މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަކީ ވަކި ފިކުރެއް ކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެެވެ.

މައުމޫން އުފެއްދެވި ޕާޓީއަށް 3،000 މީހުން ހަމަނުވެެގެން އެ ޕާޓީ އުވާލިކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރީ އިއްޔެއެވެ.ނަމަވެސް އެއީ ގާނޫނާ ހިލާފު ނިންމެވުމަށް ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.

"އިސްލާހަކީ ފިކުރެއް. ފިކުރެއް ނައްތައެއް ނުލެވޭނެ." މައުމޫން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ ޕާޓީއަށް އީސީން ނޯޓިސްވެސް ދިނެވެ. އީސީން 2022ގެ މާރިޗް މަސް ތެރޭގައި އެ ޕާޓީއަށް ނޯޓިސް ދިންއިރު، އީސީން އެންމެ ފަހުން ނޯޓިސް ދީފައި ވަނީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ.

ފަހުން ނޯޓިސް ދީފައި ވަނިކޮށް އެމްއާރްއެމްއިން 3000 މެމްބަރުން ހަމަކޮށް ފޯމްތައް ފެބްރުއަރީ މަސް ތެރޭގައި ހުށަހެޅިއެވެ. ނަމަވެސް ދާދި ފަހުން ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީން ވަނީ ވަކިވެފައެވެ.

މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިނުމަށް ފަހު، ތިން މަސް ދުވަހުގެ ތެރޭގައި މެމްބަރުން ހަމަނުވުމުން، އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް ވަނީ އުވާލައިފައެވެ.

އެ ޕާޓީ އުވާލިޔަސް މެމްބަރުން ކެތްތެރިވެ ތިބުމަށް ވެސް ޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ ގޮވާލައްވައިފައެވެ.

އެމްއާރުއެމް އުވާލާފައިވާ އިރު އެ ޕާޓީގެ ދަރަންޏެއް އޮތްނަމަ އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    އެފިކުރައް 90 އަހަރާ ކާރިވެއްޖެ އާއްމު ދިވެހިން މިއުޅެނީ60 70 އާދެމެދު

    8
    1
  2. ފިކުރެއްނޫން

    ތީ މިހާރު ދިވެހިން ގަބޫލުކުރާ ފިކުރެއްނޫން. 30 އަހަރު ވެރިކަންކުރި މީހަކައް މިގައުމުގަ 3000 މީހުން ހަމަނުކުރެވުނީމަ ދެން އަނގަ ހުޅުވަން ލަދުގަންނަންޖެހޭ. ވެރިކަންކުރި އަހަރަކަށް 100 މީހުންވެސް ނުވި. ދެން މާރަނގަޅުވާނެ ހަނދު ފެންނާނެ ނުފެންނާނެ ކިޔާލަ ކިޔާލަ ހުރިއްޔަ.

    12
    2
  3. ހުސޭނުބޭ

    ވީމާ ބެއްޔާ އެކަނި ފިކުރުކޮށްކޮށް ހުރެ!

    12
    2
  4. ގަާސިމް

    ވަޓް އަ ޖޯކު

    9
    1
  5. އއ

    ވަރައްދެރަ! ވަކަރުގޭފާޑުވާހަކަ ތިރީސް އަހަރުވެރިކަން ކުރިމީހަކު.!

    9
    1
  6. ރާއްޖެ

    ތިޔަ ފިކުރު ބާވެއްޖެ...

    11
    2
  7. ޙަދިސައިބު

    ޕާޓީތަށް އުވާލަނީ ސަރުކާރުގެ އަމިއްލަ އެދުން ބޮޑުކަމުން!

    7
    2
  8. އއ

    ބައިވަރު ކަންތައް އަތްދަށުން ގޮއްސަ އޮތީމަ ކާމިޔާބު ފިކުރެއް އޮތްކަމުގަ ނުބެލެވޭ. ޑުރަގު ރިޝްވަތު ނާއިންސާފު މިފިކުރުތައް މިވަނީ މާގަދަކޮއްފަ. !!!

  9. Anonymous

    ފިކުރެއް އެކަނި އޮތުމަކުން ވާނޭ ކަމެއް ހަރާން.
    ފިރުޢައުނިއްޔަތަކީ ފިކުރެއް ތަބާ ވާނޭ މީހަކު ނެތް
    ނަމްރޫދިއްޔަތަކީ ފިކުރެއް ތަބާ ވާނޭ މީހަކު ނެތް
    މާކްސިޒަމަކީ ފިކުރެއް ތަބާ ވާނޭ މީހަކު ނެތް
    ހުސް ފިކުރަކުން ކުރެވޭނެ ކަމަކީ ތިޔައީ. ފިކުރު އޮތްވާހަކަ ބުނެލުން. ނަތީޖާއަކީ ޕާޓީ އުވުން. ފައިދާއެއް އެބޮތްތޯ؟

    10
  10. ކޮބަާ

    ޢެމްއާރުއެމް އަކީ ފަކުރެކޯ ފިކުރެއްނޫނޯ ކޮތަޅޭބުނީ.

    10
  11. މުންޑޭ

    ކިހާދެރަކަމެއް. ރައީސް މައުމޫން. މީހުން ކިޔާހާޢެއްޗެއް ވިދާޅުވާން ދަސްފުޅުރެއްވީތޯ.

    9
    1
  12. އެލެކްސް

    އެމްއާރއެމް އާއި މައުމޫނަކީ ފިކުރެއް ނޫން ފަކުރުތަކެއް. ތިޔައިން އުފެދިފައިވެސް ތިބީ ގިނައިން ފަކުރު.

    9
    1
  13. ޒަރީނާ

    ރައީސް މައުމޫނުގެޒައާމަތުގަ.
    ދިވެހިންނަށް ލިޔަންކިޔަންދަސްކޮށްދެއްވި.
    ތައުލީމީޖީލެއްގެބިންގާއެޅުއްވި. އެގޮތުން ހުރިހާރަށެއްގަ ސްކޫލް މަދަރުސާއެޅުއްވި.
    ހުރިހާރަށަކުން ބޭސްފަރުވާކުރެވޭނޭގޮތްހެއްދެވި.
    މިސްކިތްތައްބިނާކޮށްދެއްވި.
    ފުޅިބައްތިއާނުލާރޭގަނޑުއުޅެވޭގޮތްހެއްދެވި.
    ފުރިހަމަޑިމޮކްރެސީއަކަށްް މަގުފަހިކޮށްދެއްވި.
    ހަރުދަނާޚާރިޖީސިޔާސަތެއްގެދަށުން ވަކިފަރާތަކަށްނުޖެހިތިބެވުނު.
    ފިތުނަފަސާދައެއްނެތް. މަދުފައިސާކޮޅަކުން ގައުމުހިންގެވި. ރައްކާތެެރިމުޖުތަމައެއްއޮތް.
    އިސްލާމްދީންހިމާޔަތްކުރައްވާ މުވާސަލާތީގުޅުންގާއިމުކޮށްދެއްވި. ކުޑަކުޑަފޯނަކުން ހުރިހާތަފުސީލެއްނުލިޔެވޭނެތީ ރައީސް މައުމޫނަށް ދުޅަހެޔޮސިއްހަޔަކަށްއެދެމުން ކުރުކޮށްލަން. ވައްސަލާމް.

    9
    6
    • އަހަންމަދު

      ތި ހުރިހާކަމެއް ކޮށްދިން މީހަކުދެކެ ރައްޔިތުންގެ 90 ޕަސެންޓު މީހުން ރުޅިއަރާ ސަބަބެއް އޮންނާނެ.
      އަސްލު ސަބަބަކީ ބޭއިންސާފު.

    • ބޭކާރު

      މިހާރު ހުރީ ބޭކާރު މީހަކަށްވެ، ގޮތްކުޑަ އުޅުމަކަށް ބަދަލުވެފަ

  14. ޔ

    ކޮންމެމީހަކުރުޅިއަޔަސްުބުނަންއޮތީ މައުމޫނުވަރުގެވެރިޔަކު މިޤައުމަކަށްނާދޭ އަދިނުވެސްއަންނާނެޔޭ. ޥެރިކަންކުރަންއެނގުނީމަދޯ 30އަހަރުވެރިކަންއެކުރީ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް. ކިހާއަމާންއޭރުމިރާއްޖެ. ފިތުނަފަސާދައެއްނޯވޭ. ޢެންމެންއުޅުނީގުޅިގެން. ފާހިޝްކަންތައްކުރާމީހުންނަށްއަދަބުދޭ. އެފަދަކަންތައްކޮށްއުޅޭމީހުންބޭންކުރޭ. އެކަމަކު މިހާރުފާހިޝްކަންތައްކުރާމީހުންމަޝްހޫރުކުރޭ އަދި އެފަދަމީހުންނަށް އެއްވެސް ފިޔަވަޅެއްވެސްނޭޅޭ. ވެރިކަންކުރަންއެޣޭމީހަކުމިހާރުނޫޅޭ. އެއްބަޔަކު އަނެއްބައެއްގެކިބައިންބަދަލުހިފުމުގައުޅެނިކޮށްވެރިކަމުގެދައުރުހަމަވެގެންދަނީ

  15. ސަމްކުޅިބޭ

    އެފިކުރަކީ މައުމޫނު ރިފޯމްކުރުން. ފިކުރު ނައްތާނުލެވުނަސް އެފިކުރު ދެނެ ފިރުކިވެސް ނުގަނެވޭނެ. ފިކުރު އޮތްތާކު އޮންނާނީ. ތިޔަކަހަލަ ފިކުރެއް ޒުވާނުން ބޭނުމެއްނުވޭ. ކެތިއޮއްސިފާތިބި ދެތިން މުސްކުޅިން ތިޔަ ފިކުރުގައި ޖެހިފައި ތިބެދާނެ.

  16. ރާއްޖެތެރެ

    ތި ޕާޓީ އޮވާލަންވީތާ މާ ލަސް ވެއްޖެ.