އައްޑޫ ސިޓީ އިކޮނޮމިކް މިނިސްޓްރީ އޮފީހުގެ ތިޖޫރީ ފުލުހުން މިއަދު ހޯދައިފިއެވެ. ނަމަވެސް ތިޖޫރި ފެނުނު އިރު ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތެވެ.

ފުލުހުން މިރޭ ވިދާޅުވީ ފެބްރުއަރީ 05 ވަނަ ދުވަހު އައްޑޫ ސިޓީ އިކޮނޮމިކް މިނިސްޓްރީ ބިޒްނަސް ސެންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތިޖޫރީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ފަރާތު ވަލުތެރެއިން ފެނިފައިވާ ކަމަށެވެ.

ފުލުހުން އެސަރަހައްދު ފާސްކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އައްޑޫ ސިޓީ އިކޮނޮމިކް މިނިސްޓްރީ ބިޒްނަސް ސެންޓަރުގެ ތިޖޫރި ވަގަށް ނަގާފައި ވަނީ ބައިލައްކަ ރުފިޔާ އާއި އެއްކޮށެވެ. މިއަދު ތިޖޫރި ފެނުނު އިރު ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތް ކަން ފުލުހުން ކަށަވަރު ކޮށްދެއެވެ.

އައްޑޫ ސިޓީ އިކޮނޮމިކް މިނިސްޓްރީ ބިޒްނަސް ސެންޓަރުގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާކަމަށް ވެސް ފުލުހުން މިރޭ ވިދާޅުވިއެވެ.

ފަހަކަށް އައިސް ތިޖޫރި ވަގަށް ނެގުމާއި ފޭރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙުއްތު

    ތިޔަތިޖޫރީ ތިހާފަސޭހަކަމާއެކު އުފުލީ އިފުރީތެއްބާ ؟

  2. ރާމް

    ވަގުސަރުކާރުގެ ވަގުން ލާރިގަނޑު ކައިގެން އެތިބީ!~

  3. ސިޒާޖަޒީރާ

    ޖަޒީރާ ދިރިއުޅުން

  4. ނާއިލާ

    މިއޮތީ ވަގު ސަރުކާރުން އާގޮތަކަށް ބައިތުލްމާލު ޕަކަޅާ ކުރާގޮތް...މިހާރު ކިތައް ތަނުގެ ތިޖޫރި ކައްވާލައިފި...ހަމަ ގުޅިގެން ހިންގާ ޖަރީމާ މިހުންނަނީ

    12
    • ޙަހަހަހ

      މަޖްލިސް އިންތިހާބަށް ފައިސާ އެއްކުރަނީ. 2008 ގަބެސް ވެރިކަމާ ހަވާލުވެފަ ކިތައް ތަނުން ވަގަށް ލާރި ނެގި. މިގަމާރު ދިވެހިން އަދިވެސް ތިބޭނީ މިހެން ތޯއްޗެއް. މިވަރެއް ނެތިގެން ގެނޭ ވެރިކަމަކީ ކިހާވަރެއްގެ ބެޔެއްކަން ވިސްނާ މީހަކަށް ފެންނާނެ. ކަނުމީހަކަށް އަޑުއިވޭނެ.

  5. އަހުމަދު

    ތިޖޫރީގެ ދޮރުފަތް ހާދަ ފަސޭހަ އިންނޭ ހުޅުވީ ތިކަން ކުރި މީހުންގެ ތެރޭގައި ނަންބަރު އިނގޭ މީހްކު ހުރީބާ/////؟؟؟؟

    10