ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް އެކުގައި ނުތިބެވޭ ނަމަ، އެ ޕާޓީތަކާ އެކު ވެރިކަމަށް އަންނަން ހެދި ކޯލިޝަން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު ރައީސް ސޯލިހް މިއަދު ވަނީ މުލިއާގޭގައި ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހެދި ޕާޓީތަކާއެކު ރައީސް ސޯލިހް ބައްދަލު ކުރައްވައިފި

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އެކުގައި ކޯލިޝަން ނުހަދަން ނިންމައި އިންތިހާބުގެ ފުރަތަމަ ބުރުގައި ވަކިން ވާދަ ކުރަން ނިންމައިފައެވެ. އަދި ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ރައީސް ސޯލިހާ އެކުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ކ-3) އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން (ވ-) --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ޖޭޕީގެ އެ ނިންމުމާ ގުޅިގެން އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކި ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ޖޭޕީއާ މެދުގައި އަދި ފިޔަވަޅެއް އަޅާފައެއް ނުވޭ!

މުލިއާގޭގައި ބޭއްވި ބައްދަލުވުމަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭތޯ ނުވަތަ އެ ބޭފުޅުން ވަކި ކުރުމުގެ ވިސްނުން ގެންގުޅެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ހަމަގައިމުވެސް ހިޔާލު ތަފާތުވާ ބަޔަކާ އެކީގައި ކެމްޕެއިނެއް ނުކުރެވޭނެ ކަމަށާއި އެއީ ވަރަށް ސާފުކޮށް އޮތް ކަމެއް ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭގެ މާނައަކީ ޖޭޕީއާ ދޭތެރޭގައި ފިޔަވަޅެއް އަޅާނެތޯ ނޫންތޯ ނިންމި ވާހަކައެއް ނޫން. ނަމަވެސް ގަބޫލު ކުރަން ވާނެ ހިޔާލު ތަފާތުވާ ބައެއްގެ ތެރޭގައި ޑިޒިޝަންތަކެއް ނަގާ އިރު ތިބޭ ކަމުގައިވާ ނަމަ، އެކަމެއް އެގޮތަކަށް ނުވާނެ." މުލިއާގޭ ބޭރުގައި ހުންނަވައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ގާސިމް އިއްޔެ އެމްއާރުއެމްގެ މުސްތަޝާރާ ބައްދަލު ކުރެއްވުމަށް ކާރުން ފައިބައިވަޑައިގަންނަވަނީ. ---- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުމެންގެ އެގްރީމަންޓެއް އެބައޮތް އެގްރީމަންޓުގައި މި އޮންނަނީ ދައުރު ނިމެންދެން އެކީގައި ތިބެން. އެއީ އަކުރުން އަކުރަށް މާނަ ކުރީމަ އޮންނަ ގޮތް. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިއަށް ދާއިރު، އަޅުގަނޑުމެންނަށް އެކީގައި ނުތިބެވޭ ނަމަ، އެއޮތީ އެގްރީމަންޓް ނިމުމަކަށް ގެންނަން ޖެހޭ ހިސާބަށް ގޮސްފައި."

ރައީސް އާއި ގާސިމް މިކަމުގައި މަޝްވަރާ ކުރެއްވި!

ރައީސް ވިދާޅުވި ގޮތުގައި އެއްބަސްވާ އެއްބަސްވުމަކީ ތަންފީޒު ކުރެވޭ އެއްޗަކަށް ވާން ޖެހޭނެއެވެ. އެއްބަސްވުން ތަންފީޒު ނުކުރެވޭ ނަމަ، އޭގެ ބޭނުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އިން ކެންޑިޑޭޓަކު ނެރޭ ކަމުގައި ވާނަމަ، ކެމްޕެއިން ކުރިއަށްދާ އިރު ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށެވެ. އެ ހިސާބުން އެއަށް ވާހަކަ ދައްކާ ގޮތެއް ނިންމަން ޖެހޭ ހާލަތެއް އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދުގައި ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"އަދި ވަކި ގޮތެއް ނުނިންމަން. އަދި އަޅުގަނޑުމެންނާ އެކީގައި ކުރިއަށް އޮތް އިންތިހާބުގައި ކޯލިޝަން ހެދުމަށް އެއްބަސްވެފައިވާ ޕާޓީތަކާ އެކު މިއަދު ވެސް އަޅުގަނޑު މަޝްވަރާ ކުރިން މިކަމާ ދޭތެރޭގައި. ހުރިހާ އެންމެންގެ މަޝްވަރާއާ އެކީގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބަލައި އެގޮތަކަށް އަޅުގަނޑު ކުރިއަށް ދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވެސް ވިދާޅުވި ގޮތުގައި އެމްޑީޕީ އާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަމާޒަކީ ފުރަތަމަ ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމެވެ. އެކަމުގެ އުންމީދު އެބައޮތް ކަމަށާއި ލަސްތަކެއް ނުވެ، މަސައްކަތްތައް ފައްޓަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖޭޕީ އާއި އެމްއާރުއެމުން އެމަނިކުފާނަށް ތާއީދު ކުރައްވާ ނަމަ، މާ ފަސޭހަކަމާއެކު ބޮޑު ތަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނީސް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ފަލަސްތިން

    ނިމްމަން ނުކެރެނީ ކީއްވެ

    37
    1
    • Anonymous

      ނިންމާލަވެސް ފާނެ. އެކަމަކު ބާކީ އޮތް 7 މަހަށް ފައިސާދޭނެ. ތި އެންމެންނަކީވެސް ހަމަ އެކައްޗެއް. އިނޑިޔާގެ ގެރިގުޔަށް އަޅުވެތިވާ ބައެއް އެއީ.
      މިގައުމުގަ ޕޕމ ނޫނީ ގައުމަށް ވަފާތެރި އެއވެސް ޕާޓީއެއްނެތް. ހުސް ގައްދާރުން ދެންތިބީ.
      ޔާމީނަށް ވަގަށް ގޮވަވަގޮވާ 5 އަހަރު ދުއްވާލީ ގައުމު އިނދަޖެހި މުދަލުގެ އަގުބޮޑުވެ އާއިލާތައް ހަނާވަނީ. ލިބޭ ހުރިހާ ފައިސާއެއް އިންޑިޔާއަށް ދީފަ މިވެރިން ޖީބަށް އަޅާ ފުރަނީ. ކޮންމެ މިނިސްޓަރެއް މަހުޖަނަކަށްވެ ނިމިއްޖެ.

      43
      3
  2. އަލީ

    މިއީ އަނިޔާވެރިކަމެއް ނިއްމާލާފައި ގެނައި ހެޔޮވެރިކަމެކޭ ބުނި ވެރިކަން އަނިޔާވެރިކަން އަލްޓްރާ އައްވެ ބަލާވެރިކަން ޕްރޯ މެކްސްއައް ވެ ނިމިއްޖެ!!!

    52
    3
  3. ޢަލީ

    ސޯލިހު ކީކޭތަ މި ކިޔަނީ.. ވޭތުވެދިޔަ 4 ވަރަކަށް ހަފްތާގެތެރޭ ނޫސް ޚަބަރު ނުކިޔަނީތޯ. ބަލަގަ ކޯލިޝަން އޮތީ ނިމިފަޔޭ މާކުރިން.

    48
    1
    • އައުޓް އައުޓް

      އެގޮލާ ބޯ ގޮވާހަ އެހެރީ. ހުކުރު ހަމަ ނުވާ 2 ޕާޓީ އެކަނި އޭނައާ އެކު ތިބީ. މިހާރު އެބަ ފެނޭނު މި ހިންނަވަރު ސޯލިހު ރާޖުކުމާރުގެ ހުދުމުހުތާރުކަން. ހެދުނު ގޮތެއް ހަދާހަ ވެރިކަމުގައި ހުންނަން ބޫތު ކައިހަ އެހެރީ

      18
  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    އިބޫ ޤާނޫނާއި ޙިލާފު ވިޔަސް އިބޫ އާއި އެކީގައި ތިބެންވީ ހެއްޔެވެ؟؟؟ ފުރަތަމަ އިންޑިއާ އާއި އެކު ކުރި އެގްރީމެންޓް ތައް އިބޫ އާއި މާރިޔާ ދައްކަބަލާށެވެ! "އިންޑިއާ އައުޓް" ގޮވަނީ މަޖްލިސް އަށް ނުދައްކާ ސިއްރުން އެގްރީމެންޓް ކުރީމައެވެ. އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ގައި އިންޑިއާ ކުށްވެރި ވާނެއެވެ. ރާއްޖެއަށް ލިބުނު ގެއްލުމަށް އިންޑިއާ އިން ބަދަލު ދޭންޖެހޭނެ އެވެ. އިންޑިއާ އެމްބެސެޑަރ ގެ ކާރު ހުއްޓުވާ، "އަރައި" ގަންނަ ދަރަޖަ އަށް ދާނެއެވެ!

    39
  5. ނުރަބޯ

    އެހެން ވިއްޔާ ކަލޭވެސް އިސްތިއުފާ ދޭން ޖެހޭނެތާ. ކޯލިޝަންގެ ވޯޓުގަ ކަލެއަށް ވެރިކަމަށް އާދެވިފަ ތިހުރީ.

    37
    2
  6. ޑުރޯނުގެ ޗިޕު

    ވަޒީފާތަށް ފުނިފުންޏަށް ދިނަސް ހޮވޭކަށްނެތޭ ދަނީ 3 ވަނައަށޭ. ސަހަރާމަތިން ޑްރޯންދުއްވިޔަސް މިކަން ވާނީ މިގޮތަށޭ. ސަހަރާމަތިން ޑުރޯން ދުއްވާ ޖިއްނި އެއްބުރުން މިކަން ކާމިޔާބު ވާނެޔޭބުންޏަސް އެކަން ވާކަށްނޯންނާނެ މިފަހަރު ޑްރޯންގެ ޗިޕު ބަދަލު ކޮއްފަ މިހާރު އިނީ އިގިއްޖެތަ ޖިންނިއަށް

    23
    1
    • ޖިންނި

      ޖިންނި މިފަހަރު ރީނދޫ ޕާޓީއެއްނޫނޯ.. ޖިންނިއަށްވެސް ލަނޑޯ ލިބުނީ.. ޖިންނި ދެން މަސައްކަތެއް ނުކުރާނަމޯ..

      8
      1
  7. ޑރ ހުސައިން ރަޝީދު

    ހަދާފައި އޮތް ކޯލިޝަނަކީ 2023 ގަ އިބޫ ވެރިކަމަށް ގެންނަންވެސް އެއްބަސްކުރުވަފައި ހަދާފައިވާ އެއްޗެއްތަ އިބޫ ބުނެބަލަ އެއިނީ އެހެންތޯ އެއްބަސްވެފައި؟ މިހާރު ހަދާފައި އޮތްކޮލިޝަނަކީ މިވެރިކަން މިވެރިކަމަށް ހަދަފައިވަ އެއްޗެއް. ޢޮޅުވާލަން ނޫޅޭ!!

    25
    1
  8. ސަދަސދަދަދދސދަދ

    ވަކިކުރަންވީ މިހާރުން މިހާރަށް!!!

    8
    17
  9. ނުވަތު ސިކުޑި

    އިބޫ މިކޯލިސަންގެ އުދަގޫ މާ ބޮޑު ވަންޔާ ޔާމީން ދޫކޮއްލާފައި އޭނަ ވެރިކަމައް އެރޭނެ ހުރިހާ މަގެއް ފަހި ކޮއްދީ އޭރުން އަހަރުމެން ތިބޭ ނަން މި ސިޔާސ ލީޑަރުން ކާޅައް ކާންދޭ ތަން ބަަލަން

    19
    2
  10. ހަމްދާނުޓެ

    އެއްބުރުން އިބޫ އަަށް ލެވޭނީ ¢. ވޯޓެއް ލައިގެން އިބޫ ހޮވޭނެގޮތެއް ނޯންނާނެ ފުއާދު ލައްވަ އިންތިހާބު އޮޅާލައިގެން ނޫންގޮތަކަށް. އިބޫ ނުދާނެ ދެވަނަ ބުރައްވެސް މިހާރުގެ ރޭޓިން ހުރިގޮތުންނަމަ. ކޮސްނުގޮވާ!

    23
    2
  11. 123321

    މިއީ ހާދަ ހެއްވާ މީހެކޭ، ކަލޭ އުޅެނީ މީހުންގެ ތައްޕާހުން ވެރިޔަކައް ވާންތަ، ކަލޭގެ އެހުނަރަކާ ވައްޓަފާޅިއެއްނެތޭ، ނުވިތާކައް ނުކިޔަވާހުރި އާދައިގެ މީހެއް، ދެން ވިސްނޭބަޔަކު ކަލޭ ތަޙުތުގަ ވަޑުވަން ވީ ސަބަބެއް ނުވިސްނޭ، ކަލެޔައްވުރެ ރަނގަޅުވާނެ ތިމަގާމައް ކޮންމެ މީހެއްވެސް، އެމީހުން އުމުރައް ކަލެޔާ އެކު ތިބޭކައް ނުޖެހެޔޭ، އޮޅުމަކުން ވެރިކަމައް އާދެވުނީމަ މޮޔަވީތަ، ކަލޭ ގާނޫނާ ޙިލާފައް ކުރިކަންތައްތައް އަހަރެމެން ނޯޓް ކޮއްގެން މިތިބީ، ގާނޫނު އަރާ ހަމަކުރާނެ ވަރައް އަވަހައް އިންޝާ ﷲ

    16
  12. ޙާދީ

    އުމަރު ނޫނީ ނެތް ގައުމަށް އިޚްލާސްތެރިއެއް.

    2
    14
  13. ޙަދިސައިބު

    ކޯލިސަންހެދީ ކަލެއަށް އުމުރަށް ވެރިކަންދޭންތޯ؟ ނޫނީ ހެއުވެރިކަމެއްކުެަންތޯ؟ ނޫނީ ކަލެއާއި އައުވާނުން ހިތުހުރި ގޮތަކަށް ރައްޔަތުންގެ ފައިސާކާންތޯ؟

    18
  14. ނިހާދު

    ނޯ ޗާންސް ފޯރޔޫ އިމްރާން ޕާޓީ އާއި ސިޔާމް ޕާޓީ އެކަނި ވޯޓުން ހޯވޭނަމަ ތިހިރީ ރާއްޖެއެއްނޫން އެމެރިކާގެ ވެރިކަން އެއްބުރުން ހޮވިފަ

    19
  15. އަފީ

    ކަލޭއަށް! ދުނިޔެ އުމުރު އެންމެން ވެރިކަންދީގެން ތިބެންވީތަ! އެހެން މީހަކު މިގައުމުގެ ވެރިކަމަށް ކުރިމަތިލައިގެން ނުވަނީތަ! ތިޔަހެރެ ޖާހިލު ވިސްނުމެއް! ތިމާ މީހާ މިގައުމުގެ މިނިވަންކަން ނަގާލާ މި ގައުމު ދަރުވާލިއިރު ރައްޔިތުން ބަލަން ނުތިބޭނެ! ބަލަގަ ކޯލިސަން ހެދީ 5 އަހަރުގެ މުއްދަތަށް!

    13
  16. މަހަށްދޭބަލަ

    އެމްޑީއޭ އާއި އަދާލަތާއި އެކު އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އިބޫ ބުނާއިރު ދެން ކިއެއްކުރަންތޭ ޖޭޕީގެ ޖަވާބެއް ބޭނުންވެގެން ތިޔާ އުޅެނީ ޖޭޕީގެ ޖަވާބު އެއޮތީ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައޭ ޖޭޕީގެ ކައުންސިލުން ނިންމީ ޖޭޕީން ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން އަދި ޖޭޕީގެ ޕްރައިމަރީ އެވަނީ އިއުލާން ކޮށްފައި ދެން ޖޭޕީގެ ޕްރައިމަރީން ކާމިޔާބު ކުރާނީ ވެސް ގާސިމް އިބްރާހިމް އެއަށް ފަހު ޖޭޕީން އިންތިޚާބު ކާމިޔާބު ކުރާނެއޭ ރައީސް އިބޫ މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ...

    10
  17. ގިޔުޅު

    ސައްވާލު މަހައް ހަދުބެލީމަ ކޯޅޭ ކޯލިސަން ކޯޅެން ހަގުރާމަށް އިއުލާން ކޮއްފި އިބޫ

  18. ދޭނަމޭ

    ޖޭޕީގެ ރަސްމީ ޖަވާބެއް ލިބެންދެން ރައީސް އިބޫ މަޑުކޮށްގެން ހުރި ކަމަށް އޭނާ ބުނާއިރު ދެން ކިއެއްވެތޭ ޖޭޕީގެ ސްލޮޓް ގައި މިނިސްޓަރު ކަމަށް އައިސްފައިވާ މަލީހު މަގާމުން ވަކިކުރި އިރު ޖޭޕީން ރައީސް އިބޫ އަށް ފޮނުވާފައިވާ ސިޓީ ތަކަށް ޖަވާބު ނުދީ އެ ސްލޮޓް އެމްޑީޕީ އަށް ދިނީ ދެން އަނެއް ކޮޅުން ތިމާވެށި މިނިސްޓަރު ކަމުގައި ޑރ. ހުސެން ހުއްޓާ އެ މިނިސްޓްރީ އަށް އެމްޑީޕީގެ އެއްވެސް ތަޖްރިބާ އެއް ނެތް މީހަކަށް އެމަގާމް ދޭން ވެގެން ޑރ. ހުސެން އެހެލީ ނުޖެހޭނެއޭ ރައީސް އިބޫ އަށް ޖަވާބެއް ދޭން ޖޭޕީން ޖަވާބު ހިންނަވަރޭ އަށް ދޭނަމޭ ޖޭޕީން ސެޕްޓެމްބަރު މަހު ރައީސް އޮފީހުން ނެރެ އެއްލާލަމުން އިނގޭތޭ...

    12
    • ޢަލީ

      ޖޭޕީއިން ސޯލިހަށްޖަވާބު އަރުވަން މާފަތިން ގުލްޝަން ކުރަމުންގޮސް ބަނޑިޔާ ނެށުމަކާއި އެކު ޖަވާބު އަރުވާދިނުމަށް އެދެން.

  19. ފަޒީހު

    ކޯލިޝަނެއްގާ އެލިގަނެގެންނޫނީ ކިރިޔާވެސް ގޮތެއް ނެތްކަން އަދު ސޯލިހު ގަބޫލު ކުރެއެެވެ.

    10
  20. ފަޒުނާ

    އެކީގަ ތިބެން އެއްބަސްވީ 5އަހަރަ 10އަހަރުގެ2ދައުރަކަށްނޫން ހޭބަލިވީތަ މޮޔަފުޅުވެގެނޭ ތިއުޅުވަނީ ކޮބާތަ އެބަސްވުމުގަ ނެތެނޫތޯ ކުރިމަތި ނުލެވޭނެ ވާހަކައެއް އިމުރާނުއާ ތިބޭފުޅާއަށް އޮޅިގެނޭ ތިއުޅެނީ

  21. އއ

    ގާސިމުގެ މީ ހުރިހާ ނާޖާއިޒު ފައިދާއެއް ކައިފަ ރީތިވެ ހުންނަ ގައުމީ ޢައްދާރު މުނާފިގު މީހެއް،.ސާލިހު ކުރަންވާ ކަމަކީ ފިސާރި ގަޓުގަ ޔާމީނަކާ ޔާމީނު ދޫކޮއްފަ ފަހަތައް ނުބަލާ މިކަލ

    6
    3
  22. ޖުންދު

    ހަތިޔާރުގެ ސެކިއުރެޓީ އޮތީމަ ގަދަބަސް ބުނަނީ

  23. އއ

    ގާސިމު މީ ހުރިހާ ނާޖާއިޒު ފައިދާއެއް ކައިފަ ރީތިވެ ހުންނަ ގައުމީ ޢައްދާރު މުނާފިގު މީހެއް،.!!!!ސާލިހު ކުރަންވާ ކަމަކީ ފިސާރި ގަޓުގަ ޔާމީނަކާ ޔާމީނު ދޫކޮއްފަ ފަހަތައް ނުބަލާ މިކަލޭގެ ސައިޒު ކުރަންވީ.!! މިގައުމުގެ އެއްމެ ބޮޑު އަދާވާތްތެރިންނަކީ މި ގާސިމްއާ މީނަޔާ އެކުގަ އުޅޭ ކޮރެޕްޓު ބައިގަނޑު. !!!ޔާމީނު ފިނޑިކަމުން އޭނަޔަކަށް މިކަމެއް ނުވި!!!!

    3
    4
  24. ޖެހޭނެއޭ

    ކޯލިޝަން އެއްބަސްވުން ނިންމާލާ ޖޭޕީ އަށް ދީފައި ތިބި އެންމެ 2 މިނިސްޓްރީ ޖޭޕީ އަތުން އަތުލާ ތިޔާއީ މާ ބޮޑު އެއްޗެއް ޖޭޕީ އަށް ދީގެން އުޅޭ ސަރުކާރެއް ކަމަށް މަމެން ނުދެކެމޭ އަދި ޖޭޕީ ސްލޮޓް ގައި ސަރުކާރުގެ މަގާމް ތަކަށް އައިސްފައި ތިބި މީހުން ޖޭޕީން ވަކިވާނަމަ ޖޭޕީގެ ސްލޮޓް ގައި އެމެންނަށް ދީފައިވާ ވަޒީފާ އިން ވެސް ވަކި ވާން ޖެހޭނެއޭ ދިއްދޫ ސަމީރު ޖެހޭނެއޭ މިނިސްޓަރު ކަމުން ވަކިކުރަން ޖެހޭނެއޭ ހަނަފީ ވެސް އެމަގާމުން ވަކި ކުރަން ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ ޖެހޭނެއޭ

  25. ހެހެހ

    މިއަދު މުޅި ދައުލަތުގެ ބާރާއި ގަދަބާރު އޮތީމަ ތިހެން ފުއްޕިދާނެ ، އެކަމަކު ވޯޓުކަރުދާހަކީ ރައްޔިތުންނަށް ލިބޭ ބާރު ، ވަޒީފާ އޮހުނަސް ، ނޫސްވެރިންނާއި ދެންވެސް ފައިސާގެ ދަހިވެތިކަމުގައި ޖާހިލްކަމުގައި ތިބިބަޔަކަށް މިއަދު ހީވެދާނެ އިބުރާހިމް އޭ ބަރުގަދައީ ، އެއީ ކުށްހީ ރައްޔިތުންނަށް ވަގުތުކޮޅަކަށް ބާރު ލިބޭ ދުވަސް އޮތީ މާދުރަކުނޫން

  26. ޢާދިލް

    ޚޯލިސަން ހަދަނީ ތާއަބަދައް އެކުގައި އުޅޭކައްނޫނެވެ. ޢަދި ހާއްސަކޮށް ކުރާނެހާކަމެއްކުރަން ދޫކޮއްގެންތިބޭކައްވެސް ނޫނެވެ. ޥިސްނަވާ އަނބިމީހާވެސް ދަރިންވެސް ދޫކޮއްލަންޖެހޭ ހާލަތް އާދޭ ދެއްތޯ ، ވިސްނަވާ މިނިވަން ގައުމެއް މިޔޮއް އެންމެންގެ ކުރިމަތީ ހަލާކުވެ ބައެއްގެ އަޅުވެތިކަމައްދަނީ.. އެންމެނެއް ތިޔަކަހަލަ ކޯލިސަންހަދައިގެން ދުނިޔޭގެ ދަހިވެތިކަމަކުނޫޅޭނެދެއްތޯ މާދަންވެސް ދުނިޔެދޫކުރަންޖެހިދާނެ، އިމްރާނުމެން އުޅޭހާގޮތަކައްނުޖެހޭ ދެއްތޯ އެންމެން އުޅޭކައް ދެން ޝިއާމު ނުބައި ނުލަފާވެގެން އެމީހާނުކުރަނީ ކީއްތޯ ވިސްނާލައްވާ..އައްނިވެސް އެބުނަނީ ގޯހޭދެއްތޯ އޭނާވެސް ގައުމައް ކުލުނެއް އެބަހުރި ދެއްތޯ..

  27. ބޯދިގުޒައީމް

    ދެންފަތްކަނޑަންވީ އެކީނުއުޅެވޭނަމަ މީނަމިހާރު މިހިރީއޮޅިފަ ހީވަނީ25 އަހަރުވަންދެން މީނަހޮވުނު 300 ވޯޓުންހެން މިމަގާމުވެސްލިބުނީ މީގެކުރިން ދިވެހި ގިނަރައްޔިތުނައް ނުވެސްއިގޭ ނަންވެސް މީނައަތުގަހިފާރޮމުން ބަޔަކުނުކުމެ ބޭންދިގޮނޑިއް ފެނިމޮޔަގޮވަނީ މީނަގެނަންއެގޭ 2000 މީހުން އޭރުހަމަނުވޭ އެއަތޮޅުގަވެސް ދެންމުޅިރާއްޖެ!

  28. ރަން ރީނދޫ

    ފުރަތަމަ ތިޔަ އެއްބަސްވުން ވެސް ތީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް. ޗޯރު އިބްރާހިމް ވަގު އެއްބަސްވުން ހަދައިގެން ބައިއަޅައި ގައުމު ލޫޓުވައިގެން ބަޗަން މި އުޅެނީ. ދިގުމުއްދަތަކަށް ގޮޅިއަށް ގަޅާލަން ޖެހޭ

  29. ގިނި

    ކޯލިޝަނަކީ މި 5 އަހަރަށް ހެދި އެއްޗެއް ނޫންތަ.
    މި ސިޔާސީ ވެރިން އެއްބަސް ވުމަކަށް ކަމޭ ނުހިތާނެ

  30. ސަފީނާޒު

    ކަލޯ ސޯލިހު މިހާރު ފެނޭތޯ ހުވަފެނުން އިންތިޚާބުން ބަލިވާ މަންޒަރު. ދެން ދައުލަތުގެ ޚަރަދުގައި ބޭރު ގައުމުތަކަށް ބުރުއެޅުމުގެ ބަދަލުގައި ގާމާދޫ އަށް ބުރުއަޅާން ޖެހޭނީ.

  31. މުބީނު މާރނީ

    މިއީ ވަރަށް ބޮޑު ޤާނޫނީ މައްސަލަ އެއް. މުލީއާގޭ ގައި ފައްޔާޒު އަށާއި އިބޫ އަށް ސިޔާސީ ކަންކަމެއް ނުކުރެވޭނެ.

  32. ޙާލަތު

    އެ އެއްބަސްވުން ނިމޭނަމަ ކަލޭއަށް ވެރިކަމުގަވެސް ނުހުރެވޭނެ... އޭގަ ލިޔެގެންނު ކަލޭ ކުރިމަތިލީ ހުރިހާ ޕާޓީއެއްގެ ފަރާތުން.