ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް (ޑީޕީޖީ) ގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޑީޕީޖީ ކަމުން ނިހާޔަތު އިސްތިއުފާ ދެއްވާފައިވަނީ އިއްޔެ އެވެ.

ޑީޕީޖީގެ މަގާމާއެކު ނިހާޔަތު ޕީޖީ އޮފީހާއި ގުޅިވަޑައިގެންނެވީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

ނިހާޔަތު، އެސިސްޓެންޓް ޕީޖީގެ މަގާމާ ހަވާލުވެ ވަޑައިގެން ޕީޖީ އޮފީހާއި ގުޅިވަޑައިގެންނެވީ ޖެނުއަރީ 17، 2016 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ޑިސެމްބަރު 31، 2015 ގަ އެވެ. ގިނަ އަހަރުތަކެއް ވަންދެން ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީ ކަން ކުރައްވާފައެވެ.