ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާއަށް، އަލްއުސްތާޛު ޢަލީ އިބްރާޙީމް ވާދަކުރަން ނިންމައިފިއެވެ.

އިންތިޚާބުގައި ވާދަކުރަން ނިންމިކަން ރަސްމީކޮށް ޢިއުލާން ކުރައްވަމުން ކުރެއްވި ޓުވީޓެއްގައި ޢަލީ ވިދާޅުވީ އުތުރު ދާއިރާއަށް މިފަހަރު ވާދަކުރަން ނިންމެވީ، އެދާއިރާގެ ގިނަ ރައްޔިތުން އެކަމަށް އެދެމުންދާތީއާއި ރައްޔިތުންގެ ފުލްޓައިމް މަންދޫބެއްގޮތުގައި މަސައްކަތް ކުރަން ރައްޔިތުން އެދެމުންދާތީ ކަމަށެވެ.

އަލީ އިތުރަށް ވިދާޅުވީ އައްޑޫ ރައްޔިތުންނަކީ ޤައުމު ބިނާ ކުރުމުގައި ވަރަށް ޒިންމާދާރު އަދި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބައެއްކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރައިގެން ދިއުމުގައި އައްޑޫގެ ރައްޔިތުން އަދާކުރި މުހިއްމު ދައުރަކީ ދެބަސްވެވެން ނެތް ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ވަގުތަކީ ސީދާ އައްޑޫ ތަރައްގީކުރުމަށް ނުހަނު ބޭނުންވެފައިވާ ދަޑިވަޅެއް ކަމަށްވާތީ ބޭނުންވަނީ ކެރުންތެރި ތަފާތު ލީޑަރޝިޕެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން އައްޑޫގެ ތަރައްގީއަށް އަދި ޚާއްސަކޮށް ހިތަދޫ އުތުރު ދާއިރާގެ ތަރައްޤީއަށް ކުރަންހުރި ކަންތައްތަކާއި ދާއިރާގެ އާއްމު ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ވަސީލަތްތަކާއި އެކު، ދިވެހިރާއްޖޭގެ އެންމެ ތަރައްގީވެފައިވާ އެއްސަރަހައްދުގެ ގޮތުގައި ހެދުމަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއިއެކު މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ކެރުންތެރި ލީޑަރޝިޕެއް ބޭނުންވާކަމަށް އަލީ ވިދާޅުވިއެވެ.

އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ޢަލީ އިބްރާޙީމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ތަޢީދުކުރައްވަން ނިންމަވާފައެވެ. އަލީ ކުރެއްވި ޓުވީޓު ރީޓުވީޓުކުރައްވާ، ރައީސް މައުމޫން ވަނީ ޢަލީއަށް މަރުޙަބާ ވިދާޅުވެ ފުރިހަމަ ކާމީޔާބީއަށް އެދިވަޑައިގެންފައެވެ.

"ރައީސް މައުމޫން ގުޅުއްވާފަ ވިދާޅުވި އަޅުގަނޑަށް ތަޢީދުކުރައްވާ ކަމަށް. އެމަނިކުފާނާއި އެމްއާރްއެމްގެ ތަޢީދު ލިބުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަދި މަޖިލީހުގެ ތެރެއިން ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ފުރުސަތެއް. އެކަމަށްޓަކާ ރައީސް މައުމޫނަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރުދަންނަވަން" ޢަލީ ވިދާޅުވިއެވެ.

އަލްއުސްތާޛު ޢަލީ އިބްރާހީމަކީ ހިތަދޫ އުތުރު ދާއިރާއަށް އުފަން އެދާއިރާގެ ބޭފުޅެކެވެ. އަދި ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވާފައިވާ، އަދި ފާހަގަކޮށްލެވޭ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ޤާނޫނީ ވަކީލެކެވެ. މީގެ އިތުރުން ވިޔަފާރިއާއި ލީޑަރޝިޕްގެ ދާއިރާއިން އޭނާ ވަނީ މަތީ ތަޢުލީމާއި ތަމްރީން ހޯއްދަވާފައެވެ. އެނާ ވަނީ މިދިޔަ އިންތިޚާބުގަ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާފައެވެ. އަދި އެފަހަރު އިންތިޚާބުގައި އޭނާ ވަނީ އެދާއިރާގެ ވަރަށް ގިނަ ބައެއް ތާޢީދާ ލޯބި ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބްރާހިމް މާހިދް

    އަޅުގަނޑަކީ އުސްތާޒް އަލީ ގެ ދަރިވަރެއް. ވަރަށް ހިތްހެޔޮ ޕްރޮފެޝަނަލް މުދައްރިސެއް. ކާމިޔާބީއަށް އެދެން ސަރ.

  2. އައްޑޫ މީހާ

    ކަލޯ ފޫނެއް ފަޔަށް ފެން ފުރުން ހުއްޓާލާ. އައްޑު އަކީ

    ތިޔަ ހީކުރާ ވަރަށް ވުރެ ޖާހިލު، ގަމާރު ބައެއް ތިބި ތަނެއް.

    އެ މީހުނަށް ހެޔޯ އަތޮޅު ފެނުތެރޭ އޮތަސް، މަގުމައްޗަށް

    ފާހާނާ ކުރާ ހިސާބަށްް ދިޔަޔަސް،، ރީނދޫ ޕާޓީ ހޮވެނިކޮށް.

    ތަރައްގީގެ ކަންފުޅެއްވެސް ނެތް ތަނެއް އައްޑު އަކީ.

    ފައިސާވެރިން ގޮސް ތިބީ މާލޭގަ.ބޮޑު ކުލި ދީގެން ވިޔަފާރި ކުރަން.

    ސިޓީ އެކޭ ކިޔާ ހައްދާފަ ހުޅުމާލެ ތަރައްގީ ކޮށް ނިންމާލީ

  3. އަހްމަދު

    ރައީސް މައުމޫނުގެ ތާއީދު ލިބިއްޖިއްޔާ ތިއޮތީ ހޮވިފާ. ވޯޓްލާކަށްވެސް ނުޖެހޭނެ.

  4. އިބްރާ

    އައްޔާ! މިފަހަރު ބިނދެލެވޭނެބާ؟

  5. މޯދީ

    ކޮން ބައެއް ތިބީ މައުމޫނަށް ތާއީދުކުރާ؟؟

  6. ގޮރުނު ދޯރު

    މައުމޫނުގެ ތާއީދު ލިބިއްޖެ މީހަކު އަވަހައް ހުވައިކުރަންވީ.. އެއީ މިރާއްޖޭގަ 3 ވަނަ ފިކުރުގެ މީހުން ވަރައްގިނަވާނެ.. އެއީ ބަނގާޅު މީހުން. މައުމޫނައް ވަރައްތާއީދު ކުރާނެ އެމީހުން..

  7. ޚޮތުރތިތު

    ކާމިޔާބަށް އެދެން.
    ހަމަޔަގީނުންވެސް މޑޕ ޕްރައިމަރީ ތެރޭގައި ބައެއް މީހުން ސީދާ އަޅުގަނޑުގެ އަބުރަށް އަރައި ފބ ގައި ލިޔެފައި ހުރި އެއްޗިއްސާއި މެދު ވިސްނާލުމުން މޑޕ އަށް ވޯޓް ދެވެން ނެތް.