މަޖިލިސް އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ އަބްދުލް މުގުނީއަށް ކުރާ ތާއީދު އެމްޑީޕީއިން އަނބުރާ ގެންގޮސްފިއެވެ.

ނަމަވެސް މިކަމާއި ގުޅިގެން އެމްޑީޕީން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.

މުގުނީއަށް ތާއިދު ނުކުރަން އެމްޑީޕީން ނިންމީ އޭނާ ކުރީގެ އަނބިމީހާ އަށް އަނިޔާކޮށްފައި ވާތީ އޭނާ އާއި ދެކޮޅަށް އެތައް ބަޔަކު މީސް މީޑިއާގައި އަޑު އުފުލަމުން ދަނިކޮށެވެ.

މުގުނީ އޭނާގެ ކުރީގެ އަނބިމީހާ އަނިޔާ ކޮށްފައި ކަމަށް ފުރަތަމަ މީސް މީޑިއާގައި ބުނީ އެއަންހެން މީހާ އެވެ. އެކަމަށް އެތައް ބަޔަކު ވަނީ މީސް މީޑިއާގައި "ހެކިބަސް ދީފައެވެ." ބައެއް މީހުން ވަނީ މުގުނީ އަނބިމީހާ އަށް އަނިޔާ ކުރަމުން ދަނިކޮށް އެކަން ހުއްޓުވާ އެކަމަށް ހުރަސް އެޅި ކަމަށް ވެސް ބުނެފައެވެ.

އަނބިމީހާ އަށް އަނިޔާ ކުރި މައްސަލައިގައި މުގުނީ ކުރިން ފުލުހަށް ވެސް ހާޒިރު ކުރި ކަމަށް ވެއެވެ.

އެމްޑީޕީގެ މަޝްހޫރު ބައެއް ފަރާތްތަކާއި އަދި އެކްޓިވިސްޓުން ވެސް ވަނީ އެމްޑީޕީއިން މުގުނީއަށް ޓިކެޓް ދީފައި ވާތީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙާޖީ ތުއްތު ދީދީ

    އެމްޑީޕީއިން ކުރިމަތިލާފައިތިބޭނެ ތިކަހަލަ ޖަރީމާތަކުގައި ބައިވެރިވާ ކިތައްމެ ބަޔަކުވެސް. މިހާރު މުގުނީ ދެން އަންނި. ދެން އެއަށްފަހު އެތައްބައެއް>>>>>>>>>>>>>>>>>

    2
    1
  2. އަހުމަދު

    24 ގަޑީ އިރު ތެރޭ ދެވަނަ ގޮނޑި އެގެއްލުނީ ދެން މަވަރުން ކިހިނެއް މެޖޯރިޓީ ލިބޭނީ އިއްޔެ މަހިބަދޫ ދާއިރާގެ ކެނޑި ޑޭޓް ނަން އަނބުރާ ނެގީ.... ހެ ހެ ހެ

    2
    1
  3. ސަމީރު

    ތިޔަޕާޓީން ކުރިމަތިލީ އެއްވެސް މީހެއް ދައްކަބަލަ ތިކަހަލަ ކޮންމެވެސް ކަމެއް ނެތް.

    1
    1
  4. ބެއްޔާ

    ރާއްޖެ ސެކިއުލާ ކުރުމަށް އުއްމީދުކޮށް އެކަމަށް މަސައްކަތް ކުރާ މީހުންނާއި ސެކިއުލާ ވިސްނުމުގެ އެންމެން ގުޅިގެން އެމްޑީޕީގެ މަޖިލިސް 19 އެޖެންޑާ ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

  5. މުހައްމަދު އަހުމަދު

    ތިޔައީ ކެނޑިޑޭޓަށް ކުރާ ނުފޫޒެއް އަނބިމީހާއަށް އަނިޔާކުރިކަން އެގި އިހުސާސްވީ ވަރިކުރިތާ 11 އަހަރު ފަހުންތޯ؟ މުޤުނީ މަޖިލީހުގެ ގޮޑިއަށް ކުރިމަތިލައިގެން އެގޮޑިއަށް ހޮވިދާނެކަމަށް ލަފާކުރެވިގެންތޯ؟

    8
    1
  6. މުހައްމަދު އަހުމަދު /ގައްދޫ

    އަބުރާއި ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ޤާނޫނު މުހިންމުވަނީ މިހެންވީމާ މިހެންވެ މިބުނަނީ އަބުރުގެ ޤާނޫނެއް އޮންނަން ޖެހެޔޭ.

    10
    1
  7. ޕީޕީއެމް

    މިއިީ އެމްޑީޕީ އާ އެހެންޕާޓީތަކާ ތަފާތަކީ! އެމްޑީޕީ ގަޓުހުންނާނެ!

    4
    15
    • މޑޕގެ ހަގީގަތް

      އެމްޑީޕީ ގަޓުހުރީ އަނިޔާވެރިކަމަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް

  8. ުހުވަދޫ

    މުގުނީ އަކީ އެމް.ޑީ.ޕީގެ ޕްރައިމަރީއަކުން ހޮވިންގެން ކެމްޕެއިން ކުރަމުންދާ ކެންޑިޑޭޓެއްކަމަށްވުމާއެކު.... ކީއްވެބާ ކުރިން މިފަދަ ކަންތައް ނުބަލައި ޕާޓީގެ ޓިކެޓްދިނީ... ބޮޑަށް ބެލެވޭނީ.. މީގެ ބަޔަކު ކުޅޭ ގޭމެއްކަމަށް.....

    23
    1
  9. ތިނަދޫ ސޮރު

    މުގުބަސްތާ އަށް ވޯޓެއް ނުދޭނެ އެކަކުވެސް.

    4
    1
  10. ާހަހަހަާ

    ދެނޮ ބޯކޮ މުގުނީ ހޮވާ ލަލަ ލާ ހަހަހާ

    4
    2
  11. ވޯޓުދިނުމުގެކުރިން ވިސްނާ

    މީ ސައުދުﷲހިލްމީ އަށް ގޮނޑިދޭންވެގެން. އޭނަ ހޮވުނީމަ މޑޕއަށް ސޮއިކުރާނެ. މިގޮތަށް ތިނަދޫ ދެކުނުދާއިރާގެ ގޮނޑިވިއްކި މެމްބަރުވެސް ހޮވުނީމަ މޑޕ އަށް ސޮއިކުރާނެ. ތިނަދޫ ރައްޔިތުންވިސްނާ މިމީހުންނަ ވޯޓުނުދީ. ތެދުވެރިކަމާއެކު ދާއިރާގެ ހައްގުގަ ވަކާލާތުކުރާނެ މީހާއަށް ވޯޓުދީ މިކަހަލަ މަކަރުވެރިން ބޭރުކުރަންވީ. ކަޅުފޮށި ފަހަތުން ދުވި އެއްމެން ބޭރުކުރަންވީ އޭރުން މިމީހުންނަ އިގޭނެ ރައްޔިތުން ތިބިގޮތް.

    9
    3
  12. އަދުނާން

    މަޖިލިސް އިންތިޚާބުގައި ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރާ އަބްދުލް މުގުނީއަށް ކުރާ ތާއީދު އެމްޑީޕީއިން އަނބުރާ ގެންގޮސްފީމޭ ބުނުމަކުން ނުނިމޭދޯ.އޭނަޔަށް އެޖެންޑާ 19 ގެ ނަމުގަ އެމްޑީޕީ ލޯގޯ ބޭނުންކޮށްގެން ކެމްޕެއިންކުރެވިގެންވެސް ނުވާނެ.ތިކަން އަދި ތިއޮތްގޮތުން ހީވަނީ މީހުންގެ ލޮލުގަ އަދުންއަޅުވަން ކުރިކަމެއްހެން.އޮޅުވާލަން ނޫޅުއްވާ.ތިގޮތަށް ނިންމުމާއެކު އޭނަޔަށް އަންގަންޖެހޭނެ އެމްޑީޕީލޯގޯ އަދި އެއްވެސް ޝިޔާރެއް ކުލަޔެއްކެމްޕެއިންގަ ބޭނުންކޮށްގެންނުވާނޭވެސް.އެއިރުން ތަންކޮޅެއްފުރިހަމަވީސް.

    1
    1