އެމްޑީޕީ ޕްރައިމަރީ ނާކާމިޔާބުވެވަޑައިގަތުމުން އަމިއްލަ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)އަށް އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ނަޝީދު މިއަދުވެސް ވިދާޅުވީ ޕްރައިމަރީން ބަލިވި ކެނޑިޑޭޓުންގެ ތެރެއިން މަޖިލީހަށް ނުކުތީ، އެމްޑީޕީ އުސޫލު ގަބޫލު ކުރާ އެންމެ މީހެއް ކަމަށެވެ. އެކަނިކުފާނު އެހެން ވިދާޅުވި އިރު، ރައީސްގެ ސްޕެޝަލް އެންވޯއީ އަދި އެމްޑީޕީގެ އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ ޖާބިރުވެސް ވަނީ ނުކުންނަވާފައެވެ. އެހެން ނަމަވެސް، ނަޝީދު މިއަދުވެސް ބަހުގެ ހަމަލާ އަމާޒުކުރެއްވީ ރުކުމާ އަށެވެ.

"އަޅުގަނޑުމެންގެ ބަލިވި ކެނޑިޑޭޓުން ނެރުމަށް ސްޕްރީމް ކޯޓު މެދުވެރިކޮށް ބަޔަކު އޭއްޗެކޭ މީއްޗެކޭ ކިޔުއްވައިފި. 86 ދާއިރާގެ ތެރެއިން ހަގީގަތުގައި ނުކުތީ އެންމެ މީހެއް. އެމްޑީޕީގެ އުސޫލުތަކެއް ގަބޫލުކުރާ، ހަމަތަކެއް ގަބޫލުކުރާ އެންމެ މީހެއް. ހެންވޭރު ދެކުނަށް އަހުމަދު. އޭނާއަކީ ދާއިރާގައި މިހެން އުޅެ، ކައުންސިލް މެމްބަރަކަށްވެސް މިހެން އުޅެ، އަދި އެއަށްފަހު މަޖިލީހަށް އިންތިހާބުވި ބޭފުޅެއް. އަޅުގަނޑު އުފާވަނީ 86 ދާއިރާގެ ތެރެއިން މި ފެނުނީ އެންމެ ކުއްޖެއް. އަޅުގަނޑު އުންމީދުކުރަން އަހުމަދުވެސް އަލުން އަނބުރާ ރަނގަޅު ގޮތަށް އައިސް، މި މަސައްކަތް އެތަނުގައި ނުކުރައްވާނެ ކަމަށް. ކުރައްވައިފިއްޔާ ހުރިހާ ހެންވޭރު ގެއަކަށް އަހަރެން ވަންނާނަން. އިރާދަ ކުރެއްވިއްޔާ އެ ގޮނޑި މާ ބޮޑަށް ނަގާނަން،" ނަޝީދު ރުކުމާއަށް ވިދާޅުވިއެވެ.

އެމްޑީޕީން ރާއްޖޭގެ މެޖޯރިޓީ ނަގާނެ ކަމަށް ނަޝީދު މިއަދުވެސް ވައުދުވެ ވަޑައިގެންނެވި އިރު، އެމަނިކުފާނު ވިދާޅުވީ ފަސޭހަކަމާއެކު މާލޭގެ ގޮނޑިތަކުގެ އިތުރުން އައްޑޫގެ ގޮނޑިތައް ނަގާނެ ކަމަށާއި، މުޅި ރާއްޖެއިން 50 އަށްވުރެ ގިނަ ގޮނޑި އެމްޑީޕީއަށް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

  1. މމ

    20 ލިބުނަސް ރަގަޅު. މޮޔަ މީހާއަށް.

    70
    4
    • ބޭބެ

      އެމްޑީޕީއަށް އެންމެ ގޮނޑިއެއްވެސް ދޭނެކަމެއް ނެތް! ގައުމުގައި ސަކަރާތްޖަހަން އުޅޭ ބައެއްތީ! ހަމަ ގައުމުގެ ހަލާކު!

      34
      2
  2. ބޯހަލާކު

    ކަލޯ ހާދަ ވަރެކޭ ތިވަނީ ބޮޑު ވަޒީރުކަން ބޭނުން ވެގެން

    94
    5
  3. ބޯހަލާކު

    ތިވަރުން ނޫޅުނަސް ބޮޑު ވަޒީރުކަން ލިބޭނެއޭ.ކެތް ކޮއްބަލަ

    56
    9
  4. ހެހެ

    ހެންވޭރު ހުރިހާ ގެޔަކައްވަނަސް ބޮޑު ވަޒީރު ކަމެއް ނުލިބޭނެ

    98
    3
  5. ދޮންކަލޯ

    މީނާމިހުރީ ދުނިޔޭން މޮޔަވެފަތަ

    94
    3
  6. ބަބުރު

    މި ލާދީނީ ނަޝީދު މީ ހާދަ ފިނޑިމީހެކޭދޯ، ޕޯޑިއަމްތަކަށް އަރާ އާންމު ރައްޔިތުންނަށް ނޫނީ ސިޔާސީ ވާދަވެރިއަކަށް އިންޒާރެއް ނުދީ މީނާއަށް ކެންޕޭނުވެސް ނުކުރެވޭދޯ. ރައްޔިތުންގެ ތާއީދު ބޮޑު ޕާޓީއެއް ވިއްޔާ ދެން ކީއްކުރަން މީހުންނަށް ދޭ އިންޒާރެއް.

    88
  7. ޖާބިރުދެކެ ގަންނަ ބޮޑު ބިރު

    ޖާބިރާ ބެހޭގޮތުން އަންނި ބަހެއް ނުބުނެ އެހުންނަނީ ޖާބިރަކީ ދަލުބޭރުން ޖެހިގެން އުޅޭ މީހަކަށް ވާތީތަ؟ ނޫނީ ޖާބިރުދެކެ އަންނި މާބޮޑަށް ބިރު ގަންނަނީތަ؟

    81
    • ޖެލް

      ޖާބިރު ކިޔަން ހުރި ތަކެތި މާ ގިނަވާނެތީ ކަމަށް ލަފާކުރެވެނީ. އެ އަނގަ ހުޅުވައިގެން ފަލީހަތްވާން ބޭނުންނުވަނީ އިތުރަށް.

  8. ތެދުވެރިޔާ

    އާނ ކަލޭ ވަރަށް މޮޅުވާނެ ގޮނޑި ވަގަށް ނަގަން ތިކަންވާނެ ހުރިހާގެއަކަށްވަދެ ކުރަން ބޯހަލާކު.

    72
    1
  9. ޙަހަ

    މީދެން ކާކުތަ، ދުވަސްކޮޅަކުން އިބޫވެސް ކަލޭ އެއްފަރާތްކުރާނެ، މީނަގެ އުނދަގުލާހެދި އިބޫއެއުޅެނޫ ސަލާމަތް ނުވެވިގެން... ކަލެއަކަށްނެތް ތާއީދެއް ކަލޭތީކާކުތަ ބޯގޯސް

    48
    2
    • ދދދދދދ

      މިހާރުވެސް އެއްފަރާތް ކޮށްފަ ހުރީ.

      19
      1
  10. ގޑން

    އިންތިޚާބުގެ ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފުކަމެއް. ނަޝީދުކުށްވެރިވެއްޖެ. މިކަން ބަލާނެ ބަޔަކު ނެތްބާ އީސީ ކޮބައިތޯ؟

    50
    1
  11. މަރީ

    ކަލޭ ވެދީޔާތާ އަހރިމެން ގެއަ އާސްބަލަ ކަލޭ ވައްދާތޯވެސް ބަލަން ބުނަން މޮޔަ ނަސީދު ކަލޭ ތިހީކުރަނީ މާމަތިން ތީ މުހަންމަދަކަސް ތީ ބޮޑު ޖޯކެއް ެެެެެެެެެެެެެ

    41
    1
  12. ސަމްބެ

    ބޮޑު ވަޒީރު އެބުނާ ގޮތުން ވިއްޔާ ރުކުމާއަށް ލިބޭނެ ވޯޓެއް ނެއް މަހުން ނާނީބަލަން

    33
    2
  13. ޣޮޑިނަގާ.

    ކުޑަކުދިން ކިޔަވަން އިށީންނަ ގޮޑިތަކާ ކާންއިށީންނަ ގޮޑިތަކާ ޚާއްސަ އެހީޔަށް ބޭނުންވާ މީހުންގެ ގޮޑިތައްވެސް ގެއްގޮސްސާނެ އެގޮޑިތައްއަވަހައްރައްކާކުރެ. ސްކޫލްތައްހުޅުވަން ވަރައްކާރިވެއްޖެ. މީހުންނައް އުދަގޫކުރަން ނަޝީދުވަރެއްނުހުންނާނެ. ކުލަލާން ހަރުގަޑަށް ނާރަންވެގެން އެރީ މީހެއްގެ ކޮޑަށް. އޭނަގެ ކޮޑުހުޅުވެސްނެއްޓިއްޖެކަންނޭގެ.

    29
    1
  14. ޏިށާ

    ނުދޭ ނަން ތި އަންނި ގެ އެއްވެސް އައުވާނަކަށް ވޯޓެއް

    46
    2
  15. ހަމަސާބަސް

    ކޮންމެ މީހަށްވެސް މެމްބަރުކަމަށް ކުރިމަތިލާ އެކަމަށް މަސައްކަތްކުރުމުގެ ހައްޤުއޮވެ. މިއީ ފުކެއްބޮޑުވަރު. ރނ މިކިޔާލަވަޔަށްތަ ޑެމޮކްރަސީއޭ ކިޔަނީ. އޮޅިއްޖެ ބަލަ ރައްޔިތުމީހާ ވޯޓުލުމުގެ ހައްޤަކަށް އުނިކަމެއް އަންނާނޭހެން މަސައްކަތެއް ނުކުރެވޭނެ. ވެރިކަމާހެދި ބޫތު ނުކަނީ ކާކުބާ؟

    36
    1
  16. އަލީ

    ގޭގެޔަަށްވަދެ ގޮނޑިތައް ގެންދާ ވާހަކަދޯ

    34
    1
  17. ޖަލީލު މާއުނގޫދޫ

    ޚޮކޮންފޮނިބައިސާއެއް އާބިދާވެސް މިފަހަރު ދޭނެކަމާމެދު ސައްކު ކޮން ބޮޑުވަޒީރުކަމެއް ކުރާޖައްތަ ތިއުޅެނީ އެހައް ތައުބާވެ ބަސް އަހަން ދަސްކޮއްބަލަ..

    23
    1
  18. ކޮރަލް

    އަނދުން އެއީ އިސްތިއުފާ ދޭން ޖެހޭ މީހެކެވެ. އެއުޅެނީ ނުލަފާކަން ދައްކާލަން ވެގެންނެވެ، ރައްޔިތުންގެ ނުލަފާކަން ދައްކާ ލަން ވީއެވެ.

    11
    1
  19. ޞިރުވޯ

    ބޮޑުވަޒީރުން ކަން ހާދަ ބޭނުންވެގެންނޭ ތިއުޅެނީ، މިދިވެހިރާއްޖޭގެ ރައީސު މިހާރު އޮޅިއްޖެ

    12
    1
  20. އެންދެރި

    އަންނި ކުރިމަތި ލާފަ ހުރި ދާއިރާގެ ހުރިހާ ގެއަކަށް ވަދެ އެންމެންނަށް އޭނަ ދީނޭ ކިޔައިގެން ދައްކާ ފަހުރި ވާހަކަތައް ކިޔާ ދިނުމަކީ ކޮންމެ ރައްޔިތެއްގެ ވާޖިބެކެވެ.

    13
    1
  21. އިކްލީލާ

    20 ގޮނޑިވެސް މި އިންތިޚާބުން އެމްޑީޕީއަށް ނުލިބޭނެ އިންޝާއަﷲ

    19
    2
  22. ާއދ.

    ތިހާފަސޭހަ ކަމާއެކު ވާކަމެއް ދެންތި ތެޅެނީ ކިހިނެއްވެގެން

    11
    1
  23. މަރީ

    ޢެންމެފަހުން ކަލޭވާނީ ބޮޑު މޮޔަ ޖޯކަކަށް މިރާއްޖޭގައި މޮޔަ ނަސީދު ގެ ނިމުން ވަރަށް ހިތިވާނެއް

    14
  24. އައްޔަ

    ރުކުމާ ނުހެދޭނެ ނަޝީދުގެ އަޅަކަށް ރުކުމާ އެއީ އެއައްވުރެ ހިތްވަރު ގަދަ މީހެއް

    24
    1
  25. ހިތުން ބޮޑުވަޒީރު

    މަޖިލިހަށް ކުރިމަތި ލާން ބޭނުމިއްޔާ ކުރިމަތި ލުމަކީ ކޮންމެ މީހަކަށްވެސް އޮތް ހައްގެއް. އަދަބު ސަދަބު ދަސް ކުރަން އުޅެބަލަ. ކަލޭ ތިހިރީ ޒަމާން ގޮއްސަ. ގޭގޭ ގަރުދިޔަ ތެއްޔަށް ބޯ ބާނަމުން ދުވިޔަކަސް ބަޔަކު ކަލެއާއިގެނެއް ނޫޅޭނެ. ދިވެހިން ތިބީ ދިވެހިންގެ ރައީސާއެކު. އޮޅިގެން ނޫޅޭ

  26. މީހާ

    ޔާﷲ މި ނުބައިމީހާގެ ގަދަބަސް ވިހަޔަކަށްވެ، މި ނުބައިމީހާ ނިކަމެތި ކުރައްވާ، ރުކުމާއަށް ގޮނޑި ކާމިޔާބުކޮށްދެއްވާފާންދޭވެ.. އާމީން

    17
  27. ޗިއްލޫ

    މިދެންކާކުތަ ހުރިހާތަނަކައް ބޯކޮއްޕަމުންމިދަނީ، ކަލޭތީ ޑިމޮކުރެސީގެ ކަންފުޅެއްވެސް ދަންނަމީހެއްނަމަ އެމްޑީޕީން ބޭއްވި ޕުރައިމަރީއަށް ނުފޫޒުފޯރުވާ މަކަރާހީލަތް ހަދައިގެން ވަކިބަޔަކު ނުނެރޭނެ!

    11
  28. ހުސެން

    ރުކުމާ އަތުން ގޮނޑި ވަގަށް ފޭރިގަތީ ވަގު ވޯޓް އަޅައިގެން .މިހާރުވެސް އަލުން ރިކައުންޓަކަށް ދޭބަލަ.މިނިވަން އިންތިހާބީ އޮޑިޓަރެއް މެދުވެރިކޮށް އެމްޑީޕީ ޕްރައިމަރީ ކަންތައް ބެލީމާ މިކަން ސާފުވާނެ،ނަޟީދު ބޭނުންވީ ރުކުމާ ކަޓުވަން.ގާތްގަނޑަކަށް 7-33 ވޯޓު ދޭތެރޭގައި ކެޓ ި ހުރިހާ ކެންޑިޑޭޓުން ކޯޓުތަކަށް މި މައްސަލަ ވައްދާ އަލުން ރީކައުންޓެއް ހަދަން ފެނޭ އަދި ވޯޓިންގް އޮޑިޓެއް މިނިވަން ފަރާތެއް މެދުވެރިކޮށް އަލުން ޕްރައިމަރީ އެއް ބާއްވަން ކޯޓުތަކުގައި ޓަކި ޖައްސަވާ.ޕްރައިމަރީ އަކާ ނުލައި އީވާ ،އިންތި ،ބިގޭ އަށް ތަބަކަށް ލާފަ ގޮނޑި ދީފަ އެހެންމީހުން ޕްރައިމަރީ އެއް ދާންބުނުމަކީ ނަޟީދު ތިލަފަތުގައި ހަމަހަމަ ކަން ނެތް ކަމުގެ ފުރިހަމަ ދަލީލް

    14
    • ވެރިން

      އެތިލަފަތުގެ އަޑީގަ މެގްނެޓެއް ތަތް ކޮއްފަ ހުރީ.އެހެންވެ އެއްކޮޅަށް ބަތުވަނީ

  29. ޒަވިޔަނި.

    އެމްޑީޕީ އަށް މެޖޯރިޓީ ދޭން ހެޔޮނުވާނެ.

    21
    1
  30. މެގަ ވޯޓު

    ފުރަތަމަ ވުޟޫ ކުރަން ދަސްކޮއްފަ އެހެން ކަމަކާ އުޅެބަލަ.

  31. އަހްމަދު

    އީސީމެމްބަރުންނަކަށްނޭނގޭތަ އަންމި ކެނއޑިޑޭޓެއްގެ ހައްގައް އަރައިގަންނަކަމެއް އެކަންނުހުއްޓުވާނަމަ ޝަރީފް އިސްތިޢުފާދޭންވީނު

  32. ފުރަތަމަ

    ފުރަތަމަ ޝަހާދަތް ކިޔަން ދަސްކޮށްބަލަ

  33. ޤައުމު

    މީނަ ހަވަރަށް ދޭންވީ ދުވަސް އަވަހަށް ދައްކަވާށި! އާމީން.

  34. އަހަނ

    ޖޭޕީއާ ދިމާއަށް ކިއީ ޖޭޕީންވެސް ދާއިރާތަކަށް ކުރިމަތިލާށޭ، ތާއީދު އޮތިއްޔާ ހޮވޭނޭ. ރުކުމާއަށް އެވަރުގެ ހައްގެއްވެސް ނެތީތަ؟ ކޯޓުން ހުއްދަ ދީގެން ބައިވެރިވިއަސް ރުކުމާ ހޮވެންޔާ ހޮވޭނީ ހަމަ ރައްޔިތުންގެ ވޯޓުން ތާއީދު އޮވެގެން.