އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ ފެބްރުއަރީ 21 ވަނަ ދުވަސް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ އިލެކްޝަން ކޮމިޝަންގެ އާ ކުލަ އާއި އާ ލޯގޯ އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައިއެވެ.

އެ ޖަލްސާގައި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް، ސުންގަޑި ހަމަވާ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އީސީން މިއަދު ބުނީ، މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ ފެބްރުއަރީ 21 ވަނަ ދުވަސް ކަމަށެވެ.

އެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަނުން ދޫކުރަމުންދާނެއެެވެ. އެ ފޯމު ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބް އޮންނާނީ އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވޯޓުވަގު

    ކީކުރާއިންތިހާބެތޯ ތިށަރީފުހުރެގެން މިނިވަން އިނަތިހާބެ ނުބޭޣްވޭނެ ކަން މުަޅިދުނިޔެ ދަންނަ ހަގީގަތެ ކިބޫގެ ސަރުކާރެޣްގާ ލާހިކައެނޫން އެވެސްކަމަކަ މިނިވަން އިނަސާފެ ހޯދާކަށެ