ހއ. ދިއްދޫ ކައުންސިލްގެ ހަތަރު މެމްބަރަކު ސަސްޕެންޑުކޮށްފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން އެ ކައުންސިލްގެ ހަތަރު މެމްބަރުން ސަސްޕެންޑުކޮށްފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭރުން ދިއްދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ސަސްޕެންޑު ކޮށްފައިވަނީ، ދިއްދޫޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް އާއި އެ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހާޝިމް އާއި ކައުންސިލް މެމްބަރު އަހުމަދު ފިރާޤުގެ އިތުރުން ކައުންސިލް މެމްބަރު ޒުހުރާއެވެ.

މާދަމާއިން ފެށިގެން އެ އޮތޯރިޓީން ދިއްދޫ ކައުންސިލްގެ ހަތަރު މެމްބަރުން ސަސްޕެނޑު ކޮށްފައިވާކަން ހާމަކޮށްފައިވާއިރު، އެ މެމްބަރުން ސަސްޕެންޑުކޮށްފައި ވަނީ އެއްމަސް ދުވަހުގެ މުއްދަތަށެވެ. އެ މެމްބަރުން ސަސްޕެންޑު ކޮށްފައިވަނީ މި މުއްދަތުގެ ތެރޭގައި މުސާރައާއި އިނާޔަތް ނުހިނގާ ގޮތަށެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ، ސަސްޕެންޑުކޮށްފައިވާ މުއްދަތުގެ ތެރޭގައި ފަރުދީ ހައްސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުންނޫން ބޭނުމަކުން ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިއުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުން އެ ކައުންސިލަރުންނަށް މަނާކޮށްފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުގެ ބޭރުން، ދިއްދޫ ކައުންސިލުން ނޫސްބަޔާނެއް ނެރުނު މައްސަލަ އާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ ދިއްދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހެޅޭނެކަމުގެ އިންޒާރުވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުހައްމަދު

    މިރެޔަކީ އެލްޖީއޭ ގެ ރެޔެއްބާ

  2. ކޮތަނބިރި

    ޢަލީ ޙާޝިމް އަށް ރާކަނި މަސް ކެވިފަ ހުންނާނީ މިހާރު! ދެތިކި ޕީ

  3. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމް ކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކަސްބިއަނޭ ދަ އުނގު ވިއްކައޭ ދަ ކާޅު ހެދުން ލައޭ ދަ ސޯމާލިއަނޭ ދަ ލާދީނިއަނޭ ދަ ތެޔޮ ބިޑިބޮއޭ ދަ ފެގްކައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  4. ޚަވާރިޖު

    މިސަރުކާރުގެ މޮޅު ޕޮލިސީ އަސްލު ވަރަށްސަޅި! އަހަރެންގެ ޙަޔާތުގައި ފެނުނު ވެރިކަންތަކުން މިހާ ވަރުގަދައަށް އުޞޫލުތައް ޤާއިމްކުރާ ސަރުކާރެއް ނުދެކެން

  5. ބޮޑުތިލަދުންމަތި

    ތިމީހުން އަބަދަށް ވަކިކުރަންވީ. ގޮތެއް ފޮތެއް ހުންނަ ބައެއނޫން.

  6. ބޮޑުސޯޅަ

    އަނެއްކާ މުޅި ގައުމު ސަސްޕެންޑް ނުކުރާނެބާ؟؟؟؟؟؟؟؟

  7. ހަގީގީ

    ޢަލީ ޙާޝިމް ކަހަލަ އަނެއްދިވެހިރާއްޖެ ގެންނައް މަސައްކަތްކުރާ ކެނެރިގޭ ނަސީދުމެންގެފިކުރު ރަށުގައި ކުދިންނައްޓިއުސަން ދިއިރުގާވެސް މިކަހަލަ ފިކުރުކަންއެގޭ