އައްޑޫގައި އަޑުގަދަކޮށް ދެން ލަަވަ ޖެހޭނީ ހުއްދަ ނަގައިގެންކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ވަނީ އެކަމަށް ހާއްސަ ގަވާއިދެއް ހަދާ ސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށްފައެވެ. އެ ގަވާއިދުގައި ބުނެފައި ވަނީ، ރަށުގެ އާންމު ތަންތަނުގައި ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ލަވަޖަހައި ހެދޭނީ މި ގަވާއިދުގެ ދަށުން ކައުންސިލުން އެކަމަށް ނަގަންޖެހޭ ހުއްދަ ނަގައިގެން ކަމަށެވެ. އަދި ހުއްދަ ނުހޯދާ އެކަން ކުރުމަކީ މަނާކަމެއް ކަމަށް އެ ގަވާއިދުގައި ބުނެފައި ވެެެއެވެ.

އެކަމުގެ ހުއްދަ ހޯދުމަށް އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމް ފުރަން ޖެހޭކަމަށްވެސް ބުނެފައި ވެއެވެ. އަދި ކައުންސިލުން ހުއްދަދޭއިރު، ލައުޑް ސްޕީކަރު ބޭނުންކުރުމަށާއި އަޑުގަދަކޮށް ލަވަޖަހައި ހެދޭނެ ވަގުތުތައް، ހުއްދައަށް އެދޭ ފަރާތަށް އަންގަންވާނެކަމަށްވެސް އެ ގަވާާއިދުގައި ވެއެވެ.

އޭގެ އިތުރުން، ކައުންސިލުމް ވަގުތުތައް ކަނޑައަޅާއިރު، ނަމާދު ވަގުތުތަކުގައި އާއި ރޭގަނޑު 11 އިން ހެނދުނު 8:00 އާ ދޭތެރޭގެ ވަގުތުތައް ފިޔަވައި އެހެން ކޮންމެ ވަގުތެއްގައި ލައުޑް ސްޕީކަރު ބޭނުންކުރުމަށާއި އަޑުގަދަކޮށް ލަވަޖެހުމަށް ހުއްދަދެވޭނެއެވެ.

"މި ގަވާއިދުގެ ދަށުން، ސްކޫލާއި، ހޮސްޕިޓަލާއި، ހެލްތު ސެންޓަރާއި، މިސްކިތާއި، ޝަރުޢީ ކޯޓާއި، ކައުންސިލުގެ އިދާރާ ކައިރީގައި، އެތަންތަން ބަލަހައްޓާ ފަރާތުގެ ޚާއްޞަ ހުއްދައެއްނެތި ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމަކީ މަނާކަމެކެވެ"، އެ ގަވާއިދުގައި ވެއެވެ.

މި ގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު، އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައަޅައިފައިނުވާ ކަންކަމުގައި، ފުރަތަމަފަހަރަށް ނަސޭހަތްދިނުމަށްފަހު އެކަން ތަކުރާރު ވަނަމަ ޖޫރިމަނާ ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަޒީރާ

    ފިނިހަ ދުވެލީގައި މަސައްކަތްކުރާ ކަުންސިލެއްތީ..
    ލާމަރުކަޒީ ގާނޫނުގައި ތިގަވާއިދު ހިމެނޭހެން 25 ގަވާއިދެއް ފާސްކޮށް ގެޒެޓް ކުރަންޖެހޭ.. ގިނަ ކައުންސިލްތަކުން ވަނީ މީގެ ފަސްއަހަރުވަރު ކުރިން ތިކަން ކޮށް ނިންމާފަ.. ސިޓީ ކައުންސިލަކަށް ވިޔަސް އެކަން އެގޮތަށް ކުރަން އޮންނަނީ..

    11
  2. ޢައިސަ

    ވަރަށް ރަގަޅު
    ސަރުކާރު ތަންތަން ކައިރަިގައި އަޑުގަދަ ނުކުރެވޭ
    ރައްޔިތު މީހާގެ ގޭދޮށުގައި އަޑުގަދަ ކުރުމުގެ ހުއްދަ ސަރުކާރަށް ކިހިނެއް ދެވޭނީ

  3. ކައްދާދި

    މާލޭ ސިޓީގައި އެންމެ ކުރިން ތިޔަކަން ކުރަންޖެހެނީ އަވަސް އަވަސް މޭޔަރޫ.

  4. ހ

    ހުއްދަނަގައިގެން ވެސް ލަވަނުޖެހޭގޮތަށް ހަދަންވީނުންތޯ. ލަވަޖެހުމަކީ ހުއްދަކަމެއްނުން ދީ

  5. ހިޔާލު

    ހަރާމް ހަލާލު ކުރަނީ ތި... ދީނުން ބޭރުވާއިރުވެސް ނޭގޭ

  6. މިއަދު

    ތިއީ ބާރާއި ނުފޫޒުގަދަސިޓީއެއް އަދިވެސް ތިއުޅެނީ ވަރަށްފަހަތުގަ ކެންޕެއިނު ހަރަކަތްއެއްމެ ކާމިޔާބުކަމާއެކު ހިންާ ރަށެއްކަމަށް މަމެންނަށް ފެނިގެންދިޔައީ މާލެއަތޮޅު ކާށިދޫ މިއީ މިއީ 2008 އިންފެށިގެން ވަރަށްބޮޑަށް ޤަބޫލުކުރެވިގެން އެއްމެންޤަބޫލުކުރާ ހަމަތަކެއްގެމަތީން އިންތިޙާބުގެ ކަންކަންކުރާރަށެއް ތަޖުރިބާދަތުރުގައި އެރަށަށްގޮސް މަޢުލޫމަތު ލިބިގަތުމަކީ މުހިއްމުކަމެއް