އދ. އޮމަދޫގައި މިއަދު ބޭއްވި އީދު ނަމާދުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް މައުމޫން އޮމަދޫއަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ. އެމަނިކުފާނާއެކު ދަރިކަލުން ފާރިސް މައުމޫން އާއި ޔުމްނާ މައުމޫންއާއި އާއިލާގެ އެހެން ބޭފުޅުން ވެސް ވަޑައިގެންނެވިއެވެ.

އަދި މައުމޫން މިއަދު ވަނީ އޮމަދޫގައި ބޭއްވި ބޮޑު ޖަމާއަތުގެ އީދު ނަމާދު ގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އީދު ނަމާދަށް ފަހު އޮމަދޫގެ ގިނަ ބަޔަކާ ސަލާމް ކުރެއްވިއެވެ.

އޭގެ އިތުރުން އެމަނިކުފާނު ހުންނަވާ ގެސްޓު ހައުސް ކައިރިއަށް ވަޑައިގަތުމަށް ފަހު ވެސް ވަނީ ގިނަ ބަޔަކާ ސަލާމް ކުރައްވައިފައެވެ.

ރައީސް މައުމޫން އޮމަދޫގައި އޮތް އީދު ނަމާދުގައި ބައިވެރިވެލެއްވުން--އޮމަދޫ ކައުންސިލްއިން ބުނީ މައުމޫން އެ ރަށަށް ވަޑައިގަތުމުން ރައްޔިތުން ވަރަށް ހޫނު މަރުހަބާއެއް ދެންނެވި ކަމަށެވެ. އަދި މައުމޫން ރަށުގައި ހުންނަވާހާ ދުވަހަކު ބޭނުންވާ ކޮންމެ އެހީތެރިކަމެއް ކައުންސިލްއިން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

އީދަށް އޮމަދޫއަށް ރައީސް މައުމޫން ވަޑައިގެންނެވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އއ. ތޮއްޑޫގައެވެ.

އަޟްހާ އީދު ދުވަހާ ގުޅިގެން ތޮއްޑޫގައި ބާއްވާ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސް ސޯލިހް ތޮއްޑު އަށް ވަޑައިގެންނެވީ ހެނދުނުގެ ވަގުތެއްގައެވެ. އެ ރަށަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުމުހޫރީ މައިދާނުން

    ރ މައުމޫނާ އަދިވެސް ސަލާމް ކޮށްލަން ބޭނުން

    1
    1
  2. އެޕަލްވައްތަރު

    އިބުރާހީމަކީ މަޑުމަސް މީހެއް ރައީސް މައުމޫނާ އަޅާ ނުކިޔޭނެ