އޭޕްރިލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުން ކުރާނެ ވޯޓް ކަރުދާސް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުކަރުދާސް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގެންފައި ނުވާތީވެ އެ އިޢުލާނު ބާޠިލްކޮށް، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ ކަމަށެވެ.

ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 35000 ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށް ކަމަށް އިއުލާނުގައި ވެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ 5 އިންސައްތަ އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް ވެސް އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރައްވާފައިވެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019މާރޗް 12 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ.

ބީލަން ހުޅުވުން އޮންނާނީ 2019 މާރޗް 13 ވާ ބުދަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން ގައެވެ.

ވޯޓް ކަރުދާސް ޕްރިންޓް ކުރަން ފުރަތަމަ ހުޅުވާލުމުން އަންދާސީ ހިސާބު ހުށަހެޅީ އެމް-7 އިންނާއި ނޮވެލްޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހެޔޮލަފާ

    ޝަރީފޫ ވޯޓް ކަރުދާސް ޗާފުކުރަން އާދެ

  2. ރުޝްދާ

    އެމްޑީޕީ ހަރުގެޔަށް ވަޑައިގެން ޑޮަލަރަށް ވިއްކަވާ!

  3. ތާރީޚު ދިވެހި ރާއްޖެ

    މިފަހަރު ވޯޓު ކަރުދާސް ޗާޕުކުރަން އިންޑިޔާ އަށް ދޭން އުޅޭކަަމަށްވާނީ!!!!

  4. ޚަރާ

    ތިއުޅުނީ ރާއްޖޭން ބޭރުން ތިކަންކުރާނެ ބަހަނަ އެއްހޯދަންވެގެން.

  5. ހަހަހަހަހަހަ

    ކޮންމެ މީހަކު ލިޔަސް ތި ނަގާނީ ބޮޑު އަގު ދީފަ އެމް 7 . އެވެސް ކޮމިށަން ދޭ ގޮތައް.