އެމްޑީޕީގެ ފްލެޓް މަޅީގައި ނުޖެހުމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ފްލެޓު މަޅީގައި ނުޖެހުމަށް ގޮވާލިއިރު މަޖިލިސް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ހަވާލު ކުރަން ތައްޔާރުވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައިއެވެ؟ އިއްޔެ ރޭ އޮތް ކެމްޕޭން އެއްވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް މާލޭ ސަރަހައްދުގައި ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ.

ބައެއް ކެންޑިޑޭޓުން ގެންދަވަނީ މާލޭ ދާއިރާތަކުގެ ކެމްޕޭންގައި، ވެށިފަހި މަޝްރޫއުން ފްލެޓް ނުލިބި ތިބި މީހުންނާ ބައްދަލު ކުރައްވަމުންނެވެ.

އަދި އެފަރާތްތަކަށް ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ދެއްވުމާއި ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް ބުނެ އެ ކެންޑިޑޭޓުންނަށް ދަނީ ފާޑު ކިޔުންވެސް އަމާޒު ވަމުންނެވެ.

ފްލެޓާއި ގޯތި ހަވާލު ކުރުމުގެ ދައުވަތު ދިނުމަށް އެމްޑީޕީން ފާއިތުވި ދެތިން ދުވަހު އެތައް ބަޔަކު ގުޅިކަން ބޭޒާރުވެ ފާޑުކިޔުންތައް އަމާޒުވުމުން އެމްޑީޕީގެ ތަރުޖަމާން އަފްޝަން ލަތީފް ރޭ "ރާއްޖެޓީވީ" އަށް މައުލޫމާތު ދެމުން ވިދާޅުވީ މީހުންނަށް ފްލެޓް ދޭނެ ކަމަށް ބުނެ އެމްޑީޕީން ނުގުޅާ ކަމަށާއި، އެކަމަކު ބުދަ ދުވަހުގެ ރޭ އޮތް ބައްދަލުވުމަކަށް ދައުވާތު ދީފައިވާނެ ކަމަށެވެ.

"މާދަމާ ރޭ (ބުދަ ދުވަހު) ކާނިވަލް ސަރަހައްދުގައި ނުވައެއް ޖަހާއިރު ވެށި ފަހި މާލޭ ޕްރޮގްރާމްގެ ދަށުން އެޖެންޑާ 19ގެ ދަށުން ކުރިޔަށްގެންދާނެ ގޮތުގެ މައުލޫމާތު ރައީސް ނަޝީދާއި މާލެ މޭޔަރު ޝިފާ މުހައްމަދު ދެއްވާނެ،." އަފްޝަން ވިދާޅުވިއެވެ.

ނަމަވެސް އިއްޔެ އަފްޝަން ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެޖެންޑާ 19 ގެ އެންމެ ބިޔަ އެއް ވައުދު ކަމަށާއި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައި ތިބި އެންމެންނަށް ހައްލެއް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް ކަމަށެވެ. ރައީސްގެ އެ ވައުދާ އެއްގޮތަށް، އެމްޑީޕީގެ ކެންޑިޑޭޓުން ބޯހިޔާވަހިކަމުގެ ޔަގީންކަން ދެއްވަމުން ގެންދަވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކަށި

    ބަލަ މިިހިރަ ނިހާނޫ މީހުން މަޅީގަޖެއްސީކަލޭމެން މިހާރުވެސް މީހުނަށް ފާޑުފާޑުގެ ފޯނުކޯލުކޮއްފަ ފުލެޓް ހަވާލުވާން އަންނާށޭކިޔާ އެމްޑީފީގެ ނަމުގަ ތިގުޅަނީ ތިވަގުންތައް ކަލޭމެނަކައް މީހުނައް އޮޅުވާނުލާ މިނެޓަކައްވެސް ނުތިބެވޭނެ

    11
    31
    • Anonymous

      އަޅޭ މޑޕ ހުދު ފޮތި ކޮޅު ދޯ. ހަޑި ބަހެއްވެސް ނޭނގޭނެ ދޯ. މައުސޫމް މައުސޫމް.

      10
      2
  2. އަހްމަދު

    ނިހާނު މިހާރުވެސް ފްލެޓް ހަވާލުވާން އަންނާށޭކިޔާ އެމްޑީޕީގެ ނަމުގަ ފޯނުތިކުރަނީ ތިވަގުންތައް

    10
    27
    • Anonymous

      މޑޕ ގުންޑާއިން މާ ތާހިރު ވާނެ އެހެން މީހުންނަށް ވަގަށް ނުގޮވިއްޔާ. މމޕރސ ގެ ޚިޔާނާތުގެ ކުރިން ކަލޭމެން ޖީއެމްއާރަށް އެއާޕޯޓް ވިއްކާލައިގެން ނެގީ ހަމަ އެވަރު. ކަލޭމެން އެހެން މީހުންނަށް ވައްކަން ކުރަން ދަސްކޮށް ދިނީ. އެންމެންނަކީ މޮޔައިންނޭ ހީވަނީ ތަ؟

      11
      3
  3. ޖަމްޝީދު

    ފުލެޓުން މަކަރުހެދީ ކޮން ބައެއްކަން ވަރަށް ސާފު. ބައެއް މެންބަރުންގެ އާއިލާ އޮތްގަތަށް ފުލެޓްގެ ލިސްޓުގަ. އެހެން އެކަންތައްތައް ހުރުމާއެކު ނިހާނުމެން ފުލެޓުގެ ވާހަކަ ނުދެއްކުން ބުއްދިވެރި.

    12
    21
  4. އޮޅާލާ

    އެމްޑީޕީގެ ވެރިކަމުގައި މަމެން ދެކޭ ގޮތުގައި އެމެންނަށް ހުޅުމާލޭން ބިން ދެވެން ޖެހޭނެ ދެވޭނެއޭ އަދި ދޭނެ ވާހަކަ ވެސް ދެއްކޭނެއޭ ސަބަބަކީ މީ އެމެންގެ ވެރިކަމޭ ވެރިކަމުގެ ބޮޑު ހިއްސާ އޮތީ އެމެން އަތުގައޭ ހަމަ މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ ކޮންމެ މީހަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ކުއްޔެއްގެ ގޮތުގައި ސަރުކާރަށް ދައްކާ ގޮތަށް 2 ހާސް އަކަފޫޓްގެ 50 ހާސް ގޯތި ހުޅުމާލޭން ދޫކޮށްލަންވީއޭ ދޫކުރެވޭނެއޭ ޔަގީނޭ ކޮން ފްލެޓެއްތޭ ފްލެޓް އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ...

  5. ހަތެއް

    އެމް. ޑީ. ޕީ. ގެ ލާދީނީ މުނާފިގު ވަގުންލައްވާ ފްލެޓު ބެހުމެކޭ ގާރޫނު ރަންބެހުމެކޭ ހަމަ އެއްފަދަ. ފަހުން އެމް.ޑީ.ޕީ އަކީ ހުދު ކާފަކޮޅެއް ކަމަށް ދެކޭ ރައްޔިތުންނަށް ބޭވަފާތެރިވާތަން ފެންނާނެ، އޭރުން ތިކިޔާ އެއްޗެހި ކިޔާބަލަ ކަލޭ(މޑޕ)މެން!

    14
    5
  6. ދޭންވީއޭ

    އެމްޑީޕީގެ ވެރިކަމުގައި މަމެން ދެކޭ ގޮތުގައި އެމެންނަށް ހުޅުމާލޭން ބިން ދެވެން ޖެހޭނެ ދެވޭނެއޭ އަދި ދޭނެ ވާހަކަ ވެސް ދެއްކޭނެއޭ ސަބަބަކީ މީ އެމެންގެ ވެރިކަމޭ ވެރިކަމުގެ ބޮޑު ހިއްސާ އޮތީ އެމެން އަތުގައޭ ހަމަ މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ ކޮންމެ މީހަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ކުއްޔެއްގެ ގޮތުގައި ސަރުކާރަށް ދައްކާ ގޮތަށް 2 ހާސް އަކަފޫޓްގެ 50 ހާސް ގޯތި ހުޅުމާލޭން ދޫކޮށްލަންވީއޭ ދޫކުރެވޭނެއޭ ޔަގީނޭ ކޮން ފްލެޓެއްތޭ ފްލެޓް އޮޅާލާ ދެން ބިން ދޭންވީއޭ ހަމަ ދޭންވީއޭ ދޭންވީއޭ ދޭންވީއޭ..

    2
    5
  7. ސަޓޯ

    ފުލެޓު ދޮންބެ ގަންޖާ ނަސީދު