އިހްލާސްތެރި މީހަކު ބޭނުންވާ ކަމަށް ބައެއް މީހުން ބުނާ ކަމަށާއި ނަމަވެސް ކަންތައްތައް އިސްލާހު ކުރަން އިހްލާސްތެރި މީހަކު ބޭނުން ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ބައެއް މީހުން ބުނޭ ބޭނުން ވަނީ އިހްލާސްތެރި މީހެކޭ، ނޫން ބޭނުން ވަނީ ނުލަފާ މީހާ ހުއްޓާ ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް، ބޭނުން ވަނީ އެ ނިޒާމް، އަޅުގަނޑުމެން ނުވެސް ދަންނަން އިހްލާސްތެރި މީހެއް ހެޔޮލަފާ މީހެއް، ހަމަ ދަންނަނީ އިންސާނެއް، އެންމެންނަކީ ވެސް އާދައިގެ އިންސާނުން،" ނަޝީދު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީގެ ވިސްނުމަށް އަލިއަޅުއްވާލައްވަމުން ނަޝީދު މިރޭ ވިދާޅުވީ ފަނޑިޔާރުންގެ ގޯސް ވާހަކަތައް ވެސް ދައްކަން ޖެހޭ ކަމަށާއި އެހެން ނޫންނަމަ ފަނޑިޔާރުގެ އިސްލާހު ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް ފަނޑިޔާރުގޭގެ ވާހަކަ ދައްކަން އެންމެން ވެސް ޖެހިލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ވާހަކަ ސާފުކޮށް ނުދައްކާ، މުޅި ދިވެހިން އެ ފަނޑިޔާރުން ލަދު ގަންނުވާނުލާ އަޅުގަނޑުމެންގެ ފަނޑިޔާރުގެއެއް އިސްލާހެއް ނުވާނެ، ތިޔަ ބޭފުޅުންނަށް އެނގޭ ކޮންމެ ވާހަކައެއް ތަކުރާރުކޮށް ދައްކަވާ، އާންމު ކުރައްވާ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފަނޑިޔާރުންގެ ވާހަކަ ދައްކަން އެއްވެސް ބޭފުޅެއް ޖެހިލުންވެއްޖެނަމަ އަޅުގަނޑުމެން އެންމެން ހަލާކު ވާނެ ކަމަށެވެ. "އެންމެން އެކުގައި ތިބެގެން މިކަން އިސްލާހު ކުރިއްޔާ ނޫނީ އަޅުގަނޑުމެންގެ ފަނޑިޔާރުގެތަކެއް އިސްލާހެއް ނުކުރެވޭނެ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ފަނޑިޔާރުގޭގައި މިހާރު ތިއްބެވި ބޭފުޅުން ބަދަލުކޮށްގެން އެ ތަން އިސްލާހު ކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ބޭނުން ވަނީ ފަނޑިޔާރުންތައް ބަދަލުކުރުން ނޫން ކަމަށާއި ބޭނުމީ ހަރުދަނާ ނިޒާމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކިތަންމެ މޮޅު ހަރުދަނާ ނިޒާމެއް އޮތަސް އެނިޒާމެއްގެ މަތީ ދެމިތިބެގެން މެނުވީ އެ ނިޒާމް ތަންފީޒު ކުރެވޭނެ ގޮތެއް ނުވިސްނޭ....އިހްލާސްތެރިކަން ނެތް މީހަކު އެއްވެސް ކަމެއްގަ ދެމި ނުހުރެވޭނެ....ނިޒާމެއް ނޫން މައްސަލަޔަކީ،، މައްސަލަޔަކީ ނިޒާމުގަ އޮންނަ ގޮތަށް ނޫޅުން....
މިހާވަރުގެ ޖަނަވާރު މީހަކު މަނުދެކެން ދުވަހަކުވެސް
ނުލަފާކަން ދައްކަން ހުއްޓާ ވެރިކަންވެއްޓުނީވެސް. ދިވެހިންނަކީ ތިޔަޒާތަށްއުޅެން ބޭނުންވާ ބައެއްނޫން. މިއީ އިސްލާމްދީނުގެ ރިވެތި އުސޫލު ގަބޫކުރާ ބައެއް.
މައްޗަންގޮޅީ މެދު ދާއިރާގެ ރައްޔިތުންނަށް ވަރަށް ސަލާމް.
ތިޔަބޭފުޅުންނަށް އިޙްލާޞްތެރިވާނެތޯ؟ ރައްޔިތުންނަށް އިޙްލާޞްތެރިވާނެތޯ؟ ގައުމަށް އިޙްލާޞްތެރިވާނެތޯ؟ މިހުރީ ޖަނަވާރުންގެ ތެރެއިންވެސް މިނިކާވަގެއްފަދަ އެއްޗެއް މިގައުމަށް ފާވެފަ. ހިތްތަކު ރައީސޯ މިއީ. މިއީ ޝައިޠާނެއް ހުރިގޮތަށްހުރި
"މި ވާހަކަ ސާފުކޮށް ނުދައްކާ، މުޅި ދިވެހިން އެ ފަނޑިޔާރުން ލަދު ގަންނުވާނުލާ އަޅުގަނޑުމެންގެ ފަނޑިޔާރުގެއެއް އިސްލާހެއް ނުވާނެ، ތިޔަ ބޭފުޅުންނަށް އެނގޭ ކޮންމެ ވާހަކައެއް ތަކުރާރުކޮށް ދައްކަވާ، އާންމު ކުރައްވާ،" ނަޝީދު ވިދާޅުވިއެވެ. އެއްދުވަސްވަރެއްގައި އިންސާފު ހޯދުމަށްކަމަށްބުނެ އެމްޑީޕީގެ މެމްބަރުންތަކެއް މަދު ރައްޔިތުންތަކެއް ގޮވައިގެން ނުކުމެ ބޮލުގަ ހުދު ޖަނގިޔާ އަޅައިގެން ސުޕުރީމްކޯޓު ދޮށަށް އެއްވީ ފަނޑިޔާރުންގެ އަގު ވަޒަންކުރަންތަ؟ ނުވަތަ އަވިން ބޯހިޔާ ކުރަންތަ؟
ޟމީ އަޅެ ފައްކާ ބޯގޯހެއްތަ ނޫނީ ނުލަފައީތަ ތާކުންތާކުޖެހޭ އެއްކަމެއްވެސް ނުކުރޭ މީނަވެސް ދޫކޮށްލި ފަނޑިޔާރެއް އުޅޭނެދޯ މީ މިރައީސް ކުރި އެންމެ ބޯގަޅި ކަންތައް ކީއްކުރާނީ މުޅި އާއިލާއައް ކުރީގައި ކާންބޯންދިނީ ކެނެރީގެއިން މވީމަ މިރާއީސްއަކައް ނެއް މުކަމުން ސަލާމަތް ވެވޭކައްވެސް..
ޤައުމަށް އިހުލާސްތެރިންނެއް އެމްޑީޕީ އަކު އަދި އެމްޑީޕީ އަކާއި ނުވެސް ގުޅޭނެ އަންނިގެ ބަސްތައް ފެންނަނީ ޤައުމު ވިއްކާ ކެއުމާއި ދިމާލަށް
ނަސީދު އެބުނީ ތެދެއް ލަނޑަޔާ ވާނީ ލަނޑަޔާ އޭނަޔައް ކަމުދާނީ މަކަރުވެރި ހިޔާނާތްތެރިއެއް އަލީވަހީދު(ކަރާ) ކަހަލަމީހުން ،
ރައީސް ސޯލިހު ކޮންކަހަލަ ވިސްނުމެއްގެ މީހެއްތޯ ތިޔަ ކުރިޔަށް ނެރުއްވައިގެން ތިޔަ ފަރާތުން އަދި ޕާޓީ މީހުންގެ ފަރާތުން ސިކުނޑި ހަމަނުޖެހޭ މީހަކު ބޭނުން ކޮށްގެ ތިޔަ ބޮޑު ޕާޓީ އަދި ތިޔަ ގަދަރުވެރި ޕާޓީ ތިޔަ ވިއްކަވަނީ ހަމަ ބޯހަލާކު.
އިޚްލާޞް ގެ މާނަ ދަސްކޮށްބަލަ.
ކަލޭގެ ނޭއްގާނީކަމާ ބޮޑާކަމުގެ ވާހަކަ ދެއްކީމަ ކަލެއަށް ހަޖަމުވޭތަ؟ ކަލޭގެ ސަބަބުން އަހަރުންނަށް ލިބުނު ގެއްލުމުގެ ވާހަކަ ދެއްކީމަ ކަލޭ އައީ ރުޅި، ކުރީ ޖެއްސުން. ކަލޭތީ ކަލޭގެ އަންބޮޑި ބޮޑުކުރަން އުޅޭ މީހެއް. ކަލޭތީ އެއްވެސް ދިވެއްސަކަށް ހެވެއް އެދޭ މީހެއް ނޫން.
ނަތީޖާ ނެރެވޭނެ ނިޒާމަކަށް ވެސް ބޭނުން ވާނީ އިޚްލާސްތެރި އިންސާނުން. ސުމޭކު ޒަމާނުގައި ވެސް އިޚްލާސްތެރިކަން ނެތް މީހުން ނެތްނަމަ ލިބޭނަތީޖާގައި މައްސަލަ ހުންނާނެ.
ކުދިންނޭވެ ހޭއަރާށެވެ. ނުލަފާކަން ކުރީ ދެއްކިހެން މިފަހަރުވެސް ދައްކާނެ.
ވިސްނުންތެރިކަމާއެކު މިފަހަރުގެ ވޯޓަށް ނޫނެކޭ ބުނަންޖެހޭ. އެހެންނޫނީ ހިތާމަކުރާނެދުވަސް ދުރަކުނެތް .ހޭއަރާތިބޭތި
ނަޝީދު އެބުނީ ހަމަ ސީދާ ޔަހޫދީންނާއި ނަސާރާއިންގެ ވޯޑެއް އެބައިމީހުންގެވެސް ވާހަކައަކީ އެވާހަކައަކީ ދޮގަކަށްވިޔަސް އެވާހަކައެއް ތަކުރާރުކޮށް ދައްކާނަމަ އެއީ ތެދެއްކަމުގައި މުޖުތަމަޢުގައިތިބޭ ދަންދޮރު ނުދަންނަމީހުން އެވާހަކައެއް ބަލައިގަންނާނެއޭ! އެހެންކަމުން އެވާހަކަ މުޖުތަމަޢު ބަލައިގެންފުމަށްދާދެން ކިތައްމެ ބޮޑުޚަރަދެއްކޮށްގެން އަދި ކިތައްމެ އަހަރުތަކެއް ވޭތުވެދިޔައަސް ޔަހޫދީންނާއި ނަސާރާއިން އެވާކައެއް ދެއްކުމުގައި ދެމިތިބޭނެ މިއީ ހަމަ ޙަޤީގަތް. ހައްދަވާ ގެންގުޅުއްވާ އިލާހު! ފިތުނަ ފަސާދައާއި ލާދީނިއްޔަތުގެ އަހުލުވެރިންގެކިބައިން ސަލާމަތްކުރައްވައި މި ޤައުމުގައި އިސްލާމީ ވަޙުދަތާއި މިނިވަންކަން އަބަދުގެ އަބަދަށް ދަމަހައްޓަވާނދޭވެ!
ޔަހޫދީންގެ ތެރެއިން ފުރަތަމަ ނުކުތީ، ޒައިނިސްޓް ކިޔާ ބައެއް. މިމީހުންގެ އެޖެންޑާއަކީ، ފަލަސްތީނުގެ ބިން ހޯދުން. އެމީހުން ބައިއަތު ހިފީ ޝައިޠާނާއާ. 1896 ގަ މިކަން ފެށީ. 1948 ގަ އެމީހުންގެ ދޮގު ގޮވެލިފަތީ ކާމިޔާބު ކުރި. މިހާރު އެމީހުން ގޮވަނީ، މާއްދިއްޔަތު "ސެކިއުލަރ" ވިސްނުމަށް. ދުނިޔޭގައި ހިތުހުރި ގޮތަކަށް އުޅެން. އެއްވެސް ދީނެއް ގަބޫލުނުކުރަން. އެއްވެސް އުސޫލެއް ނެތި ހިތުހުރި ގޮތަކަށް، ދޮގުހެދުމާއި މަކަރާ ހީލަތުން ބޭނުންވާ ކަންކަން ހާސިލްކުރަން. ނަޝީދު މިފެތެނީ ޝައިޠާނީ ބައިގަނޑަކަށް ނޫންބާ؟ https://en.wikipedia.org/wiki/Zionism ބައްލަވާ.
މުޅި ޝަރުޢީ ދާއިރާ އެބަޖެހޭ އެޖެންޑާ 19 އަށް ނޫނެކޭބުނަން
ރާއްޖޭގައި ސެކިޔުލަރިސްޓުން ބޮޑެތި މަގާމްތައް ހިސާރުކޮށްގެން ތިބިހާހިނދަކު ނޫނެކޭ ބުނާނޭ މީހުން ނުތިބޭނެ.
ތިއީ ތެދެއް. މިގައުމުގައި މިތިބީ ދީނީއޭ ކިޔައިގެން ބިރުން ހަރަށްވަދެ ތިބި ބައެއް. ރައްޔިތަކަށް ކަންކަން އޮޅުންފިލުވާލަދޭން ނުކެރޭ. ނިކަން ނުކުމެ އިސްލާމްދީނުގެ ސިޔާރު ފާޅުކޮށް، މި ސެކިއުލަރ އަކީ ކޮބައިކަމާއި ސެކިއުލަރ އަކީ ހަމަ އިޒްރޭލުގައި އުޅޭ ޔޫރަޕް މީހުން ގެނައި ޝައިޠާނީ ވަސްވާސްކަން މީހުނަށް އޮޅުން ފިލުވާދީބަލަ. ﷲ ތަޢާލާ އިލްމު ދެއްވި މީހުން ﷲ ފިޔަވައި ވެރިކަމުގައި ތިބި ބަޔަކަށް ބިރުން ތިބެއްޖެނަމަ މި ގައުމު ހަލާކުވެ ހިނގައިދާނެ.
މީނަޔަށް ތާއިދުކުރާމީހުން ހިތައްްއަރާނެދޯ ތިމަންނަމެންގެ ގަޅިކަމާއެވެ!
އިޙްލާސްތެރިކަންހުރުމަކީބޭނުންތެރިކަމެއް އިސްލާމްދީނުގައިވެސް އިހްލާސްތެރިކަމަކީ ހާއްސަކަމެއްކަމުގައިވޭ ގޯސްވަނީ އިހްލާސްތެރިކަމެއްނޫން ގޯސްވަނީ އިހްލާސްތެރިކަމެއްނެތި ކަންތައްކުރައްވާފަރާތް އިހްލާސްތެރިކަމެއްނެތިކަންތައްކުރައްވާފަރާތްތަކަށް ތިހެންވިސްނިދާނެ އިމްތިއާޒްފަހުމީނަޝީދަށް އިހްލާސްެތެރިނުވާނަމަ ނަޝީދުއަށްއެބޭފުޅާރަގަޅުވާނެތޯ ފަހަރެއްގައި އިހްލާސްތެރިކަމުގަނަޝީދުދެކިލައްވާގޮތާ އޭގެމާނާގައިވާގޮތާ ތަފާތުވެދާނެ އިހްލާސްތެރިވުމަކީ ތިބޭފުޅާވިދާޅުވެލައްވާހާގޮަތަށްކަންތައްކުރެއްވުމެއްނޫން އެއީ އިސްލާމްދީނާދެކޮޅަށް ވޯޓްދޭންވިދާޅުވެލެއްވިއަސްވޯޓްދިނުމާ ރާއްޖޭގައި އެހެންދީންތަކަށް ފުރުސަތުދިނުމަށް ވޯޓްދެއްވުމާ ރާއްޖޭގައި އެއްޖިންސުންކާވެނިކުރުމަށް ތާއީދުކުރުން މިކަންކަމާ އެއްކޮޅަށް ވޯޓް
ނުދެއްވުމަކީ އިހްލާސްތެރިކަންނެތިގެންކުރައްވާކަމެއްނޫން އެއީ ﷲ ނަހީކުރައްވާފައިވާކަމަކަށް
ވެފައި މިއީ މުސްލިމުންތާއީދުކުރާނެކަންތަކަށްނުވާނެތީ
"ބޭނުން ވަނީ ނުލަފާ މީހާ ހުއްޓާ ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް،" މިބުނާ އެއްޗެއް ސާފެއްނުވި. ކޮންމެވެސް ކުއްޖަކު އެހީއެއް ވެދީބަލަ، އަޅުގަނޑަށް މީތި ތަރުޖަމާ ކޮށްދީބަލަ.