ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އިން އެޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަދި އެމްޑީއޭގެ ލީޑަރު ސިޔާމް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ބައިވެރިވެ ވަޑައިގަތެވެ.

ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ސޯލިހް ވަނީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވައިފައެވެ. މިހާތަނަށް އައިއިރު ގޮތް ނިންމާފައި ވަނީ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީންނެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމާފައި ވަނީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން އެކަންޏެވެ. ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އިން އަދި ވަކި ގޮތެއް ނުނިންމައެވެ.

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާ ގުޅޭ ރައީސް ސޯލިހް، އިއްޔެ ވަނީ މައުމޫންއާ ބައްދަލު ކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އައިއިރު އިއުލާން ކުރައްވާފައި ވަނީ ރައީސް ސޯލިހްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. ޕީޕީއެމުން ބުނަމުން އަންނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތަސް އެމަނިކުފާނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ލީޑަޝީޕްގެ ގިނަ ބޭފުޅުން ގަބޫލު ކުރައްވައެވެ. އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ އެންމެ ފުރުސަތު ބޮޑު ބޭފުޅަކީ ގާސިމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޤައުމު

    ރައީސް އޮފީހަކީ ކޮތަޅުއިބުރާހިމްގެ ކެމްޕޭން ޖަގަހަތޯ މަޤާމުގެ ފައިދާ ނާޖާއިޒް ގޮތުގާ ބޭނުން ކުރުންތީ.
    ދޮގުބޭގެ ތިހުރިނޭއްގާނީ މައްސަލަވެސް ބަލާ ޖަލަށް ލެވޭނެ މަގުތިދަނީ އަލިވަމުން އހ

    7
    3
  2. އިބްރާހިމް

    އަޅުގަނޑުމެން ރަށުގައި އުޅޭ ރާނައި ސިމެންތިޖަހާ ޕާޓީންވެސް އިބޫސާލިހާއިއެކު ކޯލިޝަން ހައްދަވަން ނިންމިވާހަކައެއް އެބައިވޭ.

    9
    2
    • ހޯގުޅާ

      ނުފެލި ރަށުގަ ތިބެބަލަ ސިމެންތި ލައިގެން…..

      2
      2