ސަރުކާރުން ތާއިދުކުރާ މެމްބަރުންނަށް މަޖިލިސް 19ގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ، ދެން މިސްރާބު ހުރީ ބަގާވާތާ ދިމާލަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނ. ވެލިދޫގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަޖިލީހަށް ހޮވަންވީ ސަރުކާރުގެ ވައުދުތައް ފުއްދާނެ ކެނޑިޑޭޓުން ކަމަށާއި، އެޖެންޑާ 19އަކީ ސަރުކާރުގެ ވައުދުތަކުގެ ތަފްސީލު ކަމަށެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެ ނަމަ، ސަރުކާރު ހުއްޓި، ބަގާވާތަކާ ހަމައަށް ދާނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

" ކުރިއެކޭ ވެސް އެއްގޮތަށް އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހޭނީ ސަރުކާރު ހުއްޓި، ވައުދުތައް ނުފުއްދި، އެންމެ ފަހުން ބޮޑު ބަޣާވާތަކާ ދިމާލަށް މިސްރާބު ޖެހުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން، މަޖިލިސް އިންތިހާބުގައި އިދިކޮޅު ކެނޑިޑޭޓުންނަށް ތާއިދުކުރަން ނިންމާފައިވާ އިރު، ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނު ތާއީދު ކުރައްވަނީ އެމްޑީޕީ ކެނޑިޑޭޓުންނަށް ކަމަށެވެ. މީގެ ކުރިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވެފައި ވަނީ އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ، އިދިކޮޅުން ބަގާވާތް ކުރައްވާނެ ކަމަށެވެ.

އަދި އެކަމުގެ ތަފްސީލުވެސް ނަޝީދު ވަނީ ކުރިން ޖަލްސާއެއްގައި ވިދާޅުވެދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ނާނު

    ބޭނުންވަނީވެސް ބަގާވާތާ ދިމާލަށްދާން ކިނބޫސަރުކާރު ގެނައީވެސް ފައިސާއިން ބަގާވާތް ކޮށްގެން އައިގޮތަކަށްދޭ މިފަހަރު ތިކަންކުރަން ތައްޔާރު ބިރުނުގަނޭ އިންޑިއާގެ ހެލިކޮޕުޓަރުގެ އެހީވެސް ލިބޭނެ.

    32
    3
  2. ވިސްނޭ

    ތިވީ ނަސީދުގެ ޕަޕެޓަކަންނު އެންމެފަހުން...އަންނި ބޭނުން ވާގޮތް ތީ...

    34
    2
  3. ބާގީން

    ބަގާވާތް ކުރާހިސާބަށް ދިޔައީމަ، އެކަންވެސް އެބަޖެހޭނު ކުރަން. ޕާޓީގެ ރައީސްގެ ދަށުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހުންނަތަން މިފެންނަނީ، ރައީސްކަމައް ހޮވިފައި ތިހުރީ އެހެންމީހަކަށް ލިބުނު ވޯޓުންކަމަށް ހީވަނީދޯ. ޢެއީ ކުއްހީއެއް ވެރިކަން ދެއްވަނީ ﷲ. ޢެކަލާންގެ އެންގެވިގޮތައް ވެރިކަން ކުރެވޭތޯބަލާ، ނުވާނަމަ ވެރިކަމުން ދުރަށްދިއުން، އެންމެ ރަނގަޅު ގޮތަކީ....

    35
  4. ކެޔޮޅު

    ތިހާބިރުފުޅު ގަންނަންޏާ އިސްތިއުފާދެއްވާ ބިރުނުގަންނަމީހުން މިޤައުމުގަ އެބަތިއްބޭ!!

    36
    1
  5. ކެޔޮޅު

    އެމްޑީޕީ އުޅެއުޅެވެސް ބަގާވާތެއް ކުރާކައް ނުއެނގުނު އެކަންވެސް ކުރެވޭނީ އެކަމުޤެ ޤާބިލްކަން ހުންނަ ބަޔަކައް!!

    27
    1
  6. މެސީ

    ވެރިކަމަށް ކުފޫ ހަމަ ނުވާ ބައެއް ވެރިކަމަށް ހޮވީމަ ދެން އަމިއްލަ އަށް އިސްތިއުފާދީ ނޫނީ އަމިއްލަ އަށް އަނގަވަތައް ވެއްޓިދާނެ...

    27
    1
  7. ާއަނާރާ

    ސީދާޕަޕެޓެއް އަންނިދައްކާ ވާހަކަ ކޮޕީކޮށްގެން މިދައް ކަނީ ހަމަ އެވާހަކަ ކޮން ބަޣާވާތެއްތަ އެއްބަޣާވާތެއް ވެސް ނުގެންނާނެ ހޭޖެހޭ ވާހަކަ ދައްކަ ބަލަ ޔިޔައީ ގައުމެއްގެ ރައީސް މީހާ ވިއްޔަ އަހުންހީކުރީ އަންނި ހިނދުކޮޅުގަ ހުރެގެން އަދި ބަޣާވާތަކީ އަންނިގެއާއިލާއާ ގުޅުން ހުރިކަމަކަށް ވާތީ އެވާހަކަ ދައްކަނީހެން ރައް ޔިތުން ގުނބޯހެއްދި ޔަސް ތިޔައީ ދެން ބޮޑުވަރު

    27
  8. ކާފަ

    ދެމީހުން އެެެެެެއްރާގަށް ބަދަލުވީ ދޯ.

    27
  9. ރޭސް

    ދެން އެހެންވިއްޔާ ރައީސްކަމާ އެކީގަ މަޖްލިސް ވެސް ދޭގޮތަށް ޤާނޫނެއް ފާސްކުރަންވީނު. ކަލޭމެން ކާޅުގޮވާހެން ގޮވީ މަޖްލިސް އަޣްލަބިއްޔަތު ލިބިގެންނޭ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ. ބަޣާވާތަކީ ކޮބައިކަން ދަސްކުރަން އާދެބަލަ.

    20
  10. ދިވެހި ދަރިއެއް

    މާތްﷲ އިރާދަކުރެއްވިއްޔާ މެޖޯރިޓީއެއް ނުލިބޭނެ. ޔާﷲ. މިމީހުންނަށް މެޖޯރިތީ ނުދެއްވާނދޭވެ.

    36
  11. މާމަ

    ރައީސް ކެމްޕޭނުގަ އުޅެނީ އަހަރީ ނަގައިގެންތަ.؟

    26
  12. ކުޑަބަޖަރާ

    މިކިނބޫ މީހަމަފައްކާ އަންނިގެ ކޮޕީކެޓެއް. އޭނާދައްކާ ވާހަކަތައް ހަމައެގޮތަށް އެތަކުރާރު ކުރަނީ.

    25
  13. ކުރަނީއޭ

    މަޖްލީހުގެ މެޖޯރިޓީ ބޭނުމެއް ނުވާނެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ތައް ފުއްދަން މަމެން ޕިންކީންގެ ވެރިކަމުގައި މާލެ އާއި ހުޅުމާލެ އާއި ދެމެދު ބްރިޖް އެޅީ އެއީ މަޖްލީހާއި ބައްސައިގެން ނޫނޭ މަމެން ހުޅުމާލެ 2 ހިއްކީ އެއީ މަޖްލީހާއި ބައްސައިގެން ނޫނޭ މަމެން ހުޅުމާލެ ދޭއްގައި 70 ހާސް ފްލެޓްސް އިމާރާތް ކުރީ އެއީ މަޖްލީހާއި ބައްސައިގެން ނޫނޭ މަމެން ކުޅުދުއްފުށީގައި ޓައިޓޭނިއަމް ޕްލޭޓެޑް އެއާރޕޯރޓެއް އެޅީ އެއީ މަޖްލީހާއި ބައްސައިގެން ނޫނޭ ހިންނަވަރު އިބޫ އަކީ އެއީ ކަމެއް ކުރަން ދަންނަ މީހެއް ނޫނޭ އޭނާ އަކީ އަންހެން ދުޅައިގެ މީހެކޭ އޭނާ އަށް ނުކުރެވޭނެއޭ އެއްވެސް ކަމެއް އޭނާ ދައްކާނީ މުޅިން ވެސް މީސް މީހުންގެ މަސްކެއުމުގެ ވާހަކަ ތަކޭ މުޅިން ވެސް ދައުލަތުގެ ޚަޒާނާއިން ކުރަނީ ވައްކަމޭ 5 މިލިއަން ރުފިޔާ ދޭން ޖެހޭ ބަޔަކަށް 30 ރުފިޔާ ދީފައި 25 މިލިއަން ރުފިޔާ އިބޫ އާއި ކެނެރީގެ ނަޝީދު ވެގެން ބަނޑު އަޅާލީއޭ މީއޭ ކުރާ ވައްކަމަކީ...

    15
  14. ހޯރަބޭ

    ރައިސް ތިވިދާ ލުވަނީ ރަގަޅަން މިހާރުވެސް ބަގާވާތްކުރި މީހުން ވެރިކަމުގައެބަތިބި ގާސިމް ދުރުކުރަންޖެހޭ

    17
  15. ޖޖޖ

    ޔަހޫދީންގެ ވާގިވެރިން މިގައުމުގެ ވެރިކަމުން ދުރުކުރަން އެބަޖެހޭ. އިޒްރޭލުގެ ބައިވެރިއެއްގެ ގޮތުގައިވާ އިންޑިޔާއާއި އެމެރިކާގެ ވާގިވެރިން މަސައްކަތް ކުރަމުން ތިދަނީ، ދިވެހިރާއްޖެ އެމީހުންގެ ހަނގުރާމައިގައި ބޭނުންކުރާ މަރުކަޒަކަށް ހެދުމަށް. މިހުރިހާ ކަމެއް މިކުރަނީ، މުސްލިމު އުއްމަތް ނައްތާލުމަށް. ނޫސްވެރިއަކު ނުކަން ބަލާލަބަލަ ނަޝީދު ސައޫދީ އަރަބިއްޔާއަށޭ ކިޔައިފަ ގޮސް ބައްދަލު ކުރީ ސައޫދީ ޕްރިންސްއާއި އިޒްރޭލުގެ އިސްވެރިންނާ ނޫންތޯ. ހަމަ ޔަގީން ނަޝީދު އޮންނާނީ އިޒްރާލާއެކު އެއްބަސްވުމެއްވެ އެމީހުން އެބޭނުންވެގެން އުޅޭ ގޮތްތައް ކަމަށްވާ ޒައިނިޒަމް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ.

    12
  16. ހޯރަބޭ

    ބަގާވާތްކުރިމީހުން ހިފާހައްޔަރުކުރަންޖެހޭ މުމަރު ގާސިމް ނާޒިމް ރިޔާޒް ހުސެން ވަހީދު ސައުދީ ކާނަލް ނާޒިމް މިއެންމެންވެސް ހިފާހޔަރުކުރންޖެހޭ

    2
    11
  17. ޒޫ

    ނަޝީދު އޮތީ ތިހެން ބުނެފަ. ނަޝީދުގެ ޕަޕެޓް ތިހެން ނުބުންޏެއް ކަމަކު ދިވެހިންނަށް އޮތީ އަޑު އިވިފަ. ދިވެހިންނަށް އެބަ އެނގޭ ކަލޭމެންގެ އެޖެންޑާގެ ބިރުވެރިކަން. މިގައުމު ޔަހޫދީ ޒައިނިސްޓު ތަނަކަށް ހަދާ މުސްލިމުން ކޮޅުގެ ދުވަސް ދުއްވާލުން. ނުވަތަ ކަލޭމެންގެ އަޅުންގެ ގޮތުގައި މަސައްކަތް ކުރާ ނިކަމެތި މުސްލިމުންތަކަށް ދިވެހި އިސްލާމީ އުއްމަތް ހެދުން ތި އެޖެންޑާގައި ހިމެނެނީ. ކަލޭމެންނަކީ ﷲ އަށް ބިރުވެތިނުވާ ހެއްދެވިހާ ބޮޑެތި ދޮގުތައް ހަދާ ރައްޔިތުންނަށް މަކަރާ ހީލަތް ހެދުމުގައި ދުނިޔޭއިން އެއްވަނަ.

    14
  18. ބެއްޔާ

    އެމްޑިޕީއަށް މަޖްލިސް ލިބިއްޖެއްޔާ މިގައުމުން އިސްލާމްދީން ފޮހެލާނެ. ބަގާވާތަކަށްވުރެ ނުބައި ކަމެއްމީ.

    15
  19. ޔާސި

    ޝައިޠާނީ ބާރުގެ އެހީގައި ވެރިކަމަށް އައިބަޔަކު ތިބޭނީ ޝައިޠާނުންގެ އަޅުންގެ ގޮތުގައި. ކަލޭމެން ބޭނުން ކުރީ ޒިއިނިސްޓުން ޝައިޠާނާގެ އެހީ ހޯދުމަށް ބޭނުން ކުރި ލޯގޯ. ދިވެހި މުސްލިމުންނޭ. ވިސްނާ ފިކުރުކުރޭ. އިސްލާމީ އިލްމުވެރިންގެ ވާހަކަތައް އަޑު އަހާ. ޝައިޠާނާގެ ވާގިވެރިން އެންމެ ބޮޑަށް އެނގޭނެ އެއް ސިފައަކީ ދޮގުހެދުމާއި މަކަރާއި ހީލަތް ހެދުން. ނިކަން ވިސްނާލަބަލަ. ދިވެހިންގެ ލޯމަތީގައި އެތިބަހާ ބައިވަރު އިންޑިޔާ ސިފައިން، ހަނިމާދޫގަ އެކަނި 250، ލ އަތޮޅުގަ 50 އައްޑޫގަ ތިބިވަރެއް ނޭނގެ. އަދި ޔުނީފޯމު ނުލާ މިތާ އުޅެނީ އިންޑިޔާ ކިތައް ސިފައިންކަން ނޭނގެ. އެކަމަކު އެބުނީ ހެލިކޮޕްޓަރު ދުއްވަން ތިބީ 50 ސިފައިންނޭ. އެހެން ތަންތާނގަ ބިތި މީހުންގެ ވާހަކަ ނުވެސް ދައްކާނު. މިއީ އިޒްރޭލުގެ އެހީގައި މަސައްކަތްކުރާ ޔަހޫދީންގެ ގޮތްގަނޑު. މަކަރުވެރިކަން އިންތިހާއަށް ގޮސް ތިބޭނީ. ދިވެހިން ވިސްނާ. މިމުސީބާތުން ސަލާމަތްވާނީ އެންމެ ގޮނޑިއެއްވެސް ތި އިޒްރޭލު ބައިގަނޑަށް ނުދީ، ވީގޮތަކުން އަވަހަށް ތި ބައިގަނޑު ބޭރުކޮށްލުމުން. ﷲ ދިވެހިންނަށް ހެޔޮވިސްނުން ދެއްވާށި. އާމީން.

    14
  20. ވިއްކާލަނީއޭ

    މަޖްލީހުގެ މެޖޯރިޓީ ހޯދަން އެމްޑީޕީން އެއުޅެނީ އެއީ ރާއްޖޭގެ އެންމެ ދެކުނު ގައި މިލިޓަރީ ބޭސް އެއް އަޅަން ވެގެން މަޖްލީސް މެދުވެރިކޮށް އެކަމަށް ހުއްދަ ހޯދަންއޭ އެއީއޭ މަޖްލީހުގެ މެޖޯރިޓީ ހޯދަން އެއުޅޭ ކަމަކީ އޭގެ ބޭނުމަކީ ރައްޔިތުންގެ ވޯޓަކާއި ނުލައި ކެނެރީގެ ނަޝީދު ރާއްޖޭގައި ވެރިކަން ކުރުމޭ އިންޑިއާ ސިފައިންގެ ބޭނުން ކޮށްގެން އެއީ ސީދާ ރާއްޖޭގެ މިނިވަން ކަން ގެއްލުވާލަން ކެނެރީގެ ނަޝީދު އާއި ރައީސް އިބޫ ގުޅިގެން ކުރާ ކަމަކޭ...

    12
  21. ދިސްވޭ

    މަޖްލީސް މެޖޯރިޓީ ހޯދަން އެމްޑީޕީން ވިސްނަނީ އެއީ އިންޑިއާ އަށް އައްޑޫ މިލިޓަރީ ބޭހެއް ހަދަން އައްޑޫ އިންޑިއާ އަށް ވިއްކާލަން ވެގެން ކަން މިހާރު މިދަނީ އެނގި ސާބިތުވަމުން ނޫންތޭ ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ބައިތިއްބައިގެން އެމެން ރާއްޖޭގެ މިނިވަން ކަން ގެއްލުވާލާއިރު ވެސް އެމްޑީޕީ އަށް މަޖްލީހުގެ މެޖޯރިޓީ ދޭން ޖެހޭނެ އެއްވެސް ސަބަބެއް މަމެންނަށް ފެންނާން ނެތޭ މީ ބަގާވާތެއް ކޮށްފާނެއޭ ބުނެ ދިވެހިންނަށް ބިރު ދައްކަން އިންޑިއާ ސިފައިން ރާއްޖެ ގެނެސް ދިވެހިން ގަޔަށް ބަޑި ޖަހައިގެން ނަމަވެސް ހިންނަވަރު އިބޫ ވެރިކަމުގައި ހުންނާން އޭނާ ކުރާ ކަމެކޭ މިކަމުގެ އަޑީގައި ހުރީ އަބޫޖަހުލުގެ ދަރިކޮޅުން އައިސްފައި ހުރި ކެނެރީގެ ނަޝީދުއޭ އެއީއޭ މީގެ އަސްލަކީ...

    10
    • Anonymous

      އިންޑިޔާއިން ރާއްޖެ ބޭނުންވާ ސަބަބު ވިސްނާލާ. ދުނިޔޭގެ މުސްލިމު އުއްމަތާ ހަނގުރާމައަށް އެތައްޔާރުވަނީ. އިޒްރޭލާ އެމެރިކާއަށް ބޯ ނުލަނބާނެ އޮންނާނީ އެންމެ 3 ގައުމު. ރަޝިޔާ، ޗައިނާ އަދި ޕާކިސްތާނު. އިންޑިޔާއިން ޕާކިސްތާނާ ޗައިނާ ހިފަހައްޓަން ޖަހާ މަޅިއަކީ، ދިވެހިރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެންދިއުން. އެކަން އެމީހުން އެކުރީ، ބޮޑު އިބިލީސް ޒައިނިސްޓް އެމެރިކާއާއި، އިޒްރޭލުގެ އެހީގަ. މިހާރު ހަނގުރާމައިގެ ލަޝްކަރުތައް ތަންނަށް ބަހަލައި މުސްލިމުންނާ ހަނގުރާމަ ކުރާނެ ހުރިހާ އުކުޅުތަކެއް ރާވާ ނިންމާލަނީ އެހެރަގެން. އޭގެ ފުރަތަމަ ބޮޅަކީ ޕާކިސްތާނަށް ހަމަލާދިނުން. ޕާކިސްތާނު ރައްދު ނުދީ ސުލްހައަށް ދިއުމަކީ އދ އޭގެ ތެރެއަށް ނުވަދެވުނު އެއްސަބަބު. އެކަމަކު މިވެރިންގެ އެޖެންޑާ ކަމުގައިވާ، "މުސްލިމް އުއްމަތް ނައްތާލުން" ކުރިއަށް ގެންދާނެ. ލަހެއްވެސް ނުވާނެކަމީ ޔަގީންވާ ކަންކަން.

      11
  22. Anonymous

    އެމްޑިޕީއަށް މަޖްލިސް ލިބިއްޖެއްޔާ މިގައުމުން އިސްލާމްދީން ފޮހެލާނެ. ބަގާވާތަކަށްވުރެ ނުބައި ކަމެއްމީ. ޔާﷲ މިނުބައި އެމްޑީޕީ ބައިގަނޑަށް ކާމިޔާބު ނުދެއްވާށި އިންޝާ ﷲ

    14
  23. ބަގާވާތް

    ބަގާވާތް ކުރިއްޔާ އެންމެ ރަނގަޅު ގޮތްކީ މިކިނބުލާއި ލާދީނީ ނަޝީދާއި މޑޕ ހުރިހާ ބޮޑުން އުމުރުދުވަހަށް ޖަލައްލުން. ވެރިކަން ލިބުމުންވެސް ބޭނުންވަނީ ބަގާވާތްކޮށްގެން ހުރިހާ ބާރެއް އަތުލަން. އެކަމަކު އެންމެ ބާރަށް ޑެމޮކްރަސީއޭ ވެސް ކިޔަނީ ހަމަ މިބައިގަނޑު. ހުސް މުނާފިގުން ނުވަތަ ކާފަރުން.

    • Anonymous

      އަޙްލާޤު އެއީ އެންމެ މުހިންމު އެކަތި. ޝައިޠާނާ އޭނާގެ މަގަށް ގެންދަނީ އަޚްލާގު ނެތް އިންސާނުން. މީގެ ތެރޭގައި ދޮގުވެރި ހީލަތްތެރި މަކަރުވެރިންނާއި، މީސްމީހުންގެ ބޮލުގައި ނުބައި ތުހުމަތު އަޅުވާ މީހުނާއި، ފުރައްސާރަ ކުރާ މީހުން ހިމެނޭ. އިބޫ ކިޔައިގެން މުހާތަބު ކުރުމަކުން ލިބޭނެ ގެއްލުމެއް ނޯންނާނެ. އެކަމަކު، ހަމަހިލާ މޑޕ އަށް މެޖޯރިޓީ ނުދެއްޗޭ ދަރިންނޭ. މިސަރުކާރުގައި މިތިބީ، އިޒްރޭލުގެ އަޅުން. އެމެރިކާގަ އެހުރީ "އީވިލް" ފޯސްއަކުން އެތަނުގެ ވެރިކަމަށް އައިސް ހުރި އިޒްރޭލުގެ އަސްލު މަގްޞަދު ކަމަށްވާ، މުސްލިމުންނައްތާލުމަށް އެހީތެރިވާ އިބިލީހެއް. އެއީ މިސަރުކާރުގެ ވާގިވެރިއެއް. މިހުރިހާ އެއްޗެއް ގޮސް މިހުއްޓެނީ، އެންމެ އެއްޗަކަށް. ޝައިޠާނާއަށް. ސުބުޙާނަﷲ. އަޅަމެންގެ މިގައުމު މިނުބައި އީވިލް ފޯސްއާއި އޭގެ އައުވާނުންގެ ވަކިތަކުން ސަލާމަތް ކޮށްދެއްވާށި. އާމީން، ޔާރައްބަލްޢާލަމީން.

      10
  24. ސަމީލް

    އިބްރާހީމް މުޙައްމަދު ޞާލިޙުމެން ވެރިކަމަށް އައީވެސް ދޮގުބުހުތާނު ސާބިތު ނުހިފޭވާހަކަ ދައްކައިގެން ދެންވެސް ދެންއޮތްކަމެއްހޯދަން ދޮގުބުހުތާނު ދޮގުހަދާ.

  25. މިގޭ

    ބާޢީންނަށް ހީވާނީ އަބަދުވެސް ބަޢާވާތްކުރާނެހެން
    ބަފައިބެ ބާޢީއެއް.
    ދެން ކީކޭ ބުނާނީ.

  26. ފާއިޒު

    ތިޔައުޅުއްވަނީ ވެރިކަމަށް ގެނައި ކޯލިޝަނުގެ ބޭފުޅުންނަށް ދީފައިވާ މަޤާމުތައް އަތުލައި ނުވަތަ އެމީހުނަށް ޕްރެޝަރ ކޮށް މުޅި ސަރުކާރު އެމްޑީޕީ ސަރުކާރަކަށް ބަދަލުކުރަން

  27. ލަޠީފް

    ދިވެހިންނަކީ ބޯގަޅި ، ވިސްނުމުގައި އުނި ބައެކެވެ. ދުނިޔެ އަންތަރީސްވާވަރަށް ހުރިހާ މުހިއްމު ރޮގަކުން ކުރިއަރަމުންދިޔަ މި ޤަވްމު އިނދަޖައްސާލާ ފަހަތަށް ސޮއްސުވާލީ ހަމަ ދިވެހިންނެވެ. މިދާގޮތަށްދާނަމަ ދިވެހިންގެ ކަރުބުޑުގައި ހިތިރަހަ ކލައްވާލާނެކަން ކަށަވަރެވެ. ދެންވެސް ވިސްނާ މަޖްލިސްގެ ޕަވަރި މެޖޯރިޓީ އިދިކޮޅަށް ދީ ޤަވްމު ސަލާމަތްކުރަން މިފުރުޞަތުގެ ބޭނުން ހިފާށެވެ. ޤަވްމު ހިންގޭނޭ ފައިސާޔާ މުދާ ޤަވްމަށް ރައީސް ޔާމީން ހޯއްދަވަދެއްވާފައިވާއިރުވެސް އެ އުޅެނީ ކަމެއްކުރަންވެސް ނޭގިގެންނެވެ.

  28. އެލެކްސް

    ރައީސް ސޯލިހާއި ނަޝީދުގެ ވެސް ވާހަކަ މުޅިން ބަދަލުވީތަ؟ ފުރަތަމަ ބުނީ ޖަޒީރާ ރާއްޖެއަށް ދާން ވޯޓު ދޭށޭ. އޭރުން ދިވެހިން ބޭނުންވާގޮތަށް ކަންކަން ބަލަލު ކުރާނަމޭ. މިހާރު ބުނަނީ މަޖިލިސް ލިބިގެން ނޫނީ އެއްވެސް ކަމެއް ނުވާނެއޭ ކޮބާ ކުރިން ބުނި ބުނުންތައް ވަޔަށް ފަޒާއަށް އެރައިގެން ދިޔައީ؟ މިއަންނަ އަހަރު ބުނާނީ ލޯކަލް ކައުންސިލް ލިބިގެން ނޫނީ އަތޮޅު ތެރެއެއް ތަރައްޤީ އެއް ނުކުރެވޭނެއޭ. ޑެން ބުނާނީ އިތުރު ދައުރެކޭ ނޫންބާ؟ މިއީ ފަހަރެއްގައިވެސް ހެޔޮ ނަޒާހަތްތެރި ވެރިކަމެއް ނޫން.

  29. އެލެކްސ

    ރައީސް ސޯލިހާއި ނަޝީދުގެ ވެސް ވާހަކަ މުޅިން ބަދަލުވީތަ؟ ފުރަތަމަ ބުނީ ޖަޒީރާ ރާއްޖެއަށް ދާން ވޯޓު ދޭށޭ. އޭރުން ދިވެހިން ބޭނުންވާގޮތަށް ކަންކަން ބަލަލު ކުރާނަމޭ. މިހާރު ބުނަނީ މަޖިލިސް ލިބިގެން ނޫނީ އެއްވެސް ކަމެއް ނުވާނެއޭ ކޮބާ ކުރިން ބުނި ބުނުންތައް ވަޔަށް ފަޒާއަށް އެރައިގެން ދިޔައީ؟ މިއަންނަ އަހަރު ބުނާނީ ލޯކަލް ކައުންސިލް ލިބިގެން ނޫނީ އަތޮޅު ތެރެއެއް ތަރައްޤީ އެއް ނުކުރެވޭނެއޭ. ޑެން ބުނާނީ އިތުރު ދައުރެކޭ ނޫންބާ؟ މިއީ ފަހަރެއްގައިވެސް ހެޔޮ ނަޒާހަތްތެރި ވެރިކަމެއް ނޫން. މި މީހުން އެއްވެސް ކަމެއް ގައުމަށް ކޮށް ދިނުމުގެ ވިސްނުމެއް ނެތް. ބޫނުންވަނީ އަޅުވެތި ކަން. މީހުންގެ އަނގަ ބަންދު ކުރުން ހުރިހާ ބާރެއް އަތަށް އޮޅާލާ ދެކޮޅުވެރިން އެކަހެރި ކުރުން.

  30. އައްޑޫ މީހާ

    ކަލޯ ނުވަންޏާ އަވަހަށް ފައިބާ އަންނިވެސް ޖެއްސި ސްޓަންޓް ކަލޯ ޖައްސަން ތިއުޅެނީ ކޮންމެވެސް ގޮތަކުން އިންޑިއާއިން ނެގި ލޯނު ބަނޑުއަޅާލާފަ ވެރިކަމުން ފައިބާފަ ދެން ބަޢާވާތެކޭ ބޮލުގަ ފޫޅުދިގު ހަންޑީގެ ފޫޅުޖައްސައިގެން ބިރުދެއްކީއޭ ނޫނީ ލޯރައްބެ އާއި ސަންތި މަރިޔަބު ފެނިގެން ބިރުން މަޖުބޫރުން އިސްތިއުފާ ދިނީއޭ ކިޔާފަ ކޮންމެވެސް ބައެއްގެ ބޮލަށް ލޯނުގެ ދަރަނި ކަނޑާލާފަ ރައްކާވާންވެގެން ކިޔާ ފަރިއްސެއްތީ ބަޢާވާތުގެ ފަރިހި މިހާރު އަހަރުމެން ދަންނަ ކުޅިއެއް ޖީ.އެމް.އާރު އަތުން ކެއްނާރި ދަންނަ ނުދަންނަ މާފައް އެދުރު ކަލޭގެފާނު ފައިސާނަގައިގެން މިގައުމުގެ ރައްޔިތުންގެ ފައިސާއިން އެހުރިހާ ފައިސާއެއް ދައްކާ ޚަލާސްކުރަން ޖެހުނީ ހަމަ އެގޮތަށް މިހާރު އިބިރިހިމާގެ ވިސްނުންތިޔަހުރީ ރީތި ގޮތުގަ ލޯނުގެ ބާކީ ރައްޔިތުންނާ ހަވާލުކޮށްފަ ވެރިކަމާއި ހަވާލުވިއިރު ބަޖެޓްގައިހުރި ފައިސާގެ ތަފްސީލާއި އަދި ލޯނުން ހަރަދުކުރި ފައިސާގެ ތަފްސީލު ދެއްވަވާފަ ރައްކާވޭ

  31. ޙފ

    ބަޣާވާތް ނުކުރެވިގެން ރައީސް މިހާވަރެއް މިހުރީ ކީއްވެބާ ދެއިރު ދެދަޅަޔަށް ކާބޭހެއްހެން ބަޣާވާތޭ. ބޮޑުކަމެއްނު

  32. ދަތްދޫނި

    ބަޤާވާތޭ ހަމަ ހިލާ ލާހިކެއްނޫން ކުރާކަށް. އެވެރިން ބަޤާވާތެއް ރާވާ ކޮއްފާނެ ކަމަށް ބަލައިގެން މަމެންގެ ބިއުޓިފުލް ސަރުކާރުން އެދަނީ އިންޑިއާ އާއި ގުލުން ބަދަހި ކުރަމުން. ރަޢީސް އިބޫގެ އެންމެ ފޯންކޯލް އަކުން ހުރިހާ ބާޤީން އޭ ކިޔާ ބަޔަކު ކުޑަ ކަކޫ މައްޗަށް މަމެން ރައްޔިތުން ނުކުމެ ތިރިކުރުވާނަން.

  33. ނަސީމު

    ތިޔަކަލޭގެ މިހާރުވެސް ތިޔަހިންގަނީ ގައުމިއްޔަތާ އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބަގާވާތެއް

  34. މަހާ

    ޔާﷲ. މިމީހުންނަށް މެޖޯރިތީ ނުދެއްވާނދޭވެ. މިއީ މިކުޑަކުޑަ އިސްލާމީގައުމުގެ ހަލާޚު ޔާﷲއަޅަމެންގެ ދުޢާ އިޖާބަ ކުރައްވާށި

  35. މުރުސިދު

    ރައްޔިތުންނޭވޭ ކޮންމެސް މިމީހުންނަށް މަޖިލިހުގެ މެޖޯރިޓީ ނުދޭތި ވެރިކަމަަށް އައީވެސް ރައްޔިތުންނަށް އޮޅުވާލާގެން ދެންވެސް ހަދާނީ ދޮގު! ވަޢުދު ފުއްދާކަށް މަޖިލިހުގެ މެޖޯރިޓީއެއް ބޭނުމެއް ނުވާނެ! އިދިކޮލު މަޖިލިސް މެންބަރުންވެސް ރަގަޅު ރައްޔިތުންނަށް ފައިދާހުރި ކަމެއްގައި ވޯޓްދޭނެ! ބަޖެޓައްވެސް ވޯޓް ދެނީނޫންތޯ އެހްނވީމައި ކޮންމަޖިލިހުގެ މެޖޯރިޓިއެއްތޯ އިބޫމެން އެއީ އިދިކޮޅުގައި ތިބިއިރު ބަޖެޓައްވެސް ވޯޓް ނުދޭމީހުން މިއަދު މަޖިލިސް މެޖޯރިިިިިޓީއޭ ކިޔައިގެން ވާހަކަ ދައްކަނީ ބަލަ އެންޑީޕީ މެންބަރުންނަކީ މަޖިހުގެ ތަޅުމަށް ނުވަދެ ހާޟިރީގައި ސޮއިކޮށް ހަމަ މުސާރަ ނަގާ މީހުން ހެއުނުވާނެ އެމީހުން ދައްވާ ވާހަކަ ގަބޫލުކުރަން