"ވަގުތު" ގެ ހުރިހާ މުވައްޒަފުން އެކުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އިން ބޭރަށް ކުރާ ދަތުރުގައި މިއަހަރު މެލޭޝިއާ އަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

"ވަގުތު" ގެ މެނޭޖްމަންޓުން މިހާރު ވަނީ އަންނަ އޮގަސްޓް މަހު "ވަގުތު" ގެ ހުރިހާ މުވައްޒަފުން ޗުއްޓީއަށް މެލޭޝިއާ އަށް ދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އެގޮތުން މުވައްޒަފުންގެ އަހަރީ ޗުއްޓީ "ވަގުތު" މުވައްޒަފުންގެ ޗުއްޓީ ދަތުރަށް ބުރޫނާރާނެ ގޮތައް މިހާރު ވަނީ ހަމަޖައްސަން ފަށާފައެވެ.

މިދަތުރުގެ ހުރިހާ ޚަރަދެއް ކުރަނީ "ވަގުތު" އިންނެވެ.

"ވަގުތު" ހުރިހާ މުވައްޒަފުން ރާއްޖެ އިން ބޭރަށް ކުރާ ޗުއްޓީ ދަތުރުގައި މިދިޔަ އަހަރު ވަނީ ހުރިހާ މުވައްޒަފުން ސްރީލަންކާ އަށް ދަތުރު ކޮށްފައެވެ.

"ވަގުތު" އިން ބުނާ ގޮތުގައި ހުރިހާ މުވައްޒަފުން އެކުގައި ޗުއްޓީ ދަތުރެއް ރޭވުމުގެ މަޤުޞަދަކީ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާ ކުރުމެވެ.

"މިދިޔަ އަހަރު މުވައްޒަފުން ކުރި ޗުއްޓީ ދަތުރުގެ ސަބަބުން ވެސް މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވެ، މަސައްކަތުގެ ރޭޓް ރަނގަޅު ވެގެން ދިޔަ. އެހެންކަމުން މިއީ ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަ ދަތުރެއް ކަމަށް ގަބޫލު ކުރެވެނީ." ވަގުތުގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ވަގުތު" މުވައްޒަފުންގެ ޗުއްޓީ ދަތުރުގެ މިދިޔަ އަހަރުގެ ޓްރެވަލް ޕާޓްނަރަކީ އޭސް އޭވިއޭޝަނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯދީ

    ތިކަހަލަ ޓީމް ވޯކް ރަނގަޅު އަދި މުއައްޒަފުން ކުރާ މަސަތްކަތުގެ އަގު ވަޒަން ކުރާކަހަލަ ތަނެއް މަށަށް ވެސް ލިބޭނެނަމައޭ ހިތައް އަރާ.

    20
    3
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ވަރަށް ސަޅިކަމެއްތީ.. ވަގުތު ވަރުގެ ސްޓާފުންގެ މިކަހަލަ ކަންކަމަށް ފުރިހަމަ އެއްބާރުލުންދޭ ބައެއް އުޅޭކަން އެގިފައެއްނެތް.. ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ސްޓާފުންގާނުވާފަ އެމީހުން ޖީބުބޮޑުކޮށްކަ ކީއްތަ އެކުރަނީ.. ވަގުތު މިސާލަކަށް ނަގާބަލަ..

    12
    2