ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރ.ފުއްގިރި މައްސަލައިގައި ހިމެނޭ އަހުމަދު ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ން ނިންމައިފިއެވެ.

ފުއްގިރި، މައްސަލަ ޖެހިޖެހިގެން ފަސް ފަހަރަށް ވަނީ ކެންސަލް ކޮށްފައެވެ. އެންމެ ފަހުން ތާވަލް ކުރި ފަސް އަޑުއެހުން ވެސް ކެންސަލް ކުރަން ޖެހުނީ ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ.

ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މިމައްސަލައިގައި ދައުލަތުން ދައުވާ ކުރެއެވެ.

ޕީޖީން ބުނީ ކުރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާއި ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.

އަދި ކުރިކް ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށް ޕީޖީން ބުންޏެވެ.

ކުރިކްގެ ބައިގައި ދިމާވި މި ހާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ގާނޫނީ ގޮތުން އޮތީ ބަންދުވެފައި ކަމަށްވެސް ޕީޖީން ބުންޏެވެ.

އެހެންކަމުން މި މައްސައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާއި ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެންނާތީއާއި, ކުރިކް ހުށަހެޅި ހެކިތަކާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, ކުރިކްގެ މައްޗަށް ކޮށްފައިވާ ދައުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދިނުމަށް ދަންނަވާފައިވާ ކަމަށް ޕީޖީން ބުނެފައި ވެއެވެ.

ޔާމީނާއި ކްރިކް ރިޒާގެ އިތުރުން ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ވެސް މިމައްސަލައިގައި ދައުލަތުން ދައުވާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހޭއަރާ ޕީޕީއެމް

    ކަލޯގަޔާ. މިއުޅެނީ ރައްޔިތުން މަގުމަތަކަށް ނެރެންތޯ؟ސީދާ ޔާމީން ޖަލަށް ނުލެވިގެން އިތުރު ހުކުމެއް ޖެހުން އަވަސް ނުކުރެވިގެން ތި އުޅެނީ.މިހާރު ދެން ތި މާމައްޗަށްދަނީ.

    88
    3
  2. ޖާނޭ

    ބަލަގަ ތިޔާ ހެދޫ ކިހުނެއް؟

    45
    1
  3. ޔާރުނޭ

    ކޮންފަދަ ކަންކަމެއްބާ މިއީ
    މި ވެރިކަން ކިހިނަކުންބާ ނިމޭނީ

    67
    2
  4. ހެ

    ޔާމީން މަރާނުލެވިގެން އުޅޭހެން ހީވަނީ.

    69
    1
  5. ޖައްބާރު

    މިވެރިކަން ނިންމަން އެންމެން ނުކުންނަންވީ

    71
    3
    • ކިޔުންތެރިއެއް

      މާލަސްވެސް ވެއްޖެ.

      4
      1
  6. ހސހހސ

    ހމ ވަކި ބައެއްގެ އެއްޗެއް އަދުލު އިންސާފަކީ

    55
  7. ހިކި ކިރު

    ރިޒާއެވެ! އަވަހަށް ލަސްނުކޮއް މަނިކުފާނުވެސް ޕީޖީގެ އަރިހުން މަޢާފް އަށް އެދި ތަޢުބާވުމުން ޕީޖީގެ ހިތް ތިރިވެ، މަޑުމޮލިވެ، ހަމްދަރުދީވެގެން އަލީ ވަހީދާއި ދޭތެރޭ ކަންތައް ކުރިގޮތައް މަނިކުފާނާއި ދޭތެރޭގަވެސް ކަންކޮއްފާނެކަނަށް ލަފާކުރެވޭތީވެ ދަންނަވާލީއެވެ. ވ ވެދުން.

    55
    1
  8. 2023

    އެކަމަކުވާ. ހާދަ ފާޅުކަން ބޮޑު ގޮތެއްގައޭ ވަކި ކަމެއް ކުރަން މިވެރިން މިއުޅެނީ އިސްލާމީ ޝަރީއަތާ އިސްލާމީ އިންސާފާ އަދުލުވެރިކަމާ ކަނޑައެޅިގެން ހިލާފަށް ތިކަން ތިކުރަނީ މައްސަލައިގައި ހިމެނޭ ބަޔަކު އެއީ ހެކިންނަށް ހަދާ، ހެކިންނަށް ބުރައިބުކޮށް ހެކިންގެ މައްސަލަ އަނބުރާ ގެންގޮސް

    51
  9. ކޮވިޑް

    ސަދޫމް، ސަދޫމް. ޔާ ﷲ މި ނުބައި ނުލަފާ ވެރިކަމުން މި ޤައުމާ ރައްޔަތުން ސަލާމަތް ކޮށް ދެއްވާ، މި ނުބައި ނުލަފާ ރޭވުން ތަކުން މި ޤައުމު ސަލާމަތް ކޮށް ދެއްވާށި އާމީން.

  10. ވޭލާ

    ތިވާނީ ކުރިކު ރިޒާ މިލއަނުން ރުފިޔާއިން ސަމީމުގަނެލީކަމަށް

  11. ޒުރާރު

    ބޮޑެތި ވައްކަން ކޮށްގެން ފަޅާއެރީމަ ދެން މިކިޔަނީ ކީކޭތަ

  12. ޙެހެހ

    އާނ ތީ ހަމަ ރަށުތެރޭގައި ކިޔާ ވާހަކަ ، ޔާމީން ދޫވެސް ކޮށްލާނެ ، އަދީބުވެސް ފުރުވާލީނު ،
    މިޤައުމުގެ ރައްޔިތުން އުޅޭނެ ކަމެއްނެތް ، ސިޔާސީ ބައިގަަޑަށް ޤައުމު ދީފަ ދާންވީ ، ހަމަ މިމީހުން ބޭނުންވީމަ ކޮންމެކމަެއްވެސް ވަމުން އެދަނީ

  13. ރާނީ

    ރައްޔިތުންނޭ އަދިވެސް ކަލޭމެން ބަލަން ތިބެންވީތަ މާދަމާ ކަންނޭގެ ކަލޭމެން މީހެއްގެ ބައްޕަ ނުވަތަ ބޭބެއަށް މިފަދަ ކަމެއްކުރާނި މިނުލަފާ ޖައްބާރު ކަލޭގެ ވެރިކަން ނިންމަން މަގުމައްޗައް ނިކުންނަން ގޮވާލަން މި މުސީބާތުން މިޤައުމު ސަލާމަތް ކުރަން ނިކުމޭ އެބްމެން. އަންނަ ހުކުރު ދުވަހު ހަވީރު ހުރިހާ ރައްޔިތުން ނިކުނެ މަ ސަރުކާރު ވައްޓާލަން ގޮވާލަން މިތަން ސަދޫމައްވެ ނިމިއްޖެ.

  14. Anonymous

    އެހެންވޭތަ؟