ސުޒުކީ މެރިން ސްވިމް މޯލްޑިވް ބީ.އާރް ކްރޯލް 2019 ނިންމުމުގެ ގޮތުން، މިނިސްޓަރ އޮފް ޓޫރިޒަމް، އަލީ ވަހީދު، ބ. އަތޮޅުގައި އޮންނަ ދެ ރަށެއްގެ ދެމެދުގެ ރާސްތާއެއްގައި ފެތުމަށް ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ވިދާޅުވި ގޮތުގައި މިނިސްޓަރު އަލީ ވަހީދު ފެތުމަށް ނިންމާފައިވަނީ ބ. އަތޮޅުގެ ގެމަންދޫ އިން އެއަތޮޅު ހުޅުދޫ އަށެވެ.

ޓޫރިޒަމް މިނިސްޓްރީ، ޔޫތު މިނިސްޓްރީ، އެމްވަޔަރަމަންޓް މިނިސްޓްރީ އަދި ސްވިމް މޯލްޑިވްސް ގުޅިގެން، ބީ.އާރް ކްރޯލް ހަރަކާތް ފަށާފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. އެދުވަހު ބ. އޭދަފުށިން މި ހަރަކާތް ފަށާފައިވާއިރު، ހަރަކާތް ފައްޓަވައިދެއްވީވެސް މިނިސްޓަރު އަލީ ވަހީދެވެ.

މި މަހުގެ ދެވަނަ ދުވަހުން މިއަދުގެ ނިޔަލަށް، ބ. އަތޮޅުގެ 23 ރަށަކަށް މި ހަރަކާތުގެ ބައިވެރިން ފަތާފައި ދިއުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ރާއްޖެއާއި ބޭރުގެ ފެތުންތެރިންވެސް ހިމެނެއެވެ.

މި ހަރަކާތް ފެއްޓުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިފަދަ ފެތުމުގެ ހަރަކާތްތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކޮންމެހެންވެސް ބާއްވަން ޖެހޭ ހަރަކާތްތަކެއްކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޏިމޯ

    މާލެއިން ތެޔޮ ފުނަދޫ އަށް ވުރެވެސް ކައިރި ދެރަަށް މީ

    • އަހަރެން

      ތިޔާ ބުނީ ތެދެއް..

  2. ހޯރަބޭ

    ކަމެއްކުރުމަކީ ދައްކަންކުރާކަމެއްނޫން އެއީ ކާމިޔާބުމީހުންގެ ހިތްވަރު އަލީ ވަހީދުއަން ސާބަސް

  3. 3 vana visnun

    Thee hama dhenkun theege resortenge muanzagakaa meetkolan kerigen Vahaka dhankala vanvee goi Egeyne.ranjeyge resortthakuge massakai Kura a dhivehin thibi alubethikan.thiya dhankaa drama badalkonlanveenun

  4. ގުދިބެ

    ކަލޯގެޔާ ލޯންޗުގަ ވާޖަހާފަ ގެންދިއުން ނުބަލަން ފެތުންކަމަކަށް

  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މުޅިންވެސް މީޑިޔާ ސަމާލުކަން ހޯދުންނޫންކަމެއް ތިބައިގަނޑު ކުރޭތަ؟ ރައީސުމީހާވެސް، މައިބަދަގިރުނުބޭ ވެސް ހަމަތިހެން؟ ތާކުންތާކުޖެހޭ އަމަލީހަމައެއްކަމެއްވެސް ކުރާބައެއްނޫން ތީކީ!

  6. ހަސަން

    މަޝްހޫރުވާންކުރެވެންއޮތްހާކަމެއްކުރައްވާ