ވޭތުވެދިޔަ ދެ ދުވަހު ސަރުކާރު ވައްޓާލަން ބޮޑެތި މުޒާހަރާތަކެއް ކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް، އެ މުޒާހަރާތަކުން އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބެއް ނެތް ކަމަށާއި ކާމިޔާބު ލިބުނީ ސަރުކާރަށް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގެރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނާއިބު ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އިއްޔެއާއި ރެޔަކީ ސަރުކާރު ވައްޓާލަން ބޮޑެތި މުޒާހަރާތަކެއް ކުރާނެކަމަށް ބުނަމުންދިޔަ ދުވަހަކާއި ރެޔެއް، ނަމަވެސް އާދައިގެ ދުވަހަކަށް އިއްޔެގެ އިރު އޮއްސި، އާ ދުވަހަކަށް އިރު އަރާފައިވާ ކަމަށެވެ.

ވެރިކަންކުރާ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖަސް އިބްރާހިމް ޝާބިލް

"އިދިކޮޅު ފަރާތްތަކަށް ލިބުނު އެއްވެސް ކާމިޔާބެއް ނެތް، ކާމިޔާބު ލިބިގެންދިޔައީ ސަރުކާރަށާއި ރައީސް ޔާމީނަށާއި ދިވެހި ރައްޔިތުންނަށް. މިކަމަށްޓަކައި ﷲ އަށް ހަމްދުކޮށް ޝުކުރު ދަންނަވަން." އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުގެ ރޭވުން ނާކާމިޔާބުވަމުންދާ ދިއުމަކީ މާތް ﷲ މިޤައުމާއި، އިސްލާދީނާއި މިނިވަންކަމަށް ދެއްވާ ނަސްރެއް ކަމަށާއި، ދިވެހި ސިފައިންނާއި ފުލުހުންނަކީ ދުވަހަކުވެސް މި ޤައުމަށް ޣައްދާރުވާ މީހުންނާއި ގުޅިގެން ނިކުމެ މަސައްކަތް ކުރާނެ ބައެއް ނޫންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ވެރިކަންކުރާ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖަސް އިބްރާހިމް ޝާބިލް

"ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ދިވެހި ފުލުހުންނާއި ސިފައިން ބަދުނާމުވާގޮތަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ސަރުކާރު ކޯލިޝަނުން ކުއްވެރިކުރަން" އިދިކޮޅު ފަރާތްތަކުން ސަލާމަތީ ބާރުތައް ބަދުނާމު ކުރުމަށް ކުރާ މަސައްކަތް ކުއްވެރި ކުރައްވާ އަދުރޭ ވިދާޅުވިއެވެ.

ދިވެހިންނަށް ހެޔޮއެދޭ ބަޔަކު ދިވެހި ސިފައިންނާއި ފުލުހުންގެ އަގު ވައްޓާލުމަށް މަސައްކަތެއް ނުކުރާނެ ކަމަށާއި، ދިވެހި ތާރީޚް ބުނާގޮތުން ދުވަހަކުވެސް ދިވެހި ސިފައިންނާއި ފުލުހުން ޤައުމަށް ގެއްލުންތަކެއް ދީފައި ނުވާކަމަށް އަދި 2012 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހުވެސް ދިވެހި ފުލުހުންނާއި ސިފައިން ނިކުތީ އިސްލާމް ދީނުގެ ހައްޤުގައި، ދިވެހި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ވެރިކަންކުރާ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖަސް އިބްރާހިމް ޝާބިލް

ރޭގެ މުޒާހަރާގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް މަސައްކަތް ކޮށްފައިވާކަމަށް އަދުރޭ ވިދާޅުވިއިރު، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި 141 މީހުން ފުލުހުން ވަނީ ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިދިކޮޅު ފަރާތްތަކުން "ހުއްޓުވާ" ގެ ނަމުގައި ސަރުކާރު ހުއްޓުވަން ނިކުމެ ކުރި މުޒާހަރާއިން އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބެއް ނެތްކަމަށް ޕީޕީއެމް އިން ވިދާޅުވެފައި މިވަނީ ރޭގެ މުޒާހަރާ ވަރަށް ކާމިޔާބު ކަމަށާއި، މުޒާހަރާގެ މަގުސަދު މާބޮޑަށަށް ވެސް ހާސިލުވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިހާން އަހުމަދު

    މި ސަރުކާރު ހުއްޓުވުމުގެ މާނައަކީ ތަރައްގީ ހުއްޓުވުން. ޔާމީންގެ މާނައަކީ ތަރައްގީ.

  2. ނަގޫރޯޅި

    ނޫނޭ އިދިކޮޅައް ރޭގެމުޒާހަރާއިން އެމީހުންގެ މަގްސަދުވަރައް ފުރިހަމަޔައްހާސިލުވި. ބޮޑުން ފިލާތިބެގެން ރައްޔިތުންގެތެރޭން ބަޔަކު މަގުމައްޔައްނެރެ 145 އާދައިގެ ރައްޔިތުންތަކެއް ހައްޔަރުކުރުވައިފި. މާދަންވާއިރު އެ145މީހުންގެ މަތިން ހާދާންކުރާނެ އެމީހުންނައް އަޅާލާނެ ބަޔަކުނުވާނެ. ބޮޑުވަރަކައް މިކަހަލަވާހަކަ ދައްކާމީހުން އެއްޗެކޭ ބުނީމަ ބަޔަކުއަރާ އެމީހުންދޫކޮއްލާށޭ ބުނެފާނެ ނުނީބުނާނެ ރޭގަމާލެގެނައީ 2000ރުފިޔާ ދޭމަތިންނޭ އެއޮއްނާނީދިފައޭ. ދެން އެ 145 މީހުންގެ އާއިލާމީހުންނުކުމެ އަތްޖަހާ.

  3. ލާދީނިއަންސް

    ވާޓް. މުޒާހަރާ ކާމިޔާބު، މިއީ އިސްލާމް ދީނުގެ ދިފާއުގައި ކުރާ ކަމެކޭ އެހެންތޭ ތަމެން ތިޔާއީ އީޔޫ ބުނެގެން ލާދީނީ ފިކުރުގެ މީހުން ތިބި އަދަދު އެމެންނަށް ދައްކަން ވެގެން ފޮޓޯ ނަގަން އުޅޭ ބަޔެއް ނޫންތޭ. ތަމެން ތިޔާ މުޒާހަރާ ކުރާ މީހުން ތިބެނީ އޮރިޔާން ނިވާ ނުވާ ވަރުގެ ކުރު ސޯޓް ބުރި ލައިގެން ބޮލުގެ އިސްތަށިގަނޑު ބާބޭރިއަނުން ހަދާ ގޮތަށް ހަދައިގެން ނޫންތޭ ފިރިހެން ވެރިން ވެސް ދެން އަންހެން ވެރިން ވެސް ނޯ ބުރުގާ ދޯ ގިނަ މީހުންގެ ސްޕެޝަލީ ތަމެންގެ އިސް މީހުން ދޯ. އައި ކާންޓް ބިލީވް ތަމެން ދީނުގެ ދިފާއުގައި ކުރާ ކަމެއް ކަމަށް. މަމެން ޕިންކީން މީ ސީދާ އިސްލާމް ދީނުގެ ދިފާއުގައި އީޔޫ އާއި ދެކޮޅަށް މިޖެއްސަނީ ވަރަށް ލާރޖް ކޮށް ކުޅަދާނަ އެއް ނޫން އެހެން ދީނެއް ގެންނާން އީޔޫ އަށް ދަ ލާދީނީ ފިކުރު ތައް މިރާއްޖެ އަށް ތައާރަފް ކޮށްގެން. އޯއް ޔޭއް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ. އިޓްސް ގޮނާ ސަކް ދޯ. ދަ ލާދީނިއަންސް ދަ ލާދީނިއަންސް ހޭއް ހޭއް ހޭއް ދަ ލާދީނިއަންސް ޑާންސް ޑާންސް ޑާންްސް ނާނާނާ...

  4. ޖައްސާތި

    ކުއްލި ހާލަތަށް ފަހު އެމެން ދޫކޮށްގެން ނުވާނެއޭ އެމެންނޭ ބަގާވާތް ކުރުމުގައި އަޑީގައި ތިބީ. މަމެން ޕިންކީންގެ ވެެރިކަން ބަގާވާތެއް ގެނެސްގެން ވައްޓާލާނެ ކަމަށް ހީކޮށް އެމެން ޖެއްސި ކްރުއަލް މައިންޑް ގޭމް ގެ ދަށުން އުއްތަމައޭ މެން ކަޓް ކާލައިގެން އުޅުނު ގޮތް މިހާރު ވެސް މަމެން ހަނދާން އެބަހުއްޓޭ އިނގިރޭސި އެމްބަސޭ އަށް ގުޅައިގެން. އެމެން ދޫކުރަން ޖެހޭނަމަ ޖެހޭނީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ އެއް މަސްދުވަހަށް ދަންމާލަން އޭ މަޖްލީހުން ފާސް ވާނެއޭ ހަމަ ކުރިން ފާސްވި ގޮތަށް ސަރުކާރުން އަދި އެއް މަސްދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލަންވީއޭ އެނޫން ނަމަ ކަމަކު ނުދާނެއޭ. ތިޔާ މިނިސްޓަރުން ދައްކާ ވާހަކަ މަމެން ގަބޫލެއް ނުކުރާނަމޭ ޓޫރިޒަމް އަށް ދެން ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެއޭ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރި ނަމަވެސް އެއީ އެއްވެސް މައްސަލަ އެއް ނޫނޭ އީޔޫ އަކަށް ނޫނޭ އިނގޭނީ މިގައުމު ހިންގަންވާ ގޮތެއް އެއިނގޭނީ މަމެންނަށޭ.

  5. އެކަނބުލޯ

    ހޫން ކައުންސިލް އިންތިހާބުގަ ސަރުކާރަށް ލިބުނު ތިޔަ ބުނާ ކާމިޔާބީ ފެނިއްޖެ.. ދެންވެސް ލިބޭނީ އެކަހަލަ ކާމިޔާބީއެއް އިންތިހާބެއް ބާއްވައިފިއްޔާ.