ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުރިމަތީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުޑަކަކޫ ނުޖަހާނެ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ހައްޔަރު ކުރުމަށް އަމުރު ނެރުމުގެ ކުރިން މިއަދު ކުރި ޓްވީޓެއްގައި ޚަލީލް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އާއި، ޕީޕީއެމް އަދި ކޮންގްރެސް ޕާޓީވެސް ހައްޔަރުކުރެވިދާނެ ކަމަށެވެ.

"އެކަމަކު ފަހުގެ ތާރީހެއްގައި ރާއްޖެ ފަހުރުވެރި ކުރުވި ތަރައްގީގެ ލީޑަރަށް ރައްޔިތުންގެ ހިތުގައި އޮތް ލޮތްބާއި ކުލުނު ހައްޔަރުކުރެވޭނެބާ؟.މި ސަރުކާރުގެ ކުރިމަތީ ރައީސް ޔާމީން ކުޑަކަކޫ ނުޖަހާނެ". ޚަލީލްގެ ޓްވީޓްގައި ވެއެވެ.

ޙަލީލް ވަނީ ރައްޔިތުން ކެއްތެރިވެރިވެ ތިއްބެވުމަށް ނަސޭހަތްތެރިވެފައެވެ. އަދި އޭޕްރިލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި މި ސަރުކާރު ބޮޑު ބައްޔަކުން ބަލިކުރާނެކަމަށްވެސް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ރައީސް ޔާމީން ހައްޔަރުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޒުކް

    ކޮންމެހެން ކުޑަކަކޫ ޖަހާނެ ކަމެއްނެތެއްނޫންތޯ. ޖެއްސެވިއަސް މިއަދު ކުރާނެ އެއްކަމެއްވެސް ނެތް. ގަދަބަސް ގޮޅިންބޭރުގަ ބުންޏަސް ގޮޅިތެރޭ ތިބޭ މީހުންގެ އިހްސާސް ހުންނާނީ ތިޔަހެނެއްނޫން.

    1
    1