މާލެ ސަރަޙައްދުގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މި އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ސްވިމިން ޕޫލެއް ހެދުމަށް މިއަދު ރައީސް ޞާލިހް ވައުދުވެ ވަޑައިގެންނެވި އިރު ރައީސް ޔާމީންގެ ސަރުކާރުގައި ސްވިމިން ޕޫލެއް ވެސް ހިމެނޭ ގޮތައް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ފަށާ، މިހާރު އެމަަސައްކަތް އޮތީ ނިމުމަކާއި ގާތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރެއް ފެށުމުގެ ގޮތުން މިއަދު އިއްވި ރިޔާސީ ބަޔާނުގައި، ކުޅިވަރު ދާއިރާގެ ކަންކަން ބަޔާން ކުރައްވަމުން ރައީސް ވިދާޅުވީ މި ސްވިމިންގ ޕޫލަކީ ޖުމުލަ 18 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ސްވިމިން ޕޫލެއްކަމަށެވެ.

ހަމައެހެންމެ، މިއީ ބައިނަލްއަޤުވާމީ ކުޅިވަރު މައިދާންތަކުން ރަން ވަނަތައް އުންމީދު ކުރާ ޒުވާނުންނަށް އުފާވެރި ޚަބަރަކަށްވެސް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މާލެ ސަރަޙައްދުގައި އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. ޖުމްލަ 18 މިލިއަން ރުފިޔާއިން ހަދާ އެ ސުވިމިންގ ޕޫލްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ. މިއީ ބައިނަލްއަޤްވާމީ ކުޅިވަރު މައިދާންތަކުން، ރަން ވަނަތަކަށް އުންމީދުކުރާ ޒުވާނުންނަށް އުފާވެރި ޚަބަރަކަށްވާނެ." ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާގެ ކަންކަން ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ ކުޅިވަރަކީ ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ވަރަށް މުޙިއްމު ކަމެއްކަމަށާއި ޤައުމީ ކުޅިވަރުތަކަށް ދިރުން ގެނައުމަށް ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް އަހަރަކު މަދުވެގެން ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާކަމުގައެވެ.

ހަމައެހެންމެ، އަންހެން އަދި ފިރިހެން ޤައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ދޭ އެލަވަންސް އެއްހަމަކޮށް، ހުރިހާ ކުޅިވަރެއްގެ ކުޅުންތެރިންނަށްވެސް، އެލަވަންސް ދޭގޮތަށް މިހާރު ހަމަޖައްސަވާފައިވާކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ކުޅިވަރުތައް ތަރައްޤީކޮށް އާލާކުރުމަކީވެސް، ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. ޤައުމީ ކުޅިވަރުތަކަށް ދިރުން ގެނައުމަށްޓަކައި ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް، އަހަރަކު މަދުވެގެން ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމައި، މިހާރު އެކަންވަނީ ހަމަޖެހިފައި. އަންހެން އަދި ފިރިހެން ޤައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ދޭ އެލަވަންސް އެއްހަމަކޮށް، ހުރިހާ ކުޅިވަރެއްގެ ކުޅުންތެރިންނަށްވެސް، އެލަވަންސް ދޭގޮތަށް މިހާރު ވާނީ ހަމަޖައްސާފައި." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހިޔަނި

    ޔާމީނު އަޅަނފަށާފަހުރިތަން ނޫންތަނެއް އަޅައިފިއްޔާ ތިކަން ރަނގަޅު، ދެރަކަމަކީ ދަރުމަވަންތަ ހޮސްޕިޓަލްވެސް މިސަރުކާރުގެ ތަރައްޤީ މަޝްރޫޢު ތަކުގައި ހިމެނިފައި ވާތީ،

  2. ސުވިމާސް ބޭބެގ

    ވައުދެއް މިހާރު އެވައުދު އެދަނީ ފުދެމުން ދެއްތޯ ދެންވާނެތަ އިބޫ ކުރިކަމަކައް އެހެންވެގެން މިބުނަނީ ރައީސް ޔާމީން ވަރެއްނެތޭ ސުކުރިއްޔާ ރައީސް ޔާމީން ހެހެހެހެހެ ދެންތިބޭ މިފަސްއަހަރު ރިބަންކަނޑަން ޕޫލް އެއޮއްގެން ނިމެނީ ތުއްތުކަލޯ ރައްޔިތުން ލޮލުގައި އަނދުން އަލުވާފަ ޕޫލް ރިބަން ކަނޑާލާ

  3. މިއަދު

    އިބޫ އާދޭސްކޮށްފައިމިބުނަނީ ރައިސްޔާމީނުމިގައުމުގައި ފައްޓަވަފައިނުވާ އައުކަމެއް ބުއްދިއަށްގެނަސް ރަޢިއްޔަތުމީހާއަށް ވައުދެއްވެދީބަލަ ހައްތަހަ ރައިސްޔާމީނުގެ ކޮޕީ

  4. ޗިއްލޫ

    ހާދަ ރަނގަޅު ވެރިކަމެކޭމީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަކަން ގެންނަން ހޮވިރައީސެކޯ!!! ޔާމިންގެ ސަރުކާރު ރައްޔިތުންނަށް ކަމުނުދިޔަ ސަބަބަކީ ރާއްޖެ އެހެންބަޔަކުގެ އަޅުވެތިކަމަށް ނުފޮނުވަން ގައުމައް ގައްދާރުވި މީހުން ހިފާހައްޔަރުން ކަމަށްބެލެވެނީ މިހާރު ކަންތައް ވަމުންދާގޮތައްބަލާއިރު....

  5. އާދަނު

    ތީގެ ޕޫލެއް ޔާމިނު ވެސް އަޅާވާހަކަކީ އުސްފަސްގަނޑުގަ އެބިން ކިހިނެއް ވާނީ