ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ނިމެންދެން އެމަނިކުފާނު ހައްޔަރު ކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތް މިއަދު ހައިކޯޓުގައި ފެށުމަށް ފަހު ޝަރީޢަތުގެ އަޑުއެހުން ސިއްރު ކޮށްފިއެވެ.

ޔާމީންގެ އަޑުއެހުން ސިއްރު ކުރީ ބަންދުގެ މުއްދަތު ޖެހުމުގެ އަމުރުތައް އިސްތިއުނާފް ކުރުމުން ކުރިއަށް ގެންދާ ޝަރީޢަތްތައް ސިއްރު ކުރަން ހައިކޯޓުން ގެންގުޅޭ އާއްމު އުސޫލުގެ ދަށުން ކަމަށް ވެއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ. ޝަރީޢަތް ނިމެންދެން ޔާމީން ހައްޔަރުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ފެބްރުއަރީ 18 ގައެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލިތާ މަހެއްހާ ދުވަސް ވާން ކައިރިވެފައި ވާއިރު އެމައްސަލައިގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

މަނީ ލޯންޑްރިން ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ. އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ބަދަލުގައި ޔާމީން އޭސީސީ އާއި އެކު ހުޅުވި އެކައުންޓަށް ޖަމާކޮށްފައި ވަނީ ކުރީގެ ޓްއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އަތުން ނެންގެވި ފައިސާއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލާގެ ތަހުގީގަށް ފުލުހުން ހޯދި މައުލޫމާތުތަކާއި، ހެއްކާއި ގަރީނާ އިން ފާހަގަކުރެވުނުގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އެ ފައިސާތަކުގެ ތެރެއިން އެއް މިލިއަން ޑޮލަރު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ފައިސާ އިން އެމަނިކުފާނު ވަނީ މާލީ މަންފާތަކެއް ލިބޭ މުއާމަލާތްތަކެއް ހިންގަވާފައެވެ.

ޔާމީން ވެސް ވަނީ އެސްއޯއެފް އިން ޖަމާކުރި ފައިސާ އިން މާލީ މުއާމަލާތްތައް ހިންގެވި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެސްއޯއެފްގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރިއިރު އެއީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅުން ހުރި ކުންފުންޏެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް އިން ޖަމާކުރި މައްސަލައިގައި އެމަނިކުފާނު ފުލުހަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހު އެވެ. މައްސަލައިގައި ޔާމީންގެ ބަޔާންތައް ނިންމާ ބަޔާންތަކުގައި ސޮއި ކުރުވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 08 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ާއީމާން

    ޒާތީ ވެގެންނޫޅުއްވާ
    ރަޢީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަން

    37
    3
  2. ބޮޑުބެ

    މިސަރުކާރުން ފާޅުގައި ކުރާ ކަމެއް އެބަހުރިތޯ

    20
    1
  3. ހާތިފު

    ރައީސް ޔާމީން ދޫކޮށްލާކަށް ނުކެރޭނެ. 1 ބިލިއަން އާބާދީ ވެރިޔާ އަންގަވައިގެން، ދިވެހި ގައުމުގެ ވެރިކަން ކުރި ބޭފުޅަކަށް ދޭ އަނިޔާ ނިކަން ދެކެބަލަ. މީހެއްގެ ދަށުވިއަސް ފުކެއް ބޮޑުވަރުދޯ؟

    19
    1
  4. އައިޝާ

    ދިވެރާއްގެ ތަރައްޤީގެ ބާނީ ރައީސް ޔާމީނަށް އަނިޔާވެރިނުވެ މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަން

    21
    1
  5. ސޫދު

    ގައިމު ހުސްނު ސޫދުބުނި އަޅުގަޑުމެން އެދޭ ސަރުކާރެއްގަ ޝަރީއަތްތައް ސިއްރު ނުކުރާނަމޭ، އިންޓެލިޖަންސް ރިޕޯޓަކަށް މައްސަލަ ނުނިންމާނަމޭ، ރައްޔިތުންނަށް ހުޅުވާލައިގެން، ޝަރީއަތްތައް ލައިވްކޮށް ދައްކަމުންނޭ އިންސާފު ގާއިމް ކުރާނީ.

    18
    1
    • ޝައިނާ

      ދަރިފުޅާ، ޔަހޫދީންނަކީ ދޮގުގެ އަހުލުވެރިންނޭ. މުނާފިޤުންނަކީ، އެމީހުން ބުނާގޮތްނޫން ގޮތަށް ކަންކަން ކުރާ މީހުން. ހިތުގައި އޮންނާނީ އެހެން އެއްޗެއް އަނގައިން ބޭރުވާނީ އެހެން އެއްޗެއް. ﷲ ގެ ރަހުމަތުން، މިމުސީބާތުން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރޭ. މަޖްލިސް މޑޕ އަށް ދިޔަނުދީ. ސަލާމަތްކަން އެދޭނަމަ، އަމިއްލަ އެދުން ދޫކޮށްލާ، އިސްލާމްދީނާއި، ޤައުމު އިސްކުރޭ. ރާއްޖެއިން ބޭރަށްދާނެ ޓިކެޓް ގަނޑެއް، ފުލެޓެއް، ނުވަތަ ޖަލުގައި ހުރި ދަރި ދޫކޮށްލުމަށް އެދި ވޯޓު ނުލައްވާ. މެންބަރުންނަށް ވޯޓު ލުމަކުންނޫން ރަށުގެ ތަރައްޤީ ހިންގޭނީ. އެއީ ދިވެހި ދައުލަތުގެ މައްޗަށް ކުރުން ލާޒިމު ކަންކަން. އެކަން ކޮށްދޭންޖެހޭނެ.

  6. ނަންނަަ

    މިހާރުން މިހާރަށް ރައީސް ޔާމިން ދޯކޮށްލާ

    16
    1
  7. އެޖެންޑާ 19

    ބޭއިންސާފުން އަނިޔާ ދެމުންދާ ރަޢީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލާ، އެ މަނިކުފާނަކީ މިގައުމުގެ ހުރިހާ ރައްޔިތުންނަށް ފައިދާހުރި ތަރައްގީތައް ކުޑަދުވަސްކޮޅަކުން ގެނެސްދިން ތަރައްގީގެ ބާނީ، އެމަނިކުފާނު ރައީސަކަށް ހުންނެވިނަމަ މިހާރުވެސް އިސްރަށްވެހިންނަށް 7000 ރުފިޔާ އަދި ނުކުޅެދޭ ކުދިންނަށް 5000 ރުފިޔާ ލިބޭނެ، ރައްޔިތުން ހޮވީ ރައްޔިތުންނަށް ހެޔޮއެދޭ ރައީސަކު، ކިނބޫ ވެރިކަން ނިގުޅައިގަތީ ބޮޑެތި ރިޝްވަތާއި މަކަރުހަދައިގެން، ﷲގެ އިރާދަފުޅުން ﷲގެ އިރާދަފުޅުން އީސީގައިތިބި ރިޝްވަތު ބަނޑުމެންނަށް ހަލާކު ޖައްސަވައި އަދި އަވަސްގޮތެއްގާ ސަރުކާރު ނެތިކުރައްވާށި އާމީން.

    18
    2
  8. ޒުހުރާ

    މަޖްލިސް މޑޕ އަށް ދިޔަނުދީ. ސަލާމަތްކަން އެދޭނަމަ، އަމިއްލަ އެދުން ދޫކޮށްލާ، އިސްލާމްދީނާއި، ޤައުމު އިސްކުރޭ. ރާއްޖެއިން ބޭރަށްދާނެ ޓިކެޓް ގަނޑެއް، ފުލެޓެއް، ނުވަތަ ޖަލުގައި ހުރި ދަރި ދޫކޮށްލުމަށް އެދި ވޯޓު ނުލައްވާ. މެންބަރުންނަށް ވޯޓު ލުމަކުންނޫން ރަށުގެ ތަރައްޤީ ހިންގޭނީ. އެއީ ދިވެހި ދައުލަތުގެ މައްޗަށް ކުރުން ލާޒިމު ކަންކަން. އެކަން ކޮށްދޭންޖެހޭނެ.

  9. ބުރޯ

    ތިޔައީ އެއްވެސް މައްސަލައެއްނޫން .ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ އެއް އޭނަ ބޭނުން ކޮށްފި ނަމަވެސް އެއީ ގޯސްފައިސާއެއްކަން އެގުމުން އަބުރާ އެފައިސާ ދީފި . އަދި އެކުންފުނިން 155 ފަރާތަށް ފައިސާ ޖަމާކުރި ވާހަކަ ބުނާއިރު އެންމެ ފަރާތެއްގެ މައްސަލަ ބަލާ ތަހުގީގު ކޮށް ސަރީއަތަށް ހުށަހެޅުމަކީ ގާނޫނުއަސާސީގެ 17 ވަނަމާއްދާއާ ހިލާފުވާކަމެއް. އަދި ޔާމ،ީނާމެދު ޒާތީ ހަސަދަ އެއް ޕީޖީ އާ ޕޮލިހާ ސަރުކާރުންވެސް ގެންގުޅޭކަން ސާބިތުވާ ހއްކެއް.

  10. ޥވ

    ޢަސްލު ދެން ރައްޔިތުން ނަށް ވިސްނޭނެ ބާ.

  11. ސަމާ

    ސިއްރުކުރާކަށް ނުޖެހޭނެ. ހުރިހާރއްޔިތުންކުރިމަތީގައި ޝަރީޢަތް ކުރަން ގޮވާލަން. އެމަނިކްފާނުވެސް ބޭނުންފުޅުވަނީ އެގޮތަށް.