އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ރައީސް އަލީ ނަޒީރު، މިރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އަލީ ނަޒީރު އަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައި ވަނީ މިރޭ 21:00 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައެވެ.

އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެއްވެ އުޅުމުގެ ގާނޫނު ސަސްޕެންޑުކޮށްފައި ވަނިކޮށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ހުރިހާ ރަށްތަކުން މަގުތަކަށް މީހުން ނިކުތުމަށާއި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ހިތްވަރުދީ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.

އަލީ ނަޒީރު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރާއިރު އޭނާ އަކީ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި އަދާލަތު ޕާޓީ ތަމްސީލު ކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރަމުންދާ ފަރާތެކެވެ.

އިދިކޮޅު ފަރާތްތަކުން ރޭ "ހުއްޓުވާ" ގެ ނަމުގައި މާލޭގައި މުޒާހަރާ އެއް ކުރިއިރު މި މުޒާހަރާގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ހިމެނި ވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތައިމޫރު

    މިވެސް ޝެއިޚެއްތަ؟

  2. ޢަލީ

    ގެންދޭ އެތަނަށް އަރާއިނދެ ހުސްދޮގުވާހަކަ ފަތުރައިގެން ނަފްރަތު އުފެއްދުން ނޫންކަމެއް ނުކުރޭ.

  3. ޖޮއްބެ

    އެއީ ބިރުދެއްކުމެއްނޫން އެއީ ފާލުން ނެއްޓުމުން ސައިޒުކުރުން.

  4. މުޙަންމަދު

    ތީ މުޅި އަދާލަތުގައި އެޅި ކަތުރުފަނި .ތީތި ނައްތާލާ

  5. ފަތުހީ

    މިހާރު އަދާލަތު ޕާޓީއެއްނެތް. އަދާލަތު ޕާޓީއަކީ އަލީ ޒާހިރާ، ސިދާތާ އާއި ކޮންމެވެސް ވަރަކަށް އަނާރާ. ޕާޓީގެ ހުރިހާ އިލްމުވެރިންނަކީ ޝޭހު އިޔާޒު. މިއީ މިއަދުގެ އަދާލަތު ޕާޓީ އަކީ.

  6. ސިދޫ

    މަށަށް ބޮޑަށް ވައްތަރީ މިއީ ސިދާތާ ބާޒާރު ކޮށް ކަންތައް ކޮއްލަން ގެންގުޅޭ ސޮރަކާ. އުރަތްޕެއް ނެތް ސޮރެއް، ގުރައެއްހެން ބުނި އެއްޗެއް ކިޔާނަގަނީ

  7. އަޙްމަދު

    ޖަހާލަތު ޕާޓީ