މައުމޫން ރިފޯމް މޫމަންޓް (އެމްއާރްއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.

މައުމޫން އެމްއާރްއެމް ރަޖިސްޓްރީ ކުރަން ނިންމާފައިވާ އިރު، މައުމޫނުގެ ކުރީގެ ޕާޓީ ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް ޔާމީން ކަމަށް ކަނޑައެޅި ކޮންގްރެސް ސައްހަކަމަށް އިއްޔެ ސްޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޕީޕީއެމްގެ ކޮންގްރެސް ސައްހަކަމަށް ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ސްޕްރީމް ކޯޓުން މިހުކުމް ކުރި އިރު، ޕީޕީއެމް ހިންގުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކުރަން އާންމު ދެ މެމްބަރަކު ހުށަހެޅި މައްސަލައަކާ ގުޅޭ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު އެބައޮތެވެ.

އެ މައްސަލަ ޕީޕީއެމްއިން ކޯޓަށް ވެއްދީ އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ބަލައިނުގަންނަން ނިންމުމުންނެވެ.

އަސާސީ ގަވައިދާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ބުނެ ކޮންގްރެސް ބާތިލް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ޕީޕީއެމްގެ މެންބަރުން ނޫން މީހުން ވެސް ކޮންގްރެސްގައި ވޯޓު ދީފައިވާތީއެވެ.

ޕީޕީއެމް ކޮންގްރެސް އެންޑޯޒް ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ހައި ކޯޓުން ނިންމާފައި ވަނީ ޕީޕީއެމް ކޮންގްރެސް ބާއްވާފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި އިންތިޚާބުތަކާ ބެހޭ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ޕީޕީއެމްގެ ކޮންގްރެސްއަކީ ޕާޓީގެ އަސާސީ ގަވައިދާ އިންތިހާބުތަކާ ބެހޭ ގަވައިދުތަކާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއުތަކެއް ފުރިހަމަކޮށްފައި ބޭއްވި ކޮންގްރެސްއެއް ކަމަށް ހައިކޯޓުގެ ޙުކުގައި ވެއެވެ.

މިއަދު ބޭއްވި ޕްރެސްގައި މައުމޫން ވިދާޅުވީ އެމްއާރްއެމް ކުރިން އޮތީ މައުމޫން ރިފޯމް މޫމަންޓްގެ ގޮތުގައި ނަމަވެސް ދެން ބަދަލުވެގެންދާނީ މޯލްޑިވްސް ރިފޯމް މޫމަންޓަށް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަން ނިންމީ އިއްޔެ ސްޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން މައުމޫން ރިފޯމް މޫމަންޓްގެ ހުރިހާ ގޮފިތަކާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. މާނު

  ތިޔަ ޕާރޓީ ވާނީ މި ފަހުން ހަދާނެ އެންމެ ޗޮކުންދާނެ ޕާރޓީއަށް.

 2. ގަމާރު

  އެމް.އާރު.އެމް ބަދަލު ކޮށްލަން ވީނު އެމް.އާރު.ޕީ އަށް. އެކަމް މަޢުމޫން ރިފޯމް ޕާރޓީއެއް ނޫން އިނގޭ. މައުމޫން ރެސްޓް އިން ޕީސް. ޖެހިފަ ހުރި ނުފިލި ވާބާއެއް ހުވާ.!

 3. އެލެކްސް

  މި މައު މޫނު މަރުވެ ކައްވަޅުގަވެސް އޮންނާނީ ސިޔާސީ ޕާޓީ އާއި ވެރިކަމާއި އާއިލީ ނުފޫޒުތަ

 4. ކަތިވަޅި

  ބެއްޔާ ދަނޑު ކޮށާ، ނިމޭއިރަށް ކޮންމެ ފަހަރަކު ކަތިވަޅި އެބަ ގެއްލޭ! ހަމަ ކަތިވަޅި ގެއްލޭ އިރަށް ،އާ ކަތިވަޅިއެއް އެބަ ހަދ!!!

 5. ކިނބޫ

  މިޕާޓީ ރަޖިސްޓަރީ ވުމަށްފަހު މައުމޫނުބެއްޔާ ނެތް ދުވަހަކުން ޕާޓީފެ ނަމޔގެ ކުރިޔަށް އަލް މަރުހޫމް އިތުރުވާނެތާ؟

 6. އަލީ އަހުމަދު

  ދެން ކޮނަބައެކޯ ކާފަ ޕާޓީއަށް ސޮއިކުރަނީ ؟

 7. ޤަމަރު

  އެއްވެސް ޤަވްމެއްގެ އެއްވެސް ސިޔާސީ ޕޓީއަކަށް ސިޔާސީ ޕާޓީ ހަދާ މީހާގެ ނަން ލައިގެން ނަންދީފައިވާ ފުރަތަމަ ޕާޓީ! ބޮލާފޮށާއެޅޭ! ތިޔަތަނަށް ނުވަންނާނެ ވިސްނޭ އެކަކުވެސް! މިހާރުވެސް ކުނަމެހިހެންއުޅޭ ނާދިރާމެންކަހަލަ ތުންފުހިން ނޫނީ!!!!!

 8. ކޮލެޖް

  އަދިވެސް އަމިއްލަ އެދުމާއިގެން މިބޭ މިއުޅުއްވަނީ

 9. ކެޔޮޅު

  ޤާނޫނުގާ ކުރީގެ ރައީސުންނަށް ނަމުގެކުރިޔަށް "ރައީސް"ކިޔުމަށް ލާޒިމް ކުރޭ ލަދުވެސް ނުގަނޭދޯ.. ލަދެއްހުރި ބަޔެއްނަމަތާ ލަދުވެސް ގަންނާނީ.. ޚަބަރެއްގެ ތަންކޮޅެއް ގުޅެވައިގެން ލިޔަން ނޭނގޭ ބަޔަކަށް އެއްކަމެއްވެސް ކުރާކަށް ނޭނގޭނެ..

 10. އެލެކްސް

  ދިގު 30 އަހަރު ގައުމުގެ ހުރިހާ ބާރެއް އަތުގައި އޮވެމެ ރިފޯމް ނުކުރެވުނު މީހަކަށް އުމުރުން އަށްޑިހަ އެތައްއަހަރެއްވީމަ ކުރެވޭނެ ކަމެއް އޮވެދާނެ ކަމާމެދު ސުވާލު އުފެދޭ. އަދިވެސް ވެރިކަމުގެ ލައްޒަތާ އާރާބާރު ހޯދަން ކުރާކަންކަން ރައްޔިތުން ހޭލާ މީނާގެ އަމާޒު މިހާރުވަނީ ރަސްކަންކުރުމަކާއި ދިމާލަށް ދަރިންނަށް އެކަނި

 11. ކަލޮބެ

  މޮޔަވާންވީނު!!! ކަލޭ ތީ ދީނާއި އަމިއްލަ ގައުމް އިންޑިޔާއަށް ވިއްކާލި މީހެއްނު އެމް ޑީ ÷ީ އާއި ގުޅިގެން. ؟އަހަރުމެން ރާއްޖެތެރޭ މީހުން ތި ޕާޓި އަށް ސޮއި ނުކުރާނަން.

 12. ޑޮންޑޮން

  30 އަހަރު ވެރިކަންކުރީމަ ވެސް ހިތްނުފުރުނު މީހެއް މީ. މީހަކު އަޅެ ހޭބައްޔެއްނުވާނެތަ؟ ކާކުތަ މީނައަށް މިހާރު ތާއީދުކުރަނީ؟ ހައެއްކަ އިހުގެ ރެލީ ތިބީ.

 13. Miadhu

  ތިނަން އެއްމެރަގަލެއްނޫން މައުމޫންވިތް ނަސްރީނާ

 14. ކިނބޫ

  ނޫނޭ. ނޫނޭ. މިރޭ މީ އެއްކަލަ ފެބްރުވަރީ 1 ރަނގަޅު މަންތިރިއެއް ހަދާ އިހަށް ދުވަހު އެ ކުރި ހުކުމް ބާޠިލު އެއްޗަކަށް ހަދަން ވީނު.

 15. ނުޖޫމީ އިލްމު ވެރިޔާ

  އަޅުގަޑު ގެ ހިތް އަދިވެސް ޒުވާނެވެ. ހިތުގާއި ކޮންމެ ކަމެއް ކޮށްލެވޭހާ ޒުވާން ޖޯޝް އެބަހުއްޓެވެ.އަހަރެންގެ އުންމީދު ތަކެއް ވެސް އެބައޮޔެވެ. އެ އުންމީދު ތަކުގާއި ކުލަޖައްސާލަންވެސް ބޭނުން ވެއެވެ. ވެލިއަޅާ ފޮރުވާލުމުގެ ކުރިން މިދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދޭތޯ ގަދައަޅާ މިކުރާމަސައްކަތު ގާއި އަހަރެންގެ ލޭވެސް ކެކެނީއެވެ.

 16. މާސޭ

  މިރާއްޖޭގާވަރަށްބަގުލަދޭސްމީހުންއެބައުޅޭ

 17. އަޙުމަދު މުޙައްމަދު

  މަރު ނުވަނީސް ފާރިސް އަށް ރަސްކަން ހޯދައިދެވޭތޯ މަރުފަލިޖަހަނީ، އަޖޫޒުވީމާ ވެސް އަޅުކަމެއް ނުކޮށް. ކިހާ ދުވަހަކު ދުނިޔޭގައި ހުންނަވާނަންތޯ؟

 18. ދދދދދދ

  އިބުރާ މައިތިރިވިއިރުވެސް މިއެއް މައިތިރިވާ ގޮތެއް ނެތް.

 19. ޖޫގޯ

  ކީއްވެތަ މުސްކުޅިވެ އާރާއި ބާރު ދެރަވުމުންވެސް ވެރިކަމައިގެން ކާފަ ތިޔައުޅެނީ؟
  ތިޔަހެން އުޅޭކައް ނުވާނެ ކާފާ.

 20. މަސްވެރިޔާ

  ކީއްވެތޯ ސިޔާސީ މައިދާނާ ދުރުގަ ނުހުރެވި އެކަމަށް ދަހިވެތިވަނީ.
  1.މާއްދިއްޔަތުގެ އެދުންބޮޑުވުން
  2. ދުނިޔެވީ ދަހިވެތުދަހިވެތިކަން
  3. ޚޮދު މުޚުތާރު ވެރިކަމެއްކޮށް އެތައްހާސްބަޔަކަށް ނަފްސާނީ ގޮތުން އަދި ޖިސްމާނީގޮތުން އަނިޔާވެރިވެ އަދިވެސް ކުރަން ބޭނުންވާތީ.
  4. ލިބޭފައިސާ އާއި ޖާހަތަށް
  5. 3 ދަރިއަކަށް ލެގެސީ ސިކިއުރކުރުން
  6. ގޮތްދޫނުކުރާ ފަދަ މީހަކަށްވެ ފަސާދަކުރުން.
  7. ޑުރަގުގެ ވަބާގައި ހަލާކުކޮށްލި ޖީލްތަކެއްފަދަ ޖީލެއް ހަލާކު ކޮށްލުން.
  8. ޤައުމުގެ މނިވަންކަން އޮޔާދުއްވާލަން.

 21. ނުރަބޯ

  ޕަކާސް...!! ޢާއިލާއަށް ވިޔަފާރިއެއް ހުޅުވާލަދެނީދޯ. ރަގަޅު. މިއީ މިހާތަނަށް މިގައުމުން ފެނުނު އެންމެ އަމިއްލައެދުން ބޮޑު މީހާ.