ވެރިކަން ކުރާ އެމްޑީޕީން މިއަދު މާލޭގައި ބާއްވަން އުޅުނު ބޮޑު ހިނގާލުން ކުއްލި ގޮތަކަށް ކެންސަލް ކޮށްފިއެވެ.

ހިނގާލުން ކެންސަލް ކުރި ސަބަބު ހާމަނުކޮށް އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ މިއަދު ބާއްވަން ހަމަޖެހިފައިވާ ހިނގާލުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށެވެ.

އެމްޑީޕީން ކުރިން ހިނގާލުން ޕްރޮމޯޓް ކުރަމުން އައީ މިއަދުގެ ހިނގާލުމަކީ އެޖެންޑާ-19 އިންސާފުގެ ސިޔާސަތު ލޯންޗުކުރަން ބާއްވާ ހިނގާލުމެއް ކަމަށް ބުނެއެވެ. ހިނގާލުމުގައި ކުރީ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ކުރިން އެމްޑީޕީން އޮތީ ބުނެފައެވެ.

އެމްޑީޕީން ބާއްވަން އުޅުނު ހިނގާލުން ކުއްލި ގޮތަކަށް ކެންސަލްކޮށްފައި މިވަނީ މާލޭގެ މަގުމަތީގައި ހިނގާލުމެއް ބާއްވާނަމަ އެތައް ބަޔަކަށް ދަތިތައް ކުރިމަތިވާނެ ކަމަށް ބުނެ އެމްޑީޕީ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަމުން އައީ އެމްޑީޕީ އަށް ވެރިކަން ލިބުނު ނަމަވެސް އަބަދުވެސް އޮންނާނީ މުޒާހަރާ ކަމަށާއި އެހެން ކަމެއް ކުރާނެ ވަގުތެއް އޭރުން ނުވާނެ ކަމަށެވެ.

2008 ވަނަ އަހަރު އެމްޑީޕީ އަށް ވެރިކަން ލިބުމުން ވެސް އެޕާޓީން ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެންމެފަހުން އެމްޑީޕީގެ ވެރިކަން ވެއްޓުނީ ވެސް އެމްޑީޕީ ސަޕޯޓަރުންނާއި އޭރު ސަރުކާރާއި ދެކޮޅު ފަރާތްތަކާއި ދެމެދު މުޒާހަރާއެއްގެ ތެރެއިން ހަމަނުޖެހުން ހިނގުމަށް ފަހު އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެރިކަން ކުރާ ޕާޓީގެ މެންބަރުން މުޒާހަރާ ކުރާ މަންޒަރެއް ނުފެނެއެވެ. ނަމަވެސް އެމްޑީޕީގެ ސިޔާސަތު އެއާއި ހިލާފެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީމް

    ކެރާއް ބޭނުންވިކަންވެގޭމެއި ދެންކޮން މުޒާހިރާށް ދީ.......؟އެވެރިންބެނިމެއި އިބުރާހިމް އިއޮތީ އެކަންކޮށްދެރެފެއިދީ؟؟

    16
    1
  2. ނަޓުވަރު

    އެމްޑީޕީ މީހުންނަކީ އަބަދުވެސް މަކަރާ ޖަގައިގެން ކާން ދަންނަ ލާދީނީ ފިކުރުގެ ބައެއް އެމީހުން މުޒާހަރާއެއް ޖައްސައިފި ނަމަ ނަމާދު ވަގުތު އެއީ ކޯއޗެއްކަންވެސް ނުދަންނާނެ.

    25
  3. ޖަހާންގީރު

    ރީނދޫ ސެކިއުލަރ ބައިގަނޑު މުޅިންވެސް ބޮލުރޮދި ކެނޑިފަ ތިބި މީހުން ތިބޭ ޕާޓީއެއް

    12
  4. ޢިބްރާ

    ޕާކިސްތާނުގައި އުމުރުން 7 އަހަރުގެ ކުއްޖަކު ރޭޕްކޮށް ކުނިގޮނޑަށް އުކާލި މީހާވެސް އެކަމާއި ދެކޮޅަށް ކުރި މުޒާހަރާގައި ހުރި.
    1.6ބ ނެގި މީހުން ޔަގީންވަންދެން ލަސްކުރީބާ ؟