ވަޒީފާގައި ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުންވާނެ ކަމަށް ބުނެ ފެނަކަ ތ.ވިލުފުށީ ފެނަކަ ބްރާންޗުން މީހަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ވަޒީފާއިން ވަކިކޮށްފައިވަނީ ތ.ވިލުފުށީ ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރގެ މަޤާމްގައި ހުރި އިބްރާޙީމް ޝާނީޒްއެވެ. ޝާނީޒްއަކީ 22 މާރިޗް 2018 އިން ފެށިގެން ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

ވަޒީފާއިން ވަކިކޮށް ޝާނީޒަށް ދީފައިވާ ލިޔުމުގައި ބުނެފައވަނީ އެކޯޕަރޭޝަންގެ މުވައްޒިފުންގެ ޤަވާއިދު 2015 ގެ 34.8 މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ ދަށުން މުމުވައްޒުފަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ، ކުންފުންޏަށް ގެއްލުން ލިބިދާނެތީ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.