މުޒާހަރާ ރޫޅާލުމުން ލިބޭ ގެއްލުމަށް ޒިންމާ ނުވާނެކަމަށް ފުލުހުން ބުނި ބުނުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު ހުސެއިން ރައްދު ދެއްވައިފިއެވެ.

ފުލުހުންނަށް ރައްދު ދެއްވަމުން ފާއިޒު ކުރި ޓުވީޓްގައި ވިދާޅުވެފައިވަނީ ފުލުހުން އެހެން ބުނި ކަމުގައިވިޔަސް، އެމީހުން އެކަމަށް ޒިންމާ ވާން ޖެހޭނެ ކަމަށާއި، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ޤާއިމުވެފައި ވަނީ ވެސް އެފަދަ ޒިންމާ ނަގަން ޖެހޭ ފަދަ ގޮތަކަށް ކަމަށެވެ.

"މި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ބައްޓަން ކުރެވިފައިވަނީ ދައުލަތުގެ މަޤާމެއްގައި ހުރި މީހަކު، އޭނާގެ ޤާނޫނީ ވާޖިބު އަދާ ކުރުމުގައި ނަމަވެސް، އަނިޔާވެރި ވެވިއްޖެނަމަ، ޒިންމާ ވާން ޖެހޭ ގޮތަށެވެ." ޓުވިޓާ މެވެރިކޮށް ފާއިޒް ބުނެފައިވެއެވެ.

ސިޔާސީ ޕާޓީތަކުން ކުރާ މުޒާހަރާތައް ރޫޅާލުމުގެ ކުރިން، ފުލުހުން ގެންދަނީ އަޑުގަދަކުރާ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމުގައި ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ.

ފުލުހުން ބާރު ބޭނުން ކުރަނީ ހާލަތާއި ނުބައްދަލު މިންވަރަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ. ރޭ އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި " ހުއްޓުވާ" މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އާންމުންގެ ބައެއް މީހުންނަށްވެސް ވަނީ އަނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އަމިތު

  އެނުކުންނަ މީހުން ކުރަކަންތައްތަކުން މީހުންނަށާ މީހުންތަކެއްޗައް ލިބޭގެއްލުމުގެ ޒިންމާ އެމީހުންނަަގާކަށް ނުޖެހޭތަ؟
  އެއވުމައް ގޮވާލާ އިންސްމީހުން ޒިންމާވާން ޖެހޭނެ ، ރޭވެސް މީހެއްގެ ކާރުސައި ރޯކޮށްލާފައިވެ، އޭގެބަދަލު ޤާސިމާ އަނަނި އަމަތް މެންފަދަ ފަރާތްތަކުން ދޭންޖެހޭނެ، އެވާހަކަވެދް ވިދާޅުވިނަމަ

 2. ރަމީޒު

  ދަލު ބޭރުން ޖެހިގެން މީކާކު؟

  • ވަސީލަތް

   އޭއީ ޢިލްމީ ޤާބިލު މީހުންނަކީ،، ވަޒީފާގަ ހުއްޓަސް ނެތަސްވެސް ޤާނޫނީ ޙުކޫމަތު ދެމެހެއްޓުމާއި، އޭގެ އަގު ވަޒަންކޮށް މީހުން ހޭލުންތެރި ކުރުން...

 3. ޙަބޭޝް

  ގާނޫނާއި ޚިލާފުވާޙިސާބުން އެއޮތީ ކުއްވެރިވެފަ ފުރަތަމަ ރައިއްޔަތު މީހާ ފަޑިޔާރުވެސް ކޮސަގޮވީމަ ވާނީ ކޮހަކަށް

 4. ފައްކަލޭ

  ތިދެން ބލއ ކަހަލަ އިޖުރާއަތެއްތާ... ސުލްހަވެރިކަންނަގާލާ އަމުނަށް ގެއްލުންދިނަސް ފުލުސްމީހާ އިސްޖަހާލުމަށްފަހު ހަނުހުންނަންޖެހޭ ގަާނޫނަކުން ގައުމަށްއޮތީ ކޮންބޭނުމެއް.. ތިއުޅެނީ މިރޭ ހުވާކުރަންއުޅޭ ސަރުކާރުގެ އުއްތަމަޔަށް ވާންވެގެންތަ... ތިފާޑު މީހުންގެ ސަބަބުން މިހުރިހާ ބަލާވެރިކަމެ މިލާއިގަންނަނީ... ތިޔައީ ކޮންތާކުއޕންނަ އިޖުރާތެއްތަ... ފެބް1ގަވެސް ތިކަހަލަ ހުކުމެއްތާމިކުރީ.. ދެން ފާއިޒުގެ އުއްތަމަކަމުގަ ކުރެވިފަހުރި ޝަރީއަތްތަ ރިވިއުކުރަންވީދޯ.. އަލުން ތަހުގީގުކޮއްފަ ކޯޓަށް ފޮނުވާގޮތަށް އެމީހުންދޫކޮއްލާ.. ފައްކަލޭ... ބޭނންވެއޖެނަމަ ބޭނުންމީހަކު ކުއްވެރިނުވާކަމަށްވެސް ކަޑައެޅިދާނެ.. ހަރާމްޖާޒާ ކަންކުރާއުސޫލު މިއޮންނަނީ... ދަރި ތާހިރު ކޮއްލަންދިނީމަ އެތެރެހައްޓަށް ދަންދެން ދޮވެފަ ހިއްކަން ރޯނުގައެޅިއުސޫލުން ހުކުމްކުރާ ފަޑިޔާރުން...

 5. ތައްޚާން

  އަނިޔާލިބިގަތުމުން ޒިންމާވާކައްނުޖެހޭނެ. އަނިޔާވަނީއަމިއްލައަށް .ސަލާމަތީބާރުތަކުން ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރުދިނުމުންވެސް ފޮޓޯއަށްހުއްޓިގެން ގަދަދައްކާ ގޭމްކުޅެސްޓަންޓްޖައްސަނީ. އެޒިންމާވާންޖެހޭނީއަމިއްލައަށް. ބަޔަކުއިސްވެތިބެކުރުވާކޮންމެކަމެއްގެޒިންމާ އެހެންބައެއްގެބޮލުގަ އެޅުވީމަ އެވީތަ؟

 6. ޒިންމާ

  ޤާނޫނީ ވާޖިބު އަދާކުރުމުގައި އަނިޔާވެރި ވާންޖެހިއްޖެނަމަ ޒިންމާ ނަގަންޖެހޭނެ. އެހެނަސް ޤާނޫނީ ވާޖިބު އަދާކުރުމުގައި އަނެކާއަށް ގެއްލުންވާނެ ކަމަށާއި އެހެންވެ ސަލާމަތާއި އެކީ ރައްކާތެރި ތަނަކަށް ދިއުމަށް ދުރާލައި އަންގާ އިންޒާރުކޮށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅައިލާއިރު މުޒާހަރަ ރޫޅައިލުމުގައި ފުލުހުން ބޭނުންކުރާ ބާރުގެ ސަބަބުން މީހަކަށް ގެއްލުމެއް ވެއްޖެނަމަ އެކަމުގެ ޒިންމާ ފުލުހުން ނަގަންޖެހޭ އެއްވެސް ގޮތެއް އޮތް ކަމަކަށް ނުފެނޭ. ފާއިޒުއަށް މާބޮޑަށް އެނގެނީހެން ހީވަނީ.

 7. މުޙަންމަދު

  ކަލޯ މާ އެއްޗެއް އެނގޭ ކަމަށް ހެދިގެން އުޅޭނި ކަމެއް ނެތް .ތީ މާކަ ތަންދޮރު އެނގޭ ގޮލައެއް ނޫން.

 8. އަހްމަދު

  މީކާކު. މަގާމުން ވަކިކުރީމަ ޖަޒްބާތުވީދޯ. މުސާރަލިބޭނުން ބާރާބަރަށް މަޑުންހުެވޭތޯބަލާ. ސްޕްރީމްކޯޓުން ނެރުނު 1 ފެބްރުވަރީގެ ބަޔާނާމެދު އެއްޗެކޭ ނުބުނީ ކީއްވެ

 9. ޖޮއްބެ

  ފާއިޒޫ ފާއިޒަކީވެސް ރީނދޫއޮޑިއަށް އަރައިގެން އުޅޭ ޖާހިލެއްކަން ތިޔަ ވާހަކައިންވެސް އެނގޭ.

 10. ފާގަ

  މީނާ ބުނާގޮތުން ޖެހޭނީ ބުރަކަށީގަ ކަފަބުރަކުން ފިރުމަމުން އާދޭސް ކުރަން، އަޅެ ތިހެން ނުހަދާ، ބަސްއަހައިގެން މީހުންނަށް އުނދަގޫ ނުކޮށް ގެޔަށް ވަދޭ. ބޭފުޅާ ކޮން ދުނިޔެއެއްގަ ތިއުޅުއްވަނީ؟

 11. ހަސީނު

  މަނިކުފާނަކީ "އެއްޒަމާނެއްގަ އުޅުއްވިޔޯ އުއްތަމަ ފަނޑިޔާރެއް..." ކަހަލަ މީހެއް. ބޭފުޅާގެ ޒަމާން ގޮއްސި. ދެން މަޑުމަޑުން ހެޔޮ ދުއާ ކޮށްލަ ކޮށްލަ އިންނެވުން ބުއްދިވެރިވާނީ. ކުރުކޮށް ފޮނިކޮށް ބުނަންޏާ "ޔޫ އާ އަ ހޭޒްބީން"