މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ޕްރައިމަރީގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ނިންމަވައި ފޯމް ހުށަހަޅުއްވައިފިއެވެ.

މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެމްއާރުއެމް އިން މިއަދު ބުނީ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް އެމްއާރުއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފާރިސް ޕާޓީގެ ސެކްރެޓޭރިއަޓަށް ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ހަތަރަކާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

އެމްއާރުއެމްގެ ޕްރައިމަރީގައި ވޯޓުލެވޭނީ އެމްއާރުއެމްގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ.

އެ ޕްރައިމަރީގައި ވާދަކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަތާ އެއް އަހަރު ވެފައިވާނަމަ ކަމަށް އެމްއާރުއެމްއިން ބުންޏެވެ.

އެމްއާރުއެމްއިން ބުނިގޮތުގައި ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާނެއެވެ. އެ ވޯޓަކީ އޮންލައިންކޮށް ނަގާ ވޯޓެއް ކަމަށް ވެސް އެމްއާރުއެމް އިން ބުނެއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކުގައި ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްއާރުއެމް އަށް ދައުވަތު ވެސް ދިނެވެ. އެކަމަކު، އެމްއާރުއެމް އިން ބުނީ އެ ޕާޓީން ހުށަހެޅި ކަންކަމާ މެދުގައި އެއްބަސް ނުވެވޭތީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދައިގެން މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރަން އެމްއާރުއެމްއިން އިއުލާން ކުރިއިރު، ފާރިސް މައުމޫން ވަނީ އިންތިހާބުގައި ވާދަކުރައްވަން ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ފައްޓަވައިފައެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ވާދަކުރުމުގެ މަޝްވަރާތަކެއް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށަވިޔަނި

    އެއްވެސް ދިވެއްސަކާ ވާހަކަ ނުދައްކާ އަބުއި ވެފަ ގަނޑުވަރު ތެރޭ ބަފަޔާ އެކީ ތާސް ކުޅެން އުޅެފަ ދެން ރައީސްކަމަށް ކުރިމަތިލީމަ ވޯޓްދޭނީ މައުމޫނާ، ނަސްރީނާ، ޓޯޓަލް 2 ވޯޓް، ހީވަނީ ހޮވޭނެހެން، 3 މީހުން ލައިފިނަމަ 99 އިންސައްތަ ވޯޓުން ކަލޭ ހޮވޭނީ، ބަފާހެން ވެރިކަމަށް ބޫތުކައިފަ، ފުރަތަމަ މީހުންނާ އަނގައިން ބުނެ ވާހަކަ ދައްކާލަން ދަސްކޮށްބަލަ.

    3
    1
    • މޫސަ

      30 އަހަރު ވެރިކަން ކުރީ ކުރަފިބޮލެއްނޫން... ފާރިޝް އަކީ ޤާބިލް ބޭފުޅެއް.