މިިދިޔަ ހަފްތާ ތެރޭ މާލެ ސިޓީގައި 51 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ފުލުހުން ނެރުނު ޓްރެފިކް ޑިޕާޓްމެންޓްގެ ފެބްރުއަރީ 23 އިން ފެށިގެން 1 މާރިޗްގެ މަސައްކަތްތަކަށް ބަލައިރު، އެ ހަފްތާ ތެރޭގައި 1341 ވެހިކަލެއް ވަނީ ބަލާފާސްކޮށްފައެވެ.

އެގޮތުން މިދިޔަ ހަފްތާ ތެރޭގައި، ގަވާއިދާއި ހިލާފަށް ޕާކްކޮށްފައި ހުރި 127 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު، 17 ކާރާއި، ހަތް ސައިކަލު ވަނީ ޓޯވ ކޮށްފައެވެ.

އަދި ލައިސަންސް ކާޑު ނެތި 178 ފަރާތަކުން ވެހިކަލް ދުއްވާފާއިވައިރު، 258 މީހަކި ލައިންސަންސް ނެތި ދުއްވި މީހުންނެވެ. އަދި ފަސް ކުޑަކުއްޖަކު ސައިކަލް ދުއްވިއެވެ. އަދި ފަސްމީހަކު ބާރަށް ވެހިކަލް ދުއްވިކަަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ،ޓްރެފިކް ނިޝާންތަކަށް ބޯނުލަނބާ 24 ވެހިކަލެއް ވެސް ހިމެނޭ ކަމަށާއި ޓްރެފިކް ލައިޓާއި، ވަންވޭއަށް ހުރުމަތްތެރިކޮށް ނުހިތި 23 ވެހިކަލް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އިންޝުއަރެންސް ނެތި ދުއްވި 74 ވެހިކަލަކާއި އެނުއަލް ފީ ނުދައްކާ 108 ވެހިކަލެއްގެ އިތުރުން ރޯޑްވާދިނަސް ނެތި ދުއްވި 17 ވެހިކަލެއްވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލީނާ

    ހައްހާ ޓިޕިކަލް މޯލްޑިވިއަންސް

  2. ޢީސަ

    ދެލޯ ފުޅާ ! ފުލުހުންގެ ތެރޭ އެބަތިބި ލައިސަންސްނެތި ސައިކަލު ދުއްވާ ނޭބަރ ފުލުހުން. ޓުރެފިކް ފުލުހުން. އެހެންމީހުން އަތު ލައިސަންސް އޮތްތޯ މިފުލުހުންއަހާނެ މީ ގޮތްކުޑަ ބައެއް