ނ. ކުޑަފަރީގައި ވައްކަމުގެ މައްސަލަތައް އިންތިޙާއަށް އިތުރުވެ، އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން އެރަށުގެ އާންމު ފަރާތްތަކުން ބުނެފައިވަނީ ރަށުގައި ވައްކަން ކުރާ މީހުންގެ އުނދަގޫ ވަރަށް ބޮޑުވެފައިވާ ކަމަށާއި އެކަންކަން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާ ކަމަށެވެ.

އެފަދަ މައްސަލަ ކަމާއި ބެހޭ އިދާރާތަކާއި ޙިއްޞާ ކުރުމުން ވެސް އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުދާކަމީ ކަންބޮޑުވާ ކަމެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ރަށުން ވައްކަންކޮށް އުޅެނީ އެއްބައެއް ކަމަށާއި، އެމީހުން ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލާ ކަމަށެވެ. މިކަމުގެ ސަބަބުން އެމީހުންގެ އުނދަގޫ ތަކުރާރުކޮށް ރައްޔިތުންނަށް ކުރިމަތިވަމުންދާ ކަމަށް އޭނާ ބުންޏެވެ.

ވައްކަން އިތުރުވެ ކުޑަފަރީ ރައްޔިތުން ހާސް ކަމެއްގައި ތިބިއިރު، އެރަށަކީ ޕޮލިސް ސްޓޭޝަނެއް ޤާއިމްކޮށްފައި ހުންނަ ރަށެއް ނޫނެވެ. އެހެންކަމުން ރަށުން ފެންމަތިވާ އެފަދަ މައްސަލަތައް ބަލައި، ފުލުހުންގެ އިދާރާގެ އެހީތެރިކަން ހޯދުމަކީ ރަށު ކައުންސިލްގެ ޒިންމާއެކެވެ.

މި ދަނޑިވަޅުގައި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރުމަށާއި، ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ނުތަނަވަސްކަމަށް ޙައްލު ހޯދައިދިނުމަށް ކައުންސިލް އިން އަދާކުރާ ދައުރަކީ ކޮބައިތޯ ބެލުމަށް އެރަށުގެ ކައުންސިލްގެ ރައީސް، ޙަސަން މުޙައްމަދަށް ގުޅުމުން އޭނާ ވަނީ މަޢުލޫމާތު ދިނުމަށް އިންކާރުކޮށް، "ސޮރީ" އޭ ވިދާޅުވެ ފޯނު ކަނޑާލާފައެވެ.

ކުޑަފަރިން މަޢުލޫމަތު ދިން ފަރާތަކުން ބުނެފައިވަނީ، ވައްކަމުގެ މައްސަލަތަކާއި ގުޅިގެން ކައުންސިލާ ށް ވެސް ތަކުރާރުކޮށް ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށާއި، ނަމަވެސް އެކަމަށް ކައުންސިލްގެ މާބޮޑު އަޙައްމިއްޔަތު ކަމެއް ލިބެމުންދާ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލަ އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޙަސަން މުޙައްމަދު ދެކޮޅު ހެއްދެވީ މި ސަބަބަށްޓަކައި ކަމަށް ބެލެވެއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުލުހުންނަށް ހުށަހަޅާފައިވާ ރިޕޯޓްތަކަށް ބަލާއިރު ކުޑަފަރީގައި އާދަޔާއި ޚިލާފަށް ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ނުދައްކާ ކަމަށެވެ.

"އެހެން ނަމަވެސް ވައްކަމުގެ މައްސަލަތައް މަދު ކުރުމާއި އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ފުލުހުން ކުރަމުން. އެގޮތުން ފުލުހުން ނުތިބޭ ރަށްރަށުގައި އޮޕަރޭޝަންތައް ހިންގުން ކުރިޔަށްވުރެ އިތުރު ކޮށްފައިވޭ،" ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުގައި ވެސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. ގިނަ ފަހަރަށް ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫކޮށްލުމުން ކުށް ތަކުރާރު ކުރަމުންދާ ދިއުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާއެކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައިވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކުށުގެ ވެށިން އެންމެ ގިނައިން ހުށަހެޅިފައިވަނީވެސް ވައްކަމުގެ މައްސަލަތަކެވެ. މިގޮތުން ބަލާއިރު، ވައްކަމުގެ 566 މައްސަލައެއް ދެވަނަ ކުއާޓާގައި ހުށަހަޅާފައި ވެއެވެ.

ވައްކަމާއި ފޭރުމާއި މާރާމާރީ ފަދަ ބޮޑެތި މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުން އަބަދުވެސް މަސައްކަތް ކުރެއެވެ. އެކަމަކު، އެމީހުން ހައްޔަރުކުރުމަށް ފަހު، މާ ގިނަ ދުވަސްތަކެއް ނުވެ ދޫކޮށްލާ ކަމުގެ ޝަކުވާ އާންމު ރައްޔިތުން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އައްޑޫ މީހާ

    ކުރާނެ ކަމެއްނެތް މިސަރުކާރުގެ ހުރިހާ މުއައްސަސާތައް ތިބީ ވަގުންގެ ފަހަތުގައި ރައްޔިތުން އަމިއްލައަށް އެބައެއްގެ ހައްގު ހޯދަންވީ އެނޫން ގޮތެއްނެތް ރައްޔިތުންގެ މަޖިލިސް އެޗް.އާރު.ސީ.އެމް ނެޝެނަލް އިންޓެގްރިޓީ ކޮމިޝަން ޕޮލިސް ޕީ.އެސް.ޑީ މިހުރިހާ ތަނެއް ތިބީ ފުލުންގެ ހަތެރެސްފައި ބަނދެފައި ވަގުންގެ ދިފާއުގައި މިހާރުވެސް އައްޑޫސިޓީގައި ހާލަތު އޮތީ މިބުނިގޮތައް

  2. ބޭބެ

    އަޅެފަހެ ތީ ކުޑަފަރީ އަށް އެކަނި ދިމާވެގެން އުޅޭ ކަމެއް ނޫނޭ މިހާރު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ވިއްކުމާއި ރޯމާ ދުވާލު މަސްތުވެގެން މަގުތަކުގައި ޒުވާނުން ދެބަންދިހާރުވެފަ ތިބޭ ތިބުން އާންމު ވެއްޖެ.
    ތި ހުރިހާ ކަމެއްގެ މުލަކީ މަސްތުވާތަކެތި. މި ސަރުކާރު ވެރިކަމަށް އައުމާއެކު ޖަޒީރާ ވަންތަ ކަން އެބަފެނޭ ފޭރުމާއި ލޫޓުވުމާއި ވައްކަމާއި މާރާމާރީ އާއި މަސްތުވުމާއި އެއިގެ ވިޔަފާރި ފުޅާކޮށް ކުރުން އަދި ރޭޕް ދެން އެވާހަކަ ފަހަށް ބާއްވާ މިތާކު އެވާހަކަ ދައްކަން ވަރަށް އުދަގޫ ކުރުކޮށް ބުނާނަމަ އިންޑިޔާ ސްޓައިލް.

  3. ރައްޔިތެއް

    ވައްކަން ވަރަށްގިނަ ކޯޓާ ހިސާބުން ހުކުމް ނުކުރާތީ މިހާރު ހުށަނާޅަނީ. އެހެންވެ ގިނަ ކަމަށް ނުދައްކަނީ.

  4. ޖިންނި

    ވަރިހސމަތާ ޑިމޮކްރަސީ ފައްކާ ކުރެނުކުރެވިގެން ވިއްޔަ ތެޅި ބާލަނީ

  5. ނެެއްނަމެއް

    ޢެއްދަޅު ތެޔޮ ހިފުމައް ދުވާލު ދެދަޅައައް ޕޮލިހުން ކުޑަފަރި އައް އެރޭ، އެކަމަކު ވައްކަން ކުރީމަ ޕޮލިހަކައް ނާދެވެ. މީ ދެން އަރަތެއް ދޯ

    • ބަކުރުބެ

      ދާނެ ކަމެއް ނެތް . ކަލޭމެން ދަރިން ހަޔާތް ކެނޑުވީ . ދެން ކޮން ވާހަކައެއް. ސްކޫލުކުދިން ސިގިރެޓަށް ދެވި ހިފީމަ ވައްކަންވެސް ކުރާނެ. އުމުރާ ނުބައްދަލު މަސައްކަތްވެސް ކުރާނެ. ދަރިލް ލަދުހަޔާތް ކެނޑުވީ ކަލޭމެން .މިހާރު ދެން ސޯލިޙް ރަސްގެފާނަށް މަލާމާތް ކޮއްބަލަ. ފުލުހުންނަކާ ނޫންގެޅެންވީ .

      • ނަންނެއް

        އަޅެފަހެ ކުޑަފަރި މީހުން ރަނގަޅު މިތާ ކޮއްފަ ކޮބާތަ! ގާނޫނީ ގޮތުން ފުލުހުން ގެ ވާޖިބެކޭ އެއީ ކުށް ރެޕޯޓު ކުރީމަ ތަހުގީގު ކުރަން އައުން! ހަމަ ކުޑަފަރި މީހުން ވެސް ޓެކް ދައްކާނެ ދޯ! ހަމައެލާރިން ދޯ ފުލުހުންގެ މުސާރަވެސް ދޭނީ! ތިކަހަލަ ޖާހިލު މީހުން މިގައުމު ހަލާކު ކުރަނީ. ކުޑަފަރި ސުކޫލު ކުދިން އެކަންޔެއް ނޫން ސިގިރޭޓު ބޮނީ، ހުރިހާ ރަށެއްގެ ކުދިންނަށް ވެސް ޖެހިފަހުރި ބައްޔެއްތީ!!

  6. ކުޑަފަރިމީހާ

    ބަލަ ކުޑަފަރި އެކަންޏެއްނޫން އިނގޭތޯ މުޅިރާއްޖޭގެ ކޮންމެ ރަށެއްގަވެސް އަދުގެ ހާލް ތިޔައީ ވައްކންކުރާމީހުންނާއި ފައްބޯމީހުން ރަސްކަން ކުރަނީ ޖަލުގަ ޖާގަ ނެތިގެން ކަމައްބުނެ ބަހަނާދައްކާފައި

    • ފަންޖެއް

      ފަތްބޯ މީހުނެއްނޫނޭ ވައްކަން ކުރަނީ. ޙަކުރު ބޯ މީހުން، އެމީހުން ހައްޔަރުކޮއްބަލަ. ސަރީޔަތުގަ އޮތީ ވައްކަން ކުރީމަ އައްކަޑަން، ފަތްބޮޔެގެން އެންމެ ބޮޑުވެގެން 40 އެތިފަހަރު ޖެހޭނީ ވެސް. އެވެސް ދީނީމީހުން ތެރޭގަ އިހްތިލާފު ހުރިކަމެއް. އެހެންވީމަ އިހްތިލާފު ނެއް ވައްކަން ކުރާ މީހުންއައް އަދަބު ދެވޭތޯ ބަލާ. އެކަނި އޮވެގެން ފައްބޯ މީހުން ފަހަތުން ނުދުވެ.

  7. ބަކުރުބެ

    ކުޑަފަރީ ރައްޔިތުންނަކީ ހަޔާތްކުޑަ ގޮތްކުޑަ ބައެއް. މިދިޔަ ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓަރަށް ފުރައްސާރަކުރީ ސްކޫލު ދަރިވަރުން ކުރިމަތީ. ސްކޫލުގެ ގިނަ ކުދިންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ ކުދިން. މިހާރު ތި ފެންނަނީ ކަލޭމެން ހޭވި ހަޑި. ދެން ފުލުހުންނެއް ނޫން ގޯސްކުރާނީ . އިސްލާޙްވާންވީ ނަފްސުން. ދެން ލަލަލާ. އެދުވަހު ގެންގުޅުނު މެގަފޯނުން ގޮވާބަލަ ދެން.

    7
    2
  8. ކަލާފާނު

    ރާއްޖޭގައި މިއޮތީ މީހެއްގެ ވޯޓުތައް ވަގަށްނަގައި ޣަޞްބުން ފޭރިގެންފައިވާ ޙަލާލު ނޫން ވެރިކަމެކެވެ. މިފަދަ ވެރިކަމެއް އޮތްހައިހިނދަކު މި ޤަވްމަށް އަމާންކަމެއް ނާންނާނެއެވެ. ވައްކަމާ ފޭރުމާ ޤަތުލުތަކާ މާރާމާރީތަކާ ދިމާކުރުންތައް އެތަނެއްގައި ވަކިހިތްޕާލާނެއެވެ. އަދިކީއްތަ! ޤަވްމު ދާނީ ނާމާންކަމާ ބަލިމަޑުކަމާ ބިރުވެރިކަމާ ތަދުމަޑުކަމާ ދިމާއަށެވެ. މި ވޭތުވި ދެއަހަރުގައި ދިމާވި މުޞީބާތްތަކާ އާފާްތުތަކަށް ވިސްނައިލައިފިނަމަ ބުއްދިވެރިޔަކުނަމަ މިކަން ފަހުމުވާނެއެވެ.

  9. ޗަސްލީމާ

    ކުދަފަރީގެ ނާގުހަރުފަ ބުނަނީ ތީ ނޯމަލް ކަމަށް. ބަޓް މަގޭ ދަރި މަށައް ދޮންފުތުވާނެތާ.

  10. ބޯބޮޑު އަލީ

    ތިޔައީ ތިޔަ ރަށުގެ މީހުން އަމިއްލައަށް ބޮއެގެން އުޅޭ ބޮޑިއެއް. ދަރިންގެ ކުރިމަތީ ހަޑިހުތުރު ސިޔާސީ ހަތަކާތްތައް ހިންގާ ޅަދަރީންގެ ލަދުހަޔާތް ކަނޑާލީ ރަށުގެ ރައްޔިތުން.... ތިޔަ ކަން ކުރީ މިހާރު އިސްކޫލުގައި އިސްކޮށް ތިބި މީހުން... ޚިޔާލުފާޅުކުރުމުގެ ނަމުގައި ހަޔާތްގޮވުމާއި އައުގުރާނަ ގޮވަން ދަސްކޮށްދިނީ... އޭގެ ތެރެއިން އުފެދިގެން އައި ޅަދަރީން މިއަދު ސިގިނރޭޓާއި އެހެނިހެން ބޭނުންތަކަށް ފައިސާ ހޯދުމަށް ކުރާ ކަންކަން ތިޔައީ.... ތިޔަ ކަންކަމުގައި އެންމެ އިސްކޮށް އުޅެނީ ކައުންސިލުގެ ވެރިންނާ ގުޅިފައިވާ ފަރާތްތައް. އަމިއްލައަށް ފޭހޭ އިލޮށިގަނޑު އަމިއްލަ ލޮލަށް ހެރޭ ވާހަކަ ބުނަނީ ކަމެއް ވެގެން.