މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި މުހައްމަދު ޒުހައިރު މަގާމުން އިސްތިއުފާދީފިއެވެ.

ޒުހައިރު މަގާމުން އިސްތިއުފާ ދެއްވިކަން އެމްއާރްއެމްއިން ވަނީ "ވަގުތަށް" ޔަމީންކޮށްދީފައެވެ. އޭނާ އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން ޒުހައިރު އިސްތިއުފާދެއްވި ސަބަބެއް އެމްއާރްއެމްއަކުން ހާމައެއް ނުކުރެއެވެ.

ޒުހެއިރު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު މި ހަފްތާގެ ތެރޭގައި އެ މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި ޑރ. ޝާހް މާހިރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޝާހް އެ މަގާމު ފުރުއްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޖޭޕީ ދޫކުރައްވާ ޝާހް ވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާ މިހާރު ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    އިބޫ ވެއްޓެނީ.

    12
    1
  2. ަިަިަިއިބްރާހިމް

    އަދިވެސް ސޭޓްގެ ޕާރޓީ ކުދިން އިސްތިއުފާ ނުދީ ވަޒީފާ އަދާނުކޮށް ކެމްޕޭއިންގަ އަޅެ ލަދެއްވެސް ނުގަނޭތަ ފެންފޯއް ސްޓޭޓް މިނިސްޓަރވެސް ކެމްޕޭއިންގަ މިބައިމީހުންނަށް ނުކެރޭނެ އިސްތިއުފާ ދޭކަށް ދެކޮޅުންވެސް ކަނީ ބޮޑު ސޯބު އެބުރެނީވެސް އެކަހަލަ ގޮތަކަށް ވިއްޔާ

  3. ރައްޔިތު

    ސަރުކާރުގެ ހުރިހާ ޖަރީމާތަކެއްގަ ބައިވެރިވެފަ އިބޫ ނުހޮވޭނެކަން އެނގުނީމަ އަންނަން އޮތް ސަރުކާރުގެ މަގާމެއް ހޯދަން މިހާރު އިސްތިއުފާދޭ ފަރާތްތަކެއް ތީ. އިހުލާސްތެރިކަމެއް ހުރިނަމަ އިސްތިއުފާދޭނީ މިއަދަކު ނޫން.

  4. ޕްރޭނާ

    އަމައްޔާތް ދެން. ހައްދަވައިގެން ކަމެއްނުކޮށް 8 ވަނަ ފަންގިފިލާގައި ކޮޓަރިކޮޅުގައި އިންނަވައި، ދައުރު ނިމެން 2 ހަފްތާއަށް ވީމަ އިސްތިއުފާ ޔޯލަ. މަ ހީހީ. މީވެސް ދެން ޚަހަބރެއް؟