ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު، އިސްތިއުފާ ދިނުމުން އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތަކުގައި ހުޅުޖެހި މައްސަލައިގައި އައްޑޫ ސިޓީން ދަޢުވާކޮށްފައިވާ 70 މީހެއްގެ މައްސަލަ މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އިއްޔެ އެމްޑީޕީން ހުށަހަޅައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިހާރުގެ އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު 31 ޑިސެމްބަރ 2018 ގައި ކަނޑައަޅުއްވާފައިވާ ޢާންމު ސިޔާސަތުގައި ވަނީ "މީހަކު ކުރާ ކުށުގެ ޢަމަލެއްގެ މައްޗަށް ދަޢުވާ ކުރުމަށް ބަލާއިރު، އެ ކުށުގެ ޢަމަލު ތަޖުރީމުކުރާ އެއް ޤާނޫނަށްވުރެ ގިނަ ޤާނޫނު އޮތްނަމަ، ދަޢުވާކުރާނީ އެ ތަނުން މުއްތަހަމަށް ލުއި އިޖްރާއާތާއި އަދަބު ކަނޑައެޅިފައިވާ ޤާނޫނުގެ ދަށުންކަމަށް ކަނޑައެޅޭނެ ގޮތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް ބައްޓަން" ކުރަންވާނެކަމަށް ކަމަށާއި މިހެންކަމުން، އެމްޑީޕީން މި މައްސަލަތައް މުރާޖަޢާކުރުމަށް ހުށަހެޅީ، މިހާރު މި 70 މީހުންގެ ދަޢުވާތައް ހުރި ގޮތުން، އެމީހުންގެ މައްޗަށް ކުށްސާބިތު ވެއްޖެނަމަ، ކަނޑައެޅޭނީ އެންމެ ލުއި އަދަބުކަމުގައި ނުވާނެތީ ކަމަށެވެ.

އެމްޑީޕީން ބުނީ 2012 ވަނަ ހިންގި ބަޣާވަތާ ގުޅިގެން އައްޑޫއިން 70 މީހެއްގެ މައްޗަށް، ގދ.ތިނަދޫއިން 94 މީހެއްގެ މައްޗަށް އަދި ލ.އިސްދޫގެ 4 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށްފައިވެއެވެ. އަދި ހއ.އިހަވަންދޫގެ 22 މީހަކާއި، ރ.އަލިފުށިން 4 މީހަކާއި، ހއ. ދިއްދޫ 8 މީހަކާއި، ބ.ތުޅާދޫން 4 މީހަކާއި އަދިވެސް އެތައް ބަޔަކަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދަޢުވާ ކޮށްފައިވެއެވެ.

މީގެ ތެރެއިން ގިނަ ދަޢުވާތައް ވަނީ އަނބުރާ ގެންގޮސްފައި ނުވަތަ ޖޫރިމަނާއަކުން މައްސަލަ ނިންމާފައި ކަމަށް އެމްޑީޕީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހޯހޯ

    ހަގީގީ ޑިމޮކްރަސީ ތިޔަ ފެންނަނީ، ރީނދޫ ޕާޓީ މީހަކު ކުށެއް ކުރިޔަސް އަދަބު ދެންޏާ އިންސާނީ ހައްގު،

    40
  2. Anonymous

    އެއީވެސް ދުވަހެއް. ދިވެހި ރައްޔިތުންގެ މުދާ އަންދާ އަޅިއަށް ހަދާލީ، އަންނިއޭ ކިޔާ ދައްޖާލެއްފަދަ ނުބައި އާދަމުދަރިއެއްގެ އޯޑަރަށޭ ބުނޭ. މިކަލޭގެ އެކަމަކު ބުނެފިވިއްޔާ ތިމަންނާ މެނަކީ ތަޅާނެ ބައެއް އަންދާނެ ބައެއްނޫނޭ. މާޒީން ފެނުނީ އެމަންޒަރު. އެކަމަކު ރޯމާ ދުވާލު ވެފައިވާ ކަންކަންވެސް ފެނި އެކަން ހަނދާން ހުންނަވަރަށްވުރެ ދުނިޔޭގެ އެދުމުގެ އަލިގަދަވެ ހިތް ފާސިދުވެފައިތިބި ދިވެހި އުއްމަތުގެ ދަރިންނަށް ފެންނާނެ އެއްޗެއް ނޯންނާނެ.

    44
  3. ފަލްސަފާ

    ލާދީނީ ފިކުރު ދިރިއުޅޭނީ ފަޅު ޖަޒީރާގަ ރައީސް ޔާމިން ސަރުކާރުން އަށްޑޫ އާރާސްތު ކުރި ތަންތަނު ބޮޑު ހުޅު ނުޖަހާނެ ކަމަށް ހީކުރަން

    36
  4. މުދިމު

    ތިމާމެންގެ މިފަސްއަހަރު މީހުން ހިފާހައްޔަރުކޮށް ފާއިތުވި ތަން އަނބުރާގެނސް އެމީހުންނާމެދު ޝަރީޢަތްކޮށް ހަދަން އުޅުމުން ގޮވާނީ އަތަށް.

    28
  5. މުހައްމަދު

    އުއްމީދު ކުރަނީ މިމީހުން ކުރި ނުބައި ނުލަފާކަން ބަލައި އެކަމުގެ އަދަބު ލިބޭނެކަމަށް މިމީހުން އެދުވަހު އަންދާ އަޅިޔަށް ހަދާލި ކިތައްމީހުންގެ ކިތައް އަހަރު ދުވަހުގައި ކިތަށްމީހުން ކުރި ބުރަމަސައްކަތުގެ ކިތައް ކިތައްމީހުންގެ ހައްގުތޯ މިނުބައި އަމަލު ހިންގިމީހުން އެ އަންދާ އަޅިޔަށް ހަދާލި ހައްގުތައް އަނބުރައި އިއާދަ ކިތައްދުވަހުން ކޮށްދެވިދާނެބާ؟

    18
    1
  6. އަލި

    އަޅުގަނޑަކީ ތިޔަ ހުޅު އެންމެ ފުންމިނުން އިނގޭ އެކަކު ، އެދުވަހު ރާއްޖޭގެ ކަންކޮޅުތަކުގައި ހުޅު އެކަނި ޖެހީ އެއް ނޫން ދިވެހި ދިދަ ބިމަށް ތިރި ކޮށް އޭގާ އޮތްގަލުން ތަޅާ އެވެސް ރޯކުރި މިހާރުވަނީ މިސަރުކާރުން ދިވެހި ދިދަޔާ ބެހޭ ގަވާއިދުވެސް އުވާލާފައި ބޭނުން ގައުމެއްގެ ދިދަ ދިވެހި ދިދަޔަށް ވުރެ އުހަށް އަދި ދަނޑި ތަކަށް ނަގަންވީ އިންޑިޔާ ދިދަވެސް. އެދުވަހު ހުޅުޖެހުމުން އެތަށް ބަޔެއްގެ ވަރި ކައިވެނީގެ ލިޔުންތަށް އަނދާ އަޅިއަށް ވި ގޯތީގެ ރަޖިސްޓްރީ ތައް އަންދާލި އެ އީ ދިވެހި ތާރީޚަށްވެސް ދިން ގެއްލުމެއް މުޅި ގައުމިއްޔަތަށް ވެސް .... އެމީހުންނަށް އުފުލަން ޖޭހޭނީ ހަަމަ ޓެއަރިޒަމްގެ ދައުވާ އެމް ޑީ ޕީ އައި އިންސާފު ގާއިމް ކުރަން ކަމުގައި ވާނަމަ އެގޮތަށް ވަކި ބަޔެއްގެ ޝަރިއަތް އެގޮތަށް ކުރަން އިލްތިމާސް ނުކުރާނެ އިންސާފު ތިމާ މީހުންނާއި ޖެހުނީމާ މިވަނީ ފެނަށް .. ތިނަދޫ އިންޖީނު ގޭގައި ރޯ ކުރި މައްސަލާގައި އަދިވެސް އަކްރަމް ހޯދުމަށް ފުލުހުން ނެރުނު އަމަރު އެބައޮތް އެކަމު ސަރުކާރު ބަދަލް ވެ އެެހެރީ ބޮޑު މަގާމެއްގައި

    19
  7. ހަޖަމް

    ރިވިއު ކުރަަނެ ކަމެއްނެތް އިބޫގެ ދީލަތިއެހީން މައާފު ދެއްވީމަ ނިމުނީނު، ކުރިއަށް އޮތީ ވޯޓް

    12
    2
  8. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބަލަ ކުށެއްކުރީމަ އަދަބުނުދެވެންޏާ ކަލޭމެން މިގައުމު ހަލާކުނުކޮށް މުސީބާތާ ކުރިމަތިނުކޮށް އިސްތިއުފާދީފަ ގޮސް ގޭގަތިބެބަލަ!! ނަމުގަ ވެރިކަމާ ހަވާލުވީ ހެޔޮވެރިކަމެއްކޮށްދޭން ވައުދުވެ ރައްޔިތުންގެ ބޮލަށް ސަވާރުވެގެން!! މިހާރު މިއޮތީ އެމްޑީޕީ އެއްޖެއްޔާ މީހަކު މަރާލިޔަސް، ހުޅޫޖެހިޔަސް، ކޮންމެކަމެއް ކުރިޔަސް ކުއްވެރި ނުވާކަމަށް ހަދާފަ!!

    19
  9. ކެޔޮޅު

    މީހުން މަރާފަތިބިމީހުންގެ މައްސަލަތައް ރިވިއު ނުކުރޭބާ?

    14
  10. އަބޯ

    ހުޅުޖެހި މައްސަލާގަ ގ. ކެނެރީގެ މުހަންމަދު ނަސީދު ހައްޔަރު ކޮށް ތަހުގީގު ކުރަންޖެހޭނެ . ހުޅުޖަހާފަ ވަނީ ސީދާ ނަސީދު ގުޅާފަ ބުނެގެން .ނަސީދު ގުލާފަ ބުނި ފ. ނިލަންދޫގަ އޭރު ކައުންސިލަކަށް ހުރި މީހާއަށްވެސް އޭނަބުނީ މަގޭރަށް އަންދާކަށް މަށެއްބޭނުމެއްނޫނޭ. ގއ. ވިލިގިއްޔަށް ގުޅާފަ ރޯކުރަން ބުނިމީހާ ބަރޯއަކަށް ޕެޓްރޯލް އަޅއިުގެންދާންފެށީމަ އެރަށުރައްޔިތުން އެކަން ހުއްޓުވީ އެމީހުންބުނީ ރޯކުރިޔަސް ހެވޭ ކަލެޔާ ކަލޭގެ އާއިލާވެސް އެ ހުޅުގަ އަނދައިގެންދާނެކަމަށް. ނުކެރުނު އެކަންކުރާކަށް . މިގައުމުގާ މީހުންމެރުމާ ގާނޫނަށް ބޯނުލެބުމާ ހުރިހާޖަރީމާ އެއް އާއްމުކުރާމީހަކީ ނަސީދު

    21
  11. ބުރޯ

    އަފްރާސީމް އަވަހާރަ ކޮށްލުމުގެ މޭސްތެރިޔަކީ ވެސް ރިޒްވާނު ވަގަށް ނެގުމުގެ މޭސްތެރިޔަކީ ވެސް ހަމަ ވަގުނަސީދު

  12. ޢެދުރު

    ޢެ އެންމެން ދެވަނަ ފަހަރު ކުށެއް ކުރަން ނުކެރޭވަރު ހަދަންޖެހޭ

  13. ޙަނާ

    އަންނަނީ ހިނި އެމް،ޑީ،ޕީ ވިއްޔާ ލުޔެއް ލިބޭގޮތައް މައްސަލަ ބަލަންވީ ބަލަ ޤައުމުގެ މުދަލުގައި ހުޅުޖަހާ އަންދާލި ބަޔަކަށް ލުޔެއްދީ ގެން ނުވާނެ ހައްގު އަދަބު ދޭންޖެހޭނި !!!!!

  14. ގ ކެނެރީގޭ ވަގު

    އަވަހައް ދޫކޮއްލާ އެމްޑީޕީ ސަރުކާރުން ކަން އެކުރަނީ ރަނގަޅަށް އެމްޑީޕީ އައް ނިސްބަތް ވާބައެއްނު ކުރީ އޯކޭ ވާނެ އެއީ ހައްގު ޕާތީ