2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރައްވާ، ހުޅުދޫ ދާއިރާ އަށް ހޮވިވަޑައިގެންނެވި، މުޙައްމަދު ޝާހިދު (ޝާޑު) ވަނީ، އެ ދާއިރާއަށް ދުވަހަކުވެސް އައިސްފައިނުވާ ކުރިއެރުމާއި ތަރައްޤީ ގެނެސްދެއްވާފައެވެ.

މަޖިލީހުގައި ޝާޑު ހޭދަކުރައްވަމުން އެ ގެންދަވާ ފަސް އަހަރަށް ބަލާއިރު، ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ސޯޅަ މަޝްރޫޢެއް ވަނީ ހިންގަވާފައެވެ. ތިންސަތޭކަ ފަންސާސް ނުވަ މިލިއަން ރުފިޔާ ވަނީ ހުޅުދޫގެ ތަރައްޤީއަށްޓަކައި ހޭދަ ކުރައްވާފައެވެ. މިހާރު ހުޅުދޫ އަށް ބޭނުންވާ އަސާސީ އެއްވެސް ޚިދުމަތެއް ނެތެވެ. އަސާސީ ހުރިހާ ޚިދުމަތްތަކެއްވަނީ ފުރިހަމަ ކޮށްދެއްވާފައެވެ.

އަސާސީ ޚިދުމަތްތަކުގެ އިތުރުން، ސާޅީސް އަށް ޔުނިޓުގެ ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫޢާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގެ މަސައްކަތާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރ ޤާއިމުކުރުން ފަދަ މުޙިއްމު މަސައްކަތްތައް ހުޅުދޫގެ ކުރިއެރުމަށްޓަކައި ވަނީ ކޮށްދެއްވާފައެވެ. މި ހުރިހާ މަސައްކަތަކީވެސް ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކޮށްފައިވާ މަސައްކަތްތަކެއް ކަމަށްވީ ނަމަވެސް، ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހެއްދެވުމަށްޓަކައި، މަޖިލިސް ތެރެއިންނާއި އެހެނިހެން ގޮތްގޮތުންވެސް ޝާޑު ގެންދެވީ ގަދަ އަޅާ މަސައްކަތްކުރަމުންނެވެ. މަޝްރޫޢުތަކަށް މަޑުޖެހުމެއް ނެތި، ބާރު ސްޕީޑުގައި ގެންދިއުމަށް އަބަދުވެސް ގެންދެވީ ވަކާލާތު ކުރައްވަމުންނެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްވެސް ޝާޑު ކުރިމަތިލައްވަނީ، ހުޅުދޫގެ ތަރައްޤީ އައު ހަރުފަތަކަށް ގެންގޮސްދިނުމުގެ ވަރުގަދަ ޢަޒުމުގައެވެ. ހުޅުދޫ ޒުވާނުންގެ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށް ޓަކައެވެ. ހުޅުދޫ ޒުވާނުންނަށްޓަކައި. ވޭތުވެގެން މިދާ ފަސްއަހަރުވެސް އެމް.ޕީ ޝާޑު ވަނީ ވަރަށް ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ހުޅުދޫގައި ޤާއިމުކޮށްދެއްވާފައިޥާ ޔޫތު ސެންޓަރު މިކަމުގެ ހެއްކަކަށް ފުދެއެވެ. ބަށި ކޯޓު، ނެޓުބޯޅަ ކޯޓު އަދި ވޮލީ ކޯޓުގެ މަސައްކަތްތަކާއި، ފުޓްސަލް ދަނޑުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްދެއްވާފައެވެ.

ކަންމިހެންހުރުމާއި އެކު، އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުދޫ ދާއިރާގެ މަންދޫބެއްގެ ޙައިޞިއްޔަތުން މަޖިލީހަށް ބޭފުޅަކު ފޮނުވުމުގެ ކުރިން، މި ކަންކަމާއި މެދު ވިސްނާލުން މުޙިއްމެވެ. ނަތީޖާނެރެދެއްވާފައިވާ މެމްބަރަކަށް އަލުން އެ ފުރުޞަތު ދިނުމަކީ ހުޅުދޫގެ ތަރައްޤީއަށްޓަކައި ކޮންމެެހެން ކުރަންޖެހޭ ކަމެކެވެ. ކެނޑިޑޭޓު ނަމްބަރު އެކަކަށް ދެވޭ ވޯޓަކީ ހަމަ ޔަޤީނުންވެސް ހުޅުދޫގެ މުޞްތަޤުބަލަށް ދެވޭ ވޯޓެކެވެ.