު މިގޮތަށް ވިދާޅުވިއިރު، ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އަށް މިއަދު އިސްލާހު ވަނީ ހުށަހަޅާފައެވެ. އަދި ކުރިންވެސް ވަނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ވެސް އެ އިސްލާހު ހުށަހެޅުއްވާފައެވެ.
ޤާނޫނު އަސާސީއަށާއި، މަޖިލީހުގެ އިންތިހާބާއި ބެހޭ ގާނޫނަށްވެސް އިސްލާހު ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުއެވެ.
އިތުރަށް ވާހަކަދައްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ސަރުކާރު އުފެދިފައި އޮތީ ހަތަރު ޕާޓީ އެކުލެވޭ ކޯލިޝަނެއްގެ ސަބަބުން ކަމަށާއި، އަދި ތައްޔިތުންގެ މަޖިލީހުގައި އެ ހަތަރު ޕާޓީގެ މެންބަރުން ތިބެން ބޭނުންވާ ކަމަށެވެ. އަދި ބޭނުންވަނީ ސަރުކާރަށް މެޖޯރިޓީ އޮތް މަޖިލީހެއްކަމަށްވެސް ވިދާޅުވިއެވެ.
ތީތަ ހެއު ވެރިކަން.
ދެން ކީއްކުރާ ރައްޔިތުންގެ މަންދޫބުން ތަކެއް ؟
މަޖުލީހުން ފާސްކުރީމަ ތަސްދީގު ކުރަންޖެހޭނީ ނޫނީ ވާއްޓާލާނަން
ބަލަ ކަލޭ ނުކުރިޔަސް ކަލޭ ތަސްދީގް ކުރަން މަޖްބޫރު ވާނެ ހާލަތުވެސް އޮވެޔޭ. ތިހެން ބުނީމަ ތިއޮތީ ކަލޭމެނަށް މެޖޯރިޓީ ނުދޭން ޖެހޭ ސަބަބު ހާމަވެފަ. މިހާރު އެނގޭނެ ކަލެޔަށް ފާރިސް އާ ބައިވެގެން ވެރިކަން ވައްޓަން އުޅުނު އިރު ކުރެވުނު ކަންތަކުގެ ހޫނު ކަން
ޑިމޮކްރަސީ ހަޖަމްކުރުމުގެ ގާބިލްކަން އިބޫގެ ނެތީތޯ؟
އިސްލާމްދީނާއި ޚިލާފް ޤާނޫނުތައް ހަދާ އެ ފާސްކޮށް ތަސްދީޤް ކުރަންހުރޭ ސެކިއުލަރ ރައީސް
އެހެންވީމާ ރައީސް ބޭނުންވާކަމެއްވެސް މަޖިލީސްތެރޭން ނުވާގޮތް ހަދާނެ..
މިހާރުގެ އެނގިއްޖެ ރައީސަކީ އަންނީގެ ޕަޕެޓެއްކަން. ވަރަސް ސަލާން ރައީސް ޞާލިހަށް.
ހުދުމުހުތާރުކަން
އަންނި ގެ ޕަޕެޓް
ކުރީގެ ރައީސުންނަށް މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ސެކިއުރިޓީއާއި އޮފީހަކާއި އިތުރު ބައިވަރު ކަންތައްތައް ރައްޔިތުންގެ ފައިސާއިން ހަމަޖައްސާ އޭގެފަހުން މެމްބަރަކަށް ވުމުންވެސް ޚަރަދު ކުރުމަކީކޮށްގެންވާނެ ކަމެއްނޫން. ވެދާނެ ކަޅު ޕާސްޕޯޓްގެ ބޭނުމުގައި ކުރާކަމެއްކަމަށް. ޤާނޫނުތަކުގައި ކުރިމަތި ނުލެވޭނޭ ލިޔެފައި ނެތުމަކީ އެކަމަށް ކުރިމަތިލާންޖެހޭނެ ކަމެއްނޫނެންނުން. މޯރަލް ވެލިއުސްކޮބާ؟ ރައީސްކަންކުރީތީ ދޭ އިނާޔަތް ދޫކޮށްލާފަ ކުރިމަތިލާ ކެރެންޏާ ކުރިމަތިލާ އޭރަށް އޯކޭ ދެއިނާޔަތާއި ދެ ސެކިއުރިޓީއާއި ދެއޮފީހާއި ދެންކޮބާ ނިކަމެތި ރައްޔިތުމީހާ
ތަސްދީގު ނުކުރީމަ ދެން ހަދަންވީ ގޮތްވެސް އޮވޭނު. ކަލޭމެން ބާގައި މީހުންނަށް މިކަމެއް ނޭނގޭނެ. މިހާރު ތިހެން ބުނާއިރަށް ނިކަން ބާރަށް ހަޅޭއް ލަވައިގެންފަ އަތް ޖަހައިިގަންނާނެ.
ދެން ބިލް ހުށަހެޅި މެންބަރު ރޮލާ ކާލަން ދިމާކުރީޔޯ؟ ކަލޭމެން ނުގަބޫލު އެއްޗެއް ހުށަހެޅުމުގެ ހައްގު މެންބަރުންނަށް ނޯންނަނީތަ؟ މިތިބަ ބައެއް.
އަދީބު އަތުން ލާރި ކައިގެން 65 އަހަރުގެ އިިސްލާހަށް ބާގައި އެންމެންގަނޑު ވޯޓު ދިންއިރު ހައްގުގެ ވާހަކަ ކޮބާ؟
ތެންކިޔު މރ ޕުރެސިޑެންޓް!
ޢޭ ބަލަ ކަލެޔައް ނޭނގޭތަ މަޖިލިހުގެ ނިއްމުމަކީ އެއީ ރައްޔިތުންގެ ނިއްމުންކަން ... އެކމަކު ކަލޭނުން ބުނީ ރައްޔިތުންގެ ނިއްމުމައް ތަބާވާށޭ ހެހެހެ ދެފުއްކެހެރި ޕަޕެޓު
ކޮބާ ރައްޔިތުން ގެ އަތުން ގެއްލުނު ފައިސާގެ ވާހަކަ! އެއްކަން ނިންމާފަ އަނެއް.ކަމާ އުޅެން ވީ ؟
އިބޫ އަށް މަރުޚަބާ ،،
ތަސްދީގު ނުކޮށްފިނަމަ ދެވެނަފަހަރަށް ފާސްކޮށްގެން ގާނޫނަކަށް ހެދޭނެ އޭރުން ތަސްދީގު ނުކުރިޔސް ހެޔޮ ނަސީދު ބޭރު ކުރވޭނެ.