ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ނިންމައިފިއެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހް ވަނީ ވަރަށް ގިނަ ސިޔާސީ ޕާޓީތަކަށް ދައުވަތު ދީފައެވެ. އޭގެ ތެރޭގައި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ، އެމްއާރުއެމް އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމެނެއެވެ. މި ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާ އެކު ކޯލިޝަން ހެދީ އަދާލަތާއި އެމްޑީއޭއެވެ.

ޖުމްހޫރީ ޕާޓީން ވަނީ އެ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމައިފައެވެ. އެމްއާރުއެމްގެ ނިންމުން މި އައީ ރައީސް ސޯލިހް ސިޓީ ފޮނުއްވިތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ.

އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެ ޕާޓީއަށް އެއްބަސް ނުވެވޭތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެމްއާރުއެމްގެ ބަޔާނުގައި ވަނީ ރައީސް ސޯލިހް، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވި ދައުވަތާ ގުޅިގެން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސް ރަށްވެހިންނާއެކު އެކި ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. އަދި ނުރަސްމީކޮށް ލިޔެކިޔުމުގެ ޒަރިއްޔާ އިން ވެސް މަޝްވަރާ ކުރެވި އެމްއާރުއެމް އިން ތާއީދު ކުރާ ސިޔާސަތު ހާމަކުރި ކަމަށް ބުނެފައިވެއެވެ.

އެމްޑީޕީގެ އިސްވެރިންނާ އެކު މެއި 1 ގައި އެމްއާރުއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު، އެމްޑީޕީން ހުށަހެޅި ކަންތައްތައް އެމްއާރުއެމްގެ އެސްކޯގައި މަޝްވަރާ ކުރި އިރު، ބައެއް ސިޔާސަތުތަކަށް އެއްބަސް ނުވެވޭ ކަމަށް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ. އެހެންވެ ޕާޓީގެ އެގްޒެކްޓިވް ކޮމިޓީން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކުގައި މަސައްކަތް ނުކުރަން ކަމަށެވެ.

"ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ދެއްވި ދައުވަތަށް އެމްޑީޕީގެ އިސްވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށާއި އެމްޑީޕީގެ އިސްވެރިންނަށް ނުހަނު އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ،" އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

އެމްޑީޕީއާ އެކުގައި ކޯލިޝަން ނަހަދައި ލަސް ކުރާތީ އެމްއާރްއެމް ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ގިނަ މެންބަރުންތަކެއް މީގެ ކުރީން ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބައޮ

    ގައުމަށާއި އެމްއާރުއެމަށް މިވަގުތު އެންމެ ބޮޑަށް ފައިދާވާނީ ގިނަ ވާހަކަ ނުދައްކަވާ ފާރިސް މައުމޫނު ގޭގައި ޓީވީ ބަލަން ހުންނެވުމުން.

    32
    5
  2. Anonymous

    ތިހެންވެޖެއްޔާ ކޮއްމެވެސް އެހެން ޕާރޓީއަކާ އެކު ކޯލިޝަން ހަދާ ފުރަތަމަ ބުރުގަ. ނޫނީ ބޭޒަރުވެދާނެ. ތީވެސް ނަމެއްގަ އޮތް ޕާޓީއެއް ހުސްތޮޝިގަޑެއް.

    31
    1
  3. ޙާލަތު

    މިވަގުތައްބަލާފާ ވަރަށް ރަނގަޅު ނިންމުމެއް

    19
    6
  4. ދަވާލާ

    އެމް އަރު އެމް ކިޔާޕާޓީއެއް މިހާރު ވުޖޫދުގައި އެބައޮތްތަ ، ތިޔަ ޕާޓީގައި ތިބީ މައުމޫނު ނަސްރީނާ ފާރިސް މިވަރުންވެސް ރަނިންމޭޓް ކަން ހޯދަންޖެހޭ ސާބަސް

    28
    2
  5. ކާނިވާއިން

    މަރުޙަބާ

    4
    1
  6. ކުލަ ޔެލޯ

    ހޭ ހޭ ހެޔޮ ހެޔޮ . . އަވަހަށްބޭރުވޭ . . ބޭނުމެއްނޫން . . ތީ މިހާރުވެސް އުނދަގުލަކަށް ވެފަ އޮތް ޖަމިއްޔާއެއް . . ސިޔާސީ ޕާޓީ އެއްނޫންތި . . . ކަލޭމެންގެ އަމިއްލަ އެދުން ހުރިވަރަކީ ސއރުކާރު މަގާމުތަކުން މި ސަރރުކާރުގަ ކާނެ ވަރަކަށް ކައިފަ މާ މޮޅުގޮތެއް ހޯދާނަމޭހިތާ އެހެން ދިމަދިމާ ބަލަންފެށީ އެއްމެފަހު ވަގުތު . .

    10
    1
  7. 1111

    ޕާޓީގެ އިސްކޮޅާ އެއްވަރުން އުޅުނީމަ ތާހިރުވާނެ

    13
    1
  8. ގަލަން

    އެމްއާރްއެމް އާއިއެކު އެމްޑީޕީ ބޭނުމެއްނުވާނެ ކޯލިސަން ހަދާކައް މިހާރު ހާހެެއްހާ މީހުންވެސް ހަމަނުވާ ޕާޓީއަކައްވާތި. ނޫސްތަކުގަ ފަލަސުރުހީގަ ފާރިސްގެ ފޮޓޯޖަހާފަ ލިޔެވިދާނެ އެމްޑީޕީއާއި އެކީ ކޯލިސަން ނުހަދާނަމޭ.

    17
    2
  9. މުހައްމދު

    ކޮންމެބަޔކަށް ވެރިކަން ލިބުނަސް މައުމޫނަށް ފައިދާ ވާނެ ހުރިހާ ދަރިންކޮޅު ޕާޓީތަކަށް އަޅައިގެން އެ އުޅެނީ

    17
  10. އައްޔަބޭ

    ޕާޓީ ހިންގެވުމަށް 3000 ހަމަ ނުކުރެވުނު ޕާޓީއަކުން މުޅިރާއްޖޭގެ ރައީސް ކަމަށް ކުރިމަތި ލައިފި
    ތާއިދެއް ނެތޭ ތާއީދެއް ނެތޭ
    ކުރެވޭ ވަރުގެ ކަންތައްތަކާ ކުރިމަތި ލުން ރަނގަޅު ކަމަށް ފެނޭ

    10
    1
  11. ޒައީމު

    ތީ މީހުންވެސް ހަމަ ނުވާ ޖަމާއަތެއް ގެ ބައެއް. ކަލޭމެން ރަނގަޅުވާނީ ކާސިމު އާ އެކު ވިއްޔާ. އެގޮތް

    7
    1
  12. ޯޮޔޔޔގ

    ހުކުރު ހަމަނުވަާ ޕާޓީ

  13. އެމް ރ އެމް

    އެމް އާރު އެމް ކިޔާ ސިޔާސީ ޕާޓީއެއް ރާއްޖޭގައި އޮވޭބާ ؟ އެޕާޓީގައި ތިބީ ދެބަފައިންނާއި އަނބިމީހާ އަދި ގޭދޮށު ދެތިން ކުދިން ފިޔަވާ ދެން ކޮންބައެއްބާ ؟ ހައިރާންވެ އަންތަރީސްވޭ !

  14. ބޯހަލާކު

    ޜަންތަށި ގެއްލުވާލީމަތޯ؟

  15. Anonymous

    ބޭނުމީ މައުމޫނަށް ތާއީދު އޮތްވަރު ބަލާލަން. ދެން ފަހުން ބޮޑުފަޅިޔަކަށް ޖެހޭނީ އޭރުން އެ ނިމިނުނީ!

  16. ފާތުމަ

    ގާސިމު އާ އެކު ހަހަހަ