އިދިކޮޅުން މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އެ އެއްވުމަށް ފަހު ބޭއްވި ހުރިހާ އެއްވުން ތަކުގައި ބައިވެރިވި އާންމުންގެ އަދަދު އާދަޔާ ހިލާފަށް ދިޔައީ މަދުވަމުންނެވެ.

އިދިކޮޅު ފަރާތް ތަކުން މިހާރު ބާއްވަމުންދާ މުޒާހަރާ ތަކާއި އިހުތިޖާޖު ތަކުގައި ފަހަކަށް އައިސް ބައިވެރިވާ މީހުންގެ އަދަދު މަދުވާ ސަބަބާއި ގުޅޭ ގޮތުން " ވަގުތު " އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޖުމުހޫރީ ޕާޓީގެ ހަރަކާތް ތަކުގައި އިސްކޮށް އުޅުވާ ޑރ އަބްދުﷲ މައުސޫމް ވިދާޅުވީ މިހާރު އިދިކޮޅު މުޒާހަރާ ތަކުން މިހާރު އެހާ ގިނަ ބަޔަކު ނުފެންނަނީ އެއީ ބޮޑު އެއްވުން ތަކަކަށް ނުވާތީ ކަމަށެވެ.

" އަޅުގަނޑުމެންނަށް ފެނޭ ދެއްތޯ އިދިކޮޅު ފަރާތް ތަކުން ބޮޑު އެއްވުމެއް ބާއްވައިފި ނަމަ މީހުން ނިކުންނަ ވަރު. އަސްލު ހަގީގަތުގައި އިދިކޮޅު މުޒާހަރާ ތަކުން މިހާރު އެހާ ގިނަ ބަޔަކު ނުފެންނަނީ އެއީ ބޮޑު އެއްވުން ތަކަކަށް ނުވާތީ " މައުސޫމު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތް ތަކުން އިތުރު ބޮޑު އެއްވުމެއް ބާއްވަން ރާއްވަމުން ދޭތޯ " ވަގުތު " ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ވިޔަސް އިދިކޮޅު ފަރާތް ތަކުން ބޮޑު އެއްވުމެއް ބާއްވާނަމަ އެކަން ޕާޓީ ތަކުން މަޝްވަރާ ކުރުމަށް ފަހު ހާމަކުރާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މި މަހު 16 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ސަރުކާރު ހުއްޓުވާ ސަރުކާރު ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ އަށް ފަހު ޖެހިގެން އައި ދެރޭ ވެސް މުޒާހަރާ ކުރިއަށް ދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އިއުލާން ކުރި ނަމަވެސް ރޭ އެއްވެސް ވަރަކަށް މުޒާހަރާ ކުރިއަކަށް ނުދެއެވެ.

އިދިކޮޅު މުޒާހަރާތަކަށް ލިބޭ ތަރުހީބު ކުޑަވެފައި މިވަނީ އިދިކޮޅު ޕާޓީތަކުގެ ސީނިއާ މެންބަރުންނާއި ސީނިއާ އެކްޓިވިސްޓުން މުޒާހަރާތަކުގައި ބައިވެރިނުވާ މައްސަލައިގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޕޮފުބާ

    ނުގަންނާނެލަދެއް 4މަސް ކުރިން ބޮޑް 16 ބޮޑު ހުކުރު ގޮވަގޮވާތިބީ 200 ވެސް ހަމަނުވި ލަދެއްވެސް ނުގަތް ރޭގަވެސް 45 މީހުން މުޒާހަރާގަ 3މީހުން ހައްޔަރުކުރީމަ ދެންތިބި 42 މީހުން ފިލައިފި

  2. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކަސްބިއަނޭ ދަ އުނގުވިއްކައޭ ދަ ދެބަ އޮޑުވައޭ ދަ ސޮމާލިޔަނޭ ދަ ލާދީނިއަނޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

  3. މާމިގިލީ ކަމަނަ

    ބަލަ މުޒާހަރާއަށް މީހުން ނުކުންނަވަރު މަދެއްނޫން....
    ވިސަންއޮޕްޓިކަލްސައް ދާންވީނު ލޯދައްކަން....

  4. ހިނި

    ހަމަ ހިނި އަންނަނީ މަ. ތި ކިޔާ ބޮޑު އެއްވުމެއް ނުބޭއްވުނެންނު. ތިކަމެއް ނުވާނެ. ގަމާރުން އިސްކޮށް އުޅެނީ. ދެން ކިހިނެއް ކަމެއް ކުރާނީ.

  5. ސަމީ

    އަނގައިން ދެރަނުވާތި ސާބަހަޭ، ތީހަމަ ތިޔަމީހުންގެ ވެރިމިހާގެ ވެސް ހުންނަ ޞިފައެއް

  6. ޑޮންޑޮންފުޅި

    ނުބައި އެއްޗެއް ބުނީމަ ގޯސްވާނީ އަހަރުން. ބޮޑު 16 ، ދެންވެސް އޮތް ބޮޑު ކިޔާފަ އަރާ ޕްރެސް ކޮންފަރަންސަތައް ދިން އިރު ކިޔީ ....ޔޭ ތަ؟ އެޔަށް ވުރެ ތެދެއް ހަދަންވީނު، ގިނަ މީހުން މުޒާހަރާ އަށް ނުކުމެ، ފުލުހުންނާ ސިފައިން ތިމަންނަމެނާއި އެއްބައިވިނަމަ ފިލާ ތިބި ހޮރުތަކުން ނުކުންނާނަމޭ

  7. ފަށަން

    ގާސިމުގެ ޚަރަދުގަ ކިޔެވިޔަސް ތިވަރަށް ދަށުވާކަށް ނުވާނެ. ޑރ ގެ ލަގަބަކީ ހާދަ މަތީ ދަރަޖައެކޭ. އެދަރަޖަ ލިބިހުރެ ގާސިމު ކަހަލަ މީހުން ދަށުވެ ތިކަހަލަ ވާހަކަ ދެއްކީމަ މީހުން ކުރާ ގަދަރު ގެއްލުންނޫން ކަމެއްނުވާނެ. ޕީއެޗްޑީ ހަދާފަ އައިސް ގާސިމްގެ ބޯއީ އަކަށް ވީމަ ހުތުރު ދެއްތޯ؟

  8. ހަމަ

    ބޮޑު އެއްވުން ކުޑަ އެއްވުން ޖެހެނީ އަމަ އެއްތާކު

  9. ނުރަބޯ

    މުޒާހިރާތަކާ އެއްވުންތައް އެހެން އެއްވެސް ގައުމެއްގައި ވެރިކަމާހެދި ބޫތުކައިގެނެއް ނުބާއްވައެވެ. ގައުމު ތަކުގައި މުޒާހިރާ ބާއްވަނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން އެ ގައުމެއްގެ އިގްތިޞާދު ހީނަރުވެ ގައުމު ފަގީރުވެ ބިކަވެ ތަކެތީގެ އަގުތަށް މައްޗަށްގޮސް ޢާއްމު ރައްޔިތުންނަށް ބޮޑެތި ދަތި ތަކެއް ތަޙައްމަލް ކުރަންޖެހުމުން ސަރުކާރަށް މެސެޖެއް ދިނުމުގެ ގޮތުންނެވެ. މިފަދަކަމެއް ނެތްނަމަ އިދިކޮޅު ޕާޓީތަކުގެ ޒިއްމާއަކީ ސަރުކާރުން ރައްޔިތުންގެ ލާބަޔާ މަންފާއަށް ކުރާކަންކަމުގައި އެއްބާރުލުންދީ އެހީތެރިވެދިނުމެވެ. އަނެއްކާ ރިޔާސީ އިންތިޚާބެއްގެ ވޯޓުލުން ކުޑަތަންވެފަ އޮއްވާ ވެރިކަމުގެ ބޭނުމުގައި ތެދުވަންވީ ކީއްކުރަންތޯއެވެ. ޞުލްޙަވެރިކަމާއި ވިސްނުންތެރި ކަމާއެކު، ތިމަންމެން ހޮވައިފި ނަމަ މާބޮޑެތި ފައިދާތައް ކޮށްދޭނެ ކަމުގެ މެސެޖް ރައްޔިތުންނަށްދީގެން ރައްޔިތުންގެ ހިތްތައް ފަތަޙަ ކޮށްގެން ހިމޭނުން ތިބެންވީނޫންތޯއެވެ. އެހެންނަމަވެސް މިގައުމުގައި މިބާއްވާ މުޒާހިރާތަކަކީ ސަރުކާރުގެ ޙިކްމަތްތެރި ސިޔާސަތުގެ ދަށުން ﷲގެ ވާގިފުޅާއެކު ކުރެއްވި މަސައްކަތުގެ ސަބަބުން ގައުމުގެ އިގްތިޞޯދު ރަގަޅުވެ، ތަކެތީގެ އަގުތައް ތިރިވެ ގައުމަށް މިއިންޒަމާނެއްގައި ނާންނަ ވަރުގެ ހަލުވި ވަރުގަދަ ތަރައްގީ އައިސް ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިފައިވުމާ އަދި އިތުރު ލުއިފަސޭހަ ތައްވެސް ލިބެމުންދިޔުމުގެ ސަބަބުން ރައްޔިތުންގެ ރުހުމާ ލޯތްބާއި ތާއީދު ސަރުކާރަށް ލިބެމުންދާތީ މިދާގޮތަށް ދާނަމަ ﷲގެ ވާގިފުޅާއެކު މިސަރުކާރު ހޮވޭނެކަން ޔަގީންވާތީ ވޯޓަކަށް ނުގޮސް ގަދަބާރުން ވެރިކަން ވައްޓާލާ ގައުމަށް ވެރިވެ ގަތުމެވެ. މިނޫން އެއްވެސް ބޭނުމެއް ފެންނާކަށްނެތެވެ.

  10. ޖޮއްބެ

    ބޮޑެއްނުވާނެތާ، އެއްވެސް އާރުލާ ސަބަބެއްނެތީމަކާ، ހުއްޓުވާލަން، ވައްޓާލަން، ނިއްމާލަން، ޖަހާ ތިރިއަރުވާލަން، ދޭތިންއެކަށްޗަކަށް، ނުލަފާކަންދައްކާލާނަން، މިފަހަރު ތިޔަހެނެއްނުވާނެ، ދަގަނޑުކެނޑޭނީ ދަގަނޑުން، ޗޯބީސްގަންޓޭކީ އަންދަރު، މިފަދަމިފަދަ ޝިޢާރުތަކާއެކު ތިޔަ އެއްވުންތައް ބާއްވަމުންދާތާ މިހާރު ކޮންދުވަހެއްތޯ؟ ވީހާވެސް ކަމަކީ ކަލޭމެންގެ އަވައިގައިޖެހިފައިތިބި ޒުވާންޢުމުރުގެ ކުދިން ޖަލަށް ވަންނަންޖެހި އެކުދިންގެ މިނިވަންކަން ގެއްލި އެކުދިންގެ ޢާއިލާތަކަށް ނިކަމެތިކަން ފޯރުމެވެ. އަނެއްބައެއްގެ ފައިވާންތަކުގެ ދަށްފުށްގޭނި ތުނި ހުޅުނބުފަތަކަށްވުމުން އަލުން ފައިވާން ގަންނަން ޖެހުމެވެ. އިތުރު އެއްވެސް ކުރިއެރުމެއް އުއްމީދެއް މެންބަރުންނަކަށް ނުލިބެއެވެ. އަދި ލިބޭކަށްވެސް ނެތެވެ. އަދި މާޒީ ގައި ކަލޭމެން ކަންކުރިގޮތުން އެނގި ޔަގީންވެފައިވަނީ ކަލޭމެންނަކީ އެންމެން ޝާމިލްކޮށްގެން ވެރިކަމެއް ކޮށްދިނުމުގެ ގާބިލިއްޔަތު ހުރި ބައެއް ނޫންކަމެވެ. ދުނިޔަވީ ގޮތުންވެސް ކަލޭމެން ފޭލްވީއެވެ. އަދި ދީނީ ގޮތުންވެސް ކަލޭމެން ފޭލްވީއެވެ. އެހެންކަމުން ކަލޭމެންގެ ކިބައިގައި ރައްޔިތުންނަށް ވިއްކާނެ ވާހަކައެއް ނެތުމުން ދެން ކަލޭމެންނަށް ކުރެވެން އޮތްކަމަކީ ސަރުކާރުން ގައުމުގެ ތަރައްގީ އަށްޓަކައި އަޅުއްވަމުން އެ ގެންދަވާ އިޚްލާޞްތެރި ފިޔަވަޅު ތަކުގެ ތަޞައްވަރު ހުތުރުވާހާ ގޮތް ގޮތަށް ކަލޭމެންގެ ޕްރޮޕެގެންޑާ މެޝިންކަމަށްވާ ރ ޓީވީއިން ހަދަހަދައިގެން ރޯބުހުތާން ވާހަކަ ފެތުރުމެވެ. އެގޮތުން ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެއްދުމެވެ. ގިނަ ބަޔަކު ރީނދޫ ފިކުރަށް ލަންބައިގެން ތިޔަ އުޅެނީވެސް ސިޙުރުހަދައިގެން އެމީހުންނަށް ސިޙުރުޖައްސައިގެން ނެވެ. ދޭތެރެދޭތެރެއިން ކައްކައިގެން މެންބަރުންނަށް ތިޔަ ކާންދޭ ބޮނޑިބަތުގެ ޙަގީގަތަކީ އެއީއެވެ. އެ ބޮނޑިބަތް ކައިފިމީހަކު ތިޔަ ފިކުރުން ސަލާމަތެއް ނުވެވެއެވެ. މިހެންކަމުން މާވަރުގަދައަކަށް އަޑުއަރުވާފައި މާބޮޑުމުޒާހިރާއެއް ޖައްސަން އުޅުމުން އޭގެޒާތުން އެ ކުޑަވެގެން ދިޔުމުން އެއީ އަދި ބޮޑު މުޒާހިރާއެއްނޫނޭ ބޮޑުއެތި އަދި އޮތީ ކުރިޔަށޭ ބުނަން ތިޔަޖެހެނީ މެންބަރުންކޮޅު މާޔޫސްވެގެން ކަލޭމެން ދޫކޮށްފައި އެހެންދިމާލަކަށް ފިރާލަފާނެތީ އެވެ.