ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ މެމްބަރުކަން ކުރައްވަމުންގެންދަވާ ރީކޯ މޫސާ މަނިކު އަންނަ އޭޕްރިލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވާނެކަން އިއުލާނުކޮށްފިއެވެ.

މޫސަ އެކަން ހާމަކުރީ މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްްގައެވެ.

މޫސަ ވިދާޅުވީ، 2019ގެ މަޖިލީސް އިންތިހާބުގައި ވާދަނުކުރައްވަން އޭނާ ނިންމަވާފައިވާކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ނިންމެވި ސަބަބެއް މޫސަ ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ އިންތިހާބުގައި މިފަހަރުވެސް ވާދަކުރައްވާނެ ކަމަށް މޫސަ ކުރިން ވިދާޅުވިއެވެ. އަދި މިފަހަރު ނުކުންނަވާނީ ގަމު ދާއިރާއަަށްކަމަށްވެސް ވިދާޅުވިއެވެ. އަދި އޭނާ ވާދަކުރައްވަން ނިންމެވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައިކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ވަކިވުުމަށްފަހު މިދިޔަ އަހަރުގެ ތެރޭގައި މޫސަ ޕީޕީއެމްއާވެސް ގުޅިވަޑައިގަތެވެ. އެހެން ނަމަވެސް މޫސަ ވަނީ ޕީޕީއެމްއިން ވަކިވެފައެވެ. މޫސަ އެ ޕާޓީން ވަކިވިއިރު، އެޕާޓީގެ މަޖިލިސް ޓިކެޓް ދެއްވި ބޭފުޅުންގެ ތެރޭގައި މޫސަ ނުހިމެނެއެވެ.

މޫސައަކީ ވޭތުވެދިޔަ ދެ ޓާމްގައިވެސް މަޖިލީސް މެންބަރެއްްގެ ގޮތުގައި މަސައްކަތް ކުރެއްވި މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޑިމޮކްރަސީ

  ނޮހޮވޭނެކަން އިނގޭތީ ލާރި ޚަރަދުކުރަން ބިރުގަތީ.

 2. ޖޯޖް

  މޫސަގެ ސިޔާސީ ކެރިއަރ ދިއައީ ޔާމިން އާޖެހިފަ

 3. ޑާޑާޑާޑާ

  މިހިރީ ރީތި ފަޅު ތަކޭ އަވަހަށް އެރި ފަތާށޭ އެހެންތޭ ބޭރު މީހުން އެހެން ބުނާނެ ނޫންތޭ މިރާއްޖޭގައި ހަދާފައިވާ ހުރިހާ ރިސޯރޓްސް ތަކުގެ މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތައް ދެނީ މުޅިން ވެސް ބޭރު މީހުންނަށޭ ދެން އިންޑިއާ ލަންކާ މީހުންނޭ ރިސޯރޓްސް ތަކުގައި ގިނަވަނީ ތިޔާ އޮތް ރަންދެލި އަދި އަދި ވެލާ ގައި އުޅޭ މުވައްޒަފުންގެ %95 އެއީ ބޭރު މީހުންނޭ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީމެންގެ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ހުރި ނަމަ މިކަންކަން އިސްލާހުކުރާނެއޭ އެއާލާތް ގަނޑު ސަރުކާރުގެ ފައިސާ ގަނޑު ބަނޑު އަޅާލައިގެން އެފައިސާ އިން ދުވާލަކު އަގު ބޮޑު ހެން ހީވާ ހެދުމެއް ލައިގެން ތިބެ ނަކަސް އޭ ތަޅަނީ މި އާލާތުން އެއީ ދިވެހިރައްޔިތުންނަށް އެއްވެސް ފައިދާ އެއް ހުރި ގޮތަށް މަސައްކަތް ކުރާ އާލާތް ގަނޑެއް ނޫނޭ މަމެންނަށް މިކަންކަން ގަބޫލެއް ނުކުރެވޭނެއޭ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ....

 4. ޑާޑާޑާޑާ

  އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބުނެފިނަމަ އެ ފަދަ ޑިފެންސް މިނިސްޓަރެއްގެ ލެޖިޓިމަސީ އެދިޔާއީއޭ ދެން އެފަދަ މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖްލީހުން ނަގައިގެން ނަމަވެސް އެފަދަ މިނިސްޓަރަކު މިނިސްޓަރު ކަމުގެ މަގާމުން ނަގާ އެއްލާލުމަކީ އެއީ ރާއްޖޭގެ މަޖްލީހުގެ ޒިންމާ އެކޭ މިކަން ނުކޮށް މަޖްލީހުގެ ރައީސް ލަސް ކުރަނީ އެއީ ކިއެއްވެތޭ މަމެން ނަށް މިނޫން ގޮތެއް ގަބޫލެއް ނުކުރެވޭނެއޭ ޑާޑާޑާޑާ

 5. މާމިގިލީ މީހާ

  ނުހޮވޭނެ ތީ ލަދުން.. ބައި ވޯޓުވެސް މޫސާއަކަށް ނުލިބޭނެ.

 6. ރުބެލް

  އަވަހައް މޫސަޔާ ބެހިގަތީ ސާބަހޭ

 7. ނުރަބޯ

  ހިޔަޅުވެސް މޭބިސްކަދުރު ނުކެއީ ހުތްކަމަކުން ނުބައި ވެގެނެއް ނޫނޭ. މޭބިސްކަދުރު ކޯންޏާދިމާލަށް ފުއްމާ ފުއްމާ އަތުނުޖެހުނީމަ ބުންޏޯ “ އައްޗި މަ އެބައުޅެން ހެއްޔޭ ތިޔަމޭބިސްކަދުރު ކާންވެގެން؟ އަމުދަކުން ތިޔައީ ހުތް މޭބިސްކަދުރޭ”.

 8. މާލޭ މީހާ

  މޫސަގެ ތިޔަނިންމެވުމައް މަރުހަބާކިޔަން.. އެކަމަކު މޫސަ ސިޔާސީ ދާއިރާއިން ދުރައްގޮސް ގެން ނުވާނެ..ދެންއަންނަ ރިޔާސީ އިންތިހާބުގަ ރައީސްޔާމީންގެ ތާއީދާއެކު ރައީސް ކަމައް ކުރިމަތި ލާންފެނޭ..

 9. ހަސަން

  ކިތަންމެ ރަންގަޅަށް ވެސް އެގެޭނެ ނޮހޮވޭނެކަން

 10. ޙަސަން އަޙުމަދު

  ތިކަހަލަ މީހުން ކުރިމަތިލާނެކަމެއްވެސް ނެތް.

 11. ދަތްދޫނި

  މިހާރު ހުންނާނީ އެއްޗެއް ވިސްނިފާދޮތަ! ތިމާ އަށް މޮލު ތަކެއް ވާނެކަމަށް ހީކޮއް ޕީޕީ އެމް އަށް ވަދެ އެތަނުން ހިހޫ ތަނުން ކާލަން އުލުނީމާ ތިޔޮތީ ތިމާގެ ސިޔާސީ ކެރިއަރ ވެސް ގެއްލިފާ. ދެން މަދު ދުވެސްތަކެއްފަހުން ތިޔަ މޫސަ މި މުޖުތަމައިންވެސް ވާނީ ބާކީ. އަދި މަނިކުފާނުގެ ކޮރަޕްޝަން މައްސަލަތައް ބެލުން އޮތީ ކުރިއަށް. ވ ސަލާން.