ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުކޮށް، ޖަލަށްވެސް ލެވިދާނެ ކަމަށާއި، އެމަނިކުފާނު ގެނެސްދެއްވި ތަރައްގީގެ ފިކުރު ޖަލަށް ނުލެނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ މަނީލޯންޑްރިންގެ މައްސަލައިގައި ރައީސް ޔާމީން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމާ ގުޅޭގޮތުންނެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެފައި ވަނީ ރައީސް ޔާމީން މިއަދު ހާޒިރުކުރެވެނީ މުއްދަތުގެ މަޖިލީހަކަށް ކަމަށް ބެލެވޭ ކަމަށާއި، ބައްދުގައި ބެހެއްޓުމާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށެވެ.

އެފަދަ ގޮތަކަށް ވާހަކަތައް ފެތުރިފައި ވަނިކޮށް ނިހާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ "ރައީސް ޔާމީން ބަންދުވެސް ކުރެވިދާނެ. ޖަލަށްވެސް ލެވިދާނެ، އެކަމަކު އެމަނިކުފާނު ގެނެސްދެއްވި ތަރައްގީގެ ފިކުރު ޖަލަކަށް ނުލެވޭނެ،" މިހެންނެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި ކޯޓަށް ހާޒިރު ކުރުމަށް އެމަނިކުފާނަށް ޗިޓް ފޮނުވާފައި ވަނީ ކުއްލި ގޮތަކަށެވެ. އެގޮތުން އެމަނިކުފާނު މިވަގުތު ހުންނެވީ ކޯޓުގައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލުމަށް ފޮނުވާފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް އިން ޖަމާކުރި މައްސަލައިގައި އެމަނިކުފާނު ފުލުހަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މައްސަލައިގައި ޔާމީންގެ ބަޔާންތައް ނިންމާ ބަޔާންތަކުގައި ސޮއި ކުރުވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 08 ވަނަ ދުވަހުއެވެ. މިއަދު މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ އޭގެ މަހެއްހާ ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަންނާން

    ފުލުހަށް، ކޯޓަށް ހަމަ ގޮވާލާއިރަށް، އެވަރިހަމަ ބައިގަޑިން ބައިގަޑިން ވިޔަސް، ފަސް ޖެހުމެއް ނެތި، ޑްރާމާއެއް ނެތި ކެތްތެރިކަމާއެކު ވަޑައިގަންނަވާ ހަމައެކަނި ރައީސް، ރ.ޔ. ކެތްތެރިވެ ވަޑައިގަންނަވާ. މަނިކުފާނަށް ދެރަގޮތެއް މިންވަރު ނުކުރައްވާށި. މިތިބާ ކުޅިބައި ދާގޮތް ނިކަން ގާތުން ބަލަން.

    40
    5
  2. ނުރަބޯ

    އަނިޔާވެރި ރީނދޫ ލާދީނީ ބައިގަނޑު އިންޝާﷲ ލަސް ތަކެއްނުވެ ބަލިވެ ނިކަމެތިވެގެންދާނެ.

    42
    8
  3. ލާސާނީ

    ތަރައްގީ އޯކޭ. ވައްކަން އޯކޭއެއެއް ނޫން.

    20
    17
  4. ދޮނާ

    ދައުލަަތް ލޫޓުވާލިއަސް ބޮޑާކަންމަތީ ބަހައްޓަންޖެހޭތަ، ވަރަށް ވިސްނުން ތޫނު މީހެއްކަމަށް ހެދިގެން އުޅުނު، ވެރިކަމުގައި ހުރެ ހުރިހައި ބާރެއް ބޭނުންކުރީ ހިތަށް އެރިހައި ގޮތަކަށް. އިސްލާމް ދީނުގައި އޮންނަނީ ޢަދުލުވެރި ވެރިންގެ ވާހަކަ. ބުއްދިވެރި މީހެއްނަމަ މިއަދުވެސް ހުރީހީ ވެރިކަމުގައި.

    17
    35
  5. ދުންބޯ

    ޜައީސް ޔާމިންގެދައުރުގެ ކޮންމެ ދުވަހަކީ ގައުމު އާރާސްތު ކުރުމުގެ މަސައްކަތެއް ކުރެއްވި ދުވަހެއް. އެސްޕީޑުގައި މިރައީސް އަކަށް ކަމެއް ނުވޭ. ދެކުނު ޖެޓީގެ ދުވާރުވެސް އެއޮތީ.100ވަރަކަށް ފޫޓް ގާނޭލި .މިހާރު 4މަސް. ވެސްޓް ޕާކް އިރުދެކުނު އެއޮތީ ފިނިހަކު ދުވެލީގަ.ރީދޫ ފޮށާލައިގެން ދެންތިބެންވީ.ފަސް އަހަރު މިގޮތަށް.

    18
    1
  6. މާވަޑި ފަލާހް

    ޥައްކަމުގެ ފިކުރު ހަމަލާނީ ޖަލައް، ދައުލަތުގެ ޙަޒާނާ ދަވާލި ފިކުރު ހަމަލާނީ ޖަލައް، އަނިޔާވެރި ވެރިޔާ ލާނީ ހަމަޖަލައް

    9
    23
  7. އަލްޖިބްރާ

    ތަރައްޤީ އޭކިޔަގެން މުޅިރާއްޖެ ބަޑުއަޅާލިއަސް އޯކޭ ! އުތަ ؟ ހިފާހައްޔަރު ކުރޭ !

    11
    24
  8. އެހެންތަ

    ރައީސް ޔާމީން އަޅުއްވައި ދެއްވި ހިތްގައިމު ބުރިޖުމަތިން ދަތުރުކުރާ ކޮންމެ ދަރުރު ވެރިޔެއްގެ ހައިސިއްޔަތުން ކިނބޫ ސަރުކާރަށް ގޮންޖަހަން އަދި ރައީސް ޔާމީން ހައްޔަރު ކޮށްފި ނަމަ ބުރިޖުމަތީން ދަތުރު ނުކުރޭވޭނެ ވާހަކަ ހިތާމަޔާއި އެކު ކިނބުލަށް ދަންނަވަން.

    21
    5
    • މ

      ކޮބާ އަޅެ ދެން މަނާ ކޮއްބަލަ! (ހިނި ގެޅެނީ)

  9. ހަސަދު

    ކުރެއވި ވައްކަމޯ.

    3
    3
  10. ކައްޕި

    ތަރައްޤީއެއްނޫން ލާރިގަނޑު ކައްވާލާ ޤައުމު ހަމަމަގުން ކައްސާލީމަ! ހަމަހައްޔަރުކުރޭ! މާލަސްވެއްޖެ

    3
    8
  11. ޖާސިމް

    ޔާމީން އުމުރައް ޖަލައްލާ.

    3
    8