ރާއްޖޭގައި ގޭންގުތައް އެބަ އޮތްކަމަށާއި، ރާއްޖޭގެ ޝަރުއީ ދާއިރާ އޮތީ އެމީހުންގެ ދަށުގައިކަމަށް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގައި ވާހަކަދައްކަވަމުން މަހުލޫފު ވިދާޅުވީ މިއީ ހަގީގަތްކަމަށާއި، އެމީހުންނަކީ ގޭންގުތައްކަމަށް ކަނޑަނޭޅި އޮންނަނީވެސް، ޝަރުއީ ދާއިރާ އެމީހުންގެ ބާރުގެ ދަށުގައި އޮންނާތީކަމުގައެވެ.

"ރާއްޖޭގައި އެބައޮތޭ އިނގޭތޯ ގޭންގުތައް. މިއީ ހަގީގަތް. އެމިހުންނަކީ ގޭންގްތައްކަން ކަނޑަނޭޅި އޮންނަނީވެސް ޖުޑިޝަރީ އެމީހުންގެ ބާރުގެ ދަށުގައި އޮތީމަ. އެއީވެސް ހަގީގަތް" މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، މި ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ އޭނާ ދަންނަ މީހުންވެސް ގޭންގުތަކުގައި ތިބިކަމަށެވެ. އެހެންނަމަވެސް، އެއިން އެއްވެސް ފަރާތެއްގެ ދަށުވެފައި ނޯންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގޭންގުތަކާ ބައްދަލު ކުރައްވަން ޖެހޭކަމަށް ވިދާޅުވުމުން މަހުލޫފަށް މީގެކުރިން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު، އެފަރާތްތަކާ ބައްދަލު ކުރަނީ އެއްވެސް ޙާލަތެއްގައި އެމީހުންނާ ޑީލް ހެދުމަށް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ގޭންގުތަކަށް ވަންނަ ފަރާތްތައް ހުއްޓުވަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މީގެކުރިން، ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދުވެސް ވަނީ ގޭންގުތަކާ، ކޯޓުތަކާ ގުޅުން އޮންނަކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން، ޝަރުއީ ދާއިރާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އެމައްސަލަ ތަހުގީގުވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކައުންސެލަރު

    މަހުލޫފުއޮތީ މމޕރސ ގެ ފައިސާގެ ދަށުވެފައެއްނޫންތަ؟

  2. ކަބީލާ

    ތިއޮތީ ނުއުފުލުނަސް މަޤާމެއްދީފަ! ބާރަށް ތެޅިއަރުވާ!

  3. ހުސޭނުބޭ

    އޭތް! ތިއެއް ނޫނޭ މީހުން މި ދައްކާ ވާހަކައަކީ! ކޮބައިތަ އެމްޕީއާރުސީ ފައިސާއިން ލިބުނު 33000 ޑޮލަރު! އޭތިކޮޅު ހިފައިގެންތަ އަންހެނުންނާއެކު ޔޫރަޕަށް ދަތުރެއްއަޅައި ބާސަލޯނާ ސްޓޭޑިއަމްގައި ސެލްފީގެގީ!

    10
  4. ރާފު

    ވަގަށްނެގި ފައިސާ ދައުލަތަށް އަބުރާދީފަ އަދި ކުޑަގޮޚިއަށް ދާން ތައްޔާރުވޭ. ލަދެްް ނުގަނޭނުން ގޭންގުތަކޭ ކިޔައޮގެން ކޮސް ގޮވަން.

  5. ބޮއިކަޓް ޢަލީ

    ތީވެސް ގޭންގު ލީޑަރެއް