ވެމްކޯގެ މުވައްޒަފުންވެސް ވިހެއުމުން ދޭ ޗުއްޓީ ހަ މަސް ދުވަހަށް އިތުރު ކުރުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޯޕަރޭޝަނުން މިއަދު ބޭއްވި 55 ވަނަ ބޯޑު ބައްދަލުވުމުގައި ބަލިވެއިނުމާއި، ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީއަށް ބަދަލު ތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން މުވައްޒަފުން ވިހާނެ ކަމަށް ލަފާކުރެވޭ ދުވަސް ބަޔާންކޮށް ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް އެ ސެޓްފިކެޓްގައި ބުނާ ތާރީހުން ފެށިގެން ވިހެއުމާއި ގުޅިގެން ބަންދު ދުވަސް ހިމަނައިގެން މުސާރަ ލިބޭގޮތަށް ހަ މަސް ދުވަހުގެ ޗުއްޓީ ދިނުމަށް ނިންމާފައިވާކަމަށެވެ.

އަދި ފިރިހެން މުވައްޒަފުންނަށް، އަނބިމީހާ ވިހެއުމާ ގުޅިގެން 30 ދުވަހުގެ ޗުއްޓީ ލިބޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ވިހެއުމުން ދޭ ޗުއްޓީ ހަމަހަށް ހެދިކަން ރައީސް އިއުލާން ކޮށްދެއްވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށާއި، ރެހެންދި އެވޯޑްދިނުމަށް މާފުށީގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    ބަލިވެގެން ބޭސްފަރުވާ ކޮށްފަ މެޑިކަލް ސެޓްފިކެޓް ހުށަޙެޅީމާ ވަޒީފާ އިން ވަކިކޮށްލަނީ މީ އިންސާފް ތޯ ؟؟