ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިސާމް މަގާމުން ދުރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނާ ޚަބަރު ޕީޕީއެމް އިން ދޮގުކޮށްފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ އެފަދަ މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކަށް ތާއިދު ކުރާ މީޑިއާތަކުން މިއަދު ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕީޖީ ބިސާމްގެ އިތުބާރުނެތް ކަމުގެ މައްސަލަ އަންނަ ހަފްތާގައި މަޖިލީހަށް ހުށަހަޅަން ވަނީ ނިންމާފައެވެ.

ފެބްރުއަރީ 01 ގެ އަމުރު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ފާހަގަ ކުރައްވާ، އެއަމުރުގެ މައްސަލައިގައި ސަރުކާރުގެ ނިންމުމަށް ޕީޖީ ބިސާމް ތާއިދު ކުރެއްވި ނަމަވެސް ފަހުން ސަރުކާރުގެ ނިންމުންތަކާއި ޕީޖީ ބިސާމް ދެކޮޅު ހައްދަވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ހާއްސަކޮށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން ފާސްކުރި ޤަރާރާއި ޕީޖީ ބިސާމް ދެކޮޅު ހެއްދެވި ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. ނަމަވެސް އެމައްސަލައިގައި ރަސްމީ އެއްވެސް ފަރާތަކުން ވާހަކަދައްކާފައެއް ނުވެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ފުލުހުން ފޮނުވި މައްސަލައެއް ޕީޖީ އޮފީހުން އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ޚަބަރު ފެތުރިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މައްސަލައެއްނޫން އިތުބާރުނެތްކަމުގެ ވޯޓެއް ނަގަންވެއްޖެއްޔާ ސަރުކާރު ފަޅިންވިޔަސް ހަމަ ނަގަންޖެހޭނީ، ސަރުކާރު ހިންގުމށް ދަތިވާނެ އެއްވެސްކަމެއް ވަކިފަރާތަކަށް ޖެހިގެން ޝަރުޢީ ދާއިރާއިންވެސް ކުރިމަތިކޮށްގެން ނުވާނެ

  2. ޔޫސުބު

    ދެލޯފޫ މުނާފިގުންގެ ކަމެއް އެއީ ތެދު ދޮގު ނުބަލާ ފިތުނައެއް އުފައްދާލުން...ދެން މިހެން ބުނާއިރަށް ބައެއް ޝޭޚުން ތެދުވެ ޓްވީޓް ކުރަންފަށާނެ ވަކިކަމަކާ ގުޅިގެން މުނާފިގުންނެކޭ ނުބުނެވޭނޭ....ސަހަރޯ ހީވޭ..ހުވާމިބުނި.

  3. ޢިޔަޒު

    ޕަކާސް

  4. އިތުބާރު

    ޕީ.ޕީ.އެމުން އެހެން ބުނެފިތަ މާގިނަދުވަހެއްނުވެ ތިކަންވާނެ! މިމީހުން ނުކުރާނެކަމަށް ނބުނާ ކަންތައްތައް ނިކަން އަވަހަށް ކުރާނެ ނުވާނެކަމަށް ބުނާ ކަންތައް ނިކަން އަވަހަށް ވާނެ!

  5. ނުރަބޯ

    ނޫނޭ ތިޔައީ ގޯހެއް. މިހާރު ތިޔަބުނާ ބިޝާމަކީ އިދިކޮޅަށް ވިކިފަހުރި ފީކުދާނެއް. ހަނދާންކޮއްލާ މީގެކުޑަ ދުވަސްކޮޅެއްކުރި، އެއިރު އިދިކޮޅު ފަރާތްތަކުން އަޑުފަތުރަމުން ދިޔައީ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ބަދަލު ކުރަން އުޅޭވާހަކަ. ސަރުކާރުން އެއަށް ރައްދުދެމުންބުނީ އެކަން ކުރަން ނޫޅޭވާހަކަ. އޭގެފަހުން ކުޑަ ދުވަސްކޮޅެއްނުވަނީސް އުއްތަމޭ އާއި ހުދުޖަނގިޔާ، ބަޣާވާތްކޮށްފި. މިހާރު މި ޑަކައިތުގެ ފަރާތުންވެސް ފެންނަމުންދަނީ ގާނޫނޭ ގާނޫނޭ ކިޔައިގެން ބާޣީން ބޭނުންވާ ގޮތަށް، ސަރުކާރަށް ފިއްތުންތަކެއް ކުރިމަތި ކުރަމުންދާތަނެވެ. އެހެންވީމާ މިއީ މީނާއާއިމެދު ފިޔަވަޅުއަޅާ، ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލަންވީ ވަގުތެވެ.