ރިޔާސީ ނިޒާމަކީ ކީރިތި ރަސޫލާ ގެންނެވި ނިޒާމެއް ނޫން ކަމަށާއި، ބަރުލަމާނީ ނިޒާމަކީ އަބޫޖަހުލު ގެނައި ނިޒާމެއްވެސް ނޫން ކަމަށް ޝެއިޚް ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ހުސައިން ރަޝީދު އެހެން ވިދާޅުވީ ޝެއިޚް އިލިޔާސް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

އެމްޑީޕީގެ ތެރޭގައި އަބަދުވެސް ދީނީ ކަންކަމުގައި ބަސް ބުނާ ފަރާތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝެއިޚް ހުސައިން ރަޝީދު، އިލްޔާސް ކުރައްވާފައިވާ ޓްވީޓް ޕޯސްޓް ކުރައްވާ ވިދާޅުވީ އަނެއްކާވެސް ދީން ހަތިޔާރެއްގެ ގޮތުގައި ނަގާފައިވާ ކަމަށެވެ.

ޝެއިޚް އިލްޔާސުގެ ޕޯސްޓްގައި ވަނީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ ފައިދާހުރި ނިޒާމޭ ބުނަމަކީ ބޮޑު އޮޅުވާލުމެއް، އަދި ރައްޔިތުން ނިންމަވާފައިވާ ނިންމެވުމެއް ބަދަލު ކުރުމަށް ކުރެވޭ މަސައްކަތަކެއް ކަމަށެވެ. އޭގެ އިތުރުން އިލްޔާސް ބުނެފައި ވަނީ އިސްލާމީ އުސޫލުތަކާ ކުޑަކޮށްވެސް ކައިރިކުރާ ގޮތް ހުރީ ރިޔާސީ ނިޒާމުގައި ކަމަށާއި، އެދޭ އެދުމަކީ ރައްޔިތުން ބަރުލަމާނީއަކަށް ފުރުސަތު ނުދިނުން ކަމަށެވެ.

އިލްޔާސުގު ޓްވީޓަށް ޝެއިޚް ހުސައިން ރަޝީދު ފާޑު ވިދާޅުވި އިރު، މީގެ ކުރިންވެސް ވަނީ ދީދީ ކަންކަމުގައި އެ ދެ ބޭފުޅުން ހިޔާލު ތަފާތު ވެފައެވެ. ހާއްސަކޮށް ސިޔާސީ ކަންކަމުގެ ތެރެއިން އާންމުކޮށް ދީނީ ބައެއް ކަންމަކަށް ދެބަސްވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސޭނު

    ޚަބަރު ލިޔަ ފަރާތުން ސޭހު ހުސެން ރަޝީދަކީ ޝޭޚެއްކަން ކަށަވަރު ކޮދެއްވާ! ޝަރުޢީ އިލްމުގެ ޑިގްރީއެއް އޭނަ އަތަކު ނޯވެއެވެ.

  2. ލައްޓި

    ތިޔަ އިލްޔާސާއި ޙުސައިން ރަޝީދާ 2 މީހުންނަކީވެސް އެއްވަރުގެ ނުބައި ނުލަފާ 2 މީހުން.

  3. ނުދޭތި

    އެމްޑީޕީގެ ކެންޑިޑޭޓަށް ވިނަމަވެސް އެމްޑީޕީގެ މެމްބަރުން ވޯޓް ދޭން ނުޖެހޭނެއޭ ސަބަބަކީ އެއީ މަޖްލީހުގެ މެމްބަރުން ކުރާ ހުވައެއްގައި ނޯވެއޭ އެމްޑީޕީ މެމްބަރު މިގޮތަށް ލިޔެފައި ކަން މިހެން ހުރުމުން މިރާއްޖޭގެ މަޖްލީހަށް މަޖްލީސް މެމްބަރުންގެ ގޮތުގައި ހޮވަން ޖެހޭނީ ނުވިކޭ ވޯޓް ނުވިއްކާ ޒާތުގެ މީހުންނޭ ބޫމް ބޫމް ފަދަ ވޯޓް ވިއްކައިގެން މާލޭން ގޯތި ގަންނަ މީހުންނަށް ހެޔޮ ނުވާނެއޭ ވޯޓް ދޭން ނުދޭތި ދަރިޔާ ނުދޭތި އެއިރުން އެމެން އިންޑިއާ އަށް ރާއްޖެ ވިއްކާލާނެއޭ..

  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އެމްޑީޕީ އާއި އަދާލަތޭ ކިޔާ ބައިގަނޑު މިގައުމަށް އެނައީ އަބޫޖަހުލުތަ؟ އޭގެން ޖެހޭ މުސީބާތާ ބަލާވެރިކަން ނިކަން ދެކެބަލަ؟ މުޅި ގައުމު ފަސާދަކޮށް ގައުމުގެ އެއްބައިވަންތަކަން ގެއްލުވާލާ މީހުންގެ ތީރި އަލުހާގުނެތިގޮސް ލަދުހަޔާތް ކެނޑި ބައިގަނޑަކީ ތި ދެބައިގަނޑު. ކަލޭމެނަށް ރީންދޫވިއްޔާ ހެޔޮ މުޅިދީނަށް ހަޖީޖެހިޔަސް. އަނގައިގަ ތިތިބެނީ ޓޭޕުއަޅައިގެން. ދަށުވިޔަސް ތަންފުކެއް ބޮޑުވަރުތީ. ޖާހިލުބައިނަޑު.

  5. ބަފާ

    އިލްޔާސްގެވާހަކަ ޔަށް ތާއީސުކުރެވޭ! ހުސޭނާ މިހާރު ތިއުޅެނީ މާބިޑަށް އެމްޑީޕީ ވެގެން!

  6. އަލީ

    ތިޔަީ ފައްކާ އަބުޖަހުލު

  7. އަޙްމަދް

    ތިޔާއީ ޝޭޙުންތާ!؟
    ނޫނީ ސިޔާސީ އެކްޓިވިސްޓުންތާ؟
    މީހުން މަގުފުރައްދަން ދީނޭކިޔައިގެން އަނގަނުތެޅިއަސް ފުދޭނެ ކަލޭމެން ތިކުޅޭ މުޑުދާރު ސީޔާސީ ގޭމު ކުޅުނީމަ.

  8. ސަމީމު

    ބަރުލަމާނީ ނިޒާމް އޮވެ ފައްކާ ވެފައިވާ އިސްލާމީ ގައުމެއް ދައްކަބަލަ؟ ސެއިހު ރަސީދު

  9. އިބުރާހިމް ލުތުފީ

    ވަރަށް ތަދަވި މައުފަނިކެރާށުން

  10. ލާމު

    ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ މިހާރަށްވުރެވެސް ކޮރަޕްޝަން ބޮޑުވާނެ.

  11. ނުރަބޯ

    ރައްޔިތުންގެމެދުގައި ޢާއްމުވޯޓެއް ނަގައިގެން ރައްޔިތުން ބަލައިގެންފައި ވާ ނިޡާމަކީ ރިިޔާސީ ނިޒާމު ކަމަށްވާއިރު އެމްޑީޕީ އިން ބަރުލަމާނީ ނިޡާމު ގާއިމުކުރަން އުޅުން އެއީ އެމްޑީޕީގެ ޚުދުމުޚުތާރުކަމެވެ. ބޭނުމަކީ މަޖްލިސް ޙިސޯރުކޮށްގެން ވެރިކަމުގެ މައްޗަށް އަތްގަދަކޮށްގެން ރައްޔިތުންގެ ބާރުނުހިނގާގޮތަށް ގިނަ އަހަރުތަކެއް ވަންދެން ވެރިކަމުގެ ބާރުހޯދައުގެން ވެރިކަމުގައި ދެމިތިބުމެވެ. އެހެން ކަމުން އެމްޑީޕީ އަށް މަޖްލިހުގެ މެޖޯރިޓީ ލިބިއްޖެނަމަ މަޖްލިހުގެ ބޭނުންކޮށްގެން ބަރުލަމާނީ ނިޡާމު ގެނެސް އަންނި ބޮޑުވަޒީރު ކަމުގެ ތަޚުތައް އިސްވެ ޞޯލިޙުގެ ބާރު ކަނޑުވާލާނެއެވެ. މިއީ މުޖައްރިބު ކަމެކެވެ.

  12. އަޙްމަދް

    އާން އެކެވެ:
    ބަރުލަމާނީ ނިޒާމުވެސް ރިޔާސީ ނިޒާމުވެސް އުފެދިގެން އައީ ޑިމޮކްރެސީންނެވެ.
    ޑިމޮކްރެސީ އަކީ އިސްލާމް ދީނާއި ދިމާ އިދިކޮޅު ނިޒާމެކެވެ. މިނިޒާމުގެނައި މި ނިޒާމުގެ ބާނީ އަކީ މުޝްރިކުންގެ ލީޑަރު ކަމުގައިވާ"އިބްލީސް"އެވެ.

  13. އަޙްމަދު

    ކޮންމެ ގިޮތެއްވިޔަށް އިރާދަ ކުރެއްވިއްޔާ ބަރުލަމާނީ އެއް ނުގެނެވޭނެ.

  14. ބޮޑުގަމާރު

    ތިޔަ ދޭތިވެސް ގެނައީ އިބިލީސް

  15. ބާރީ

    ކަންނެލު އޮޑިއާ ނާލުބޯޓު ގެ ހަގުރާމަ ފެށުނީ ދޯ. ތީ 2 މަކްއޫނުން. މަޑުން ތިބޭ!