ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު ޒިޔާދާ ނައީމްގެ ފިރިމީހާ، އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި، ޒިޔާދާގެ ފިރިމިހާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާ ކުރިއެވެ. އެއީ ޖިންސީ ކުށުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާއާއި، ގާނޫނުލް އުގޫބާތުގެ 112 ވަނަ މާއްދާގެ (ހ)ގެ ދަށުން މީހަކު މަރުވެ ދިއުމުގައި އުހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުނު ކަމުގެ ދައުވާއެވެ.

މި ދައުވާތަކުގެ ޝަރީއަތްތައް ފަށާފައި ވަނީ 2016 ވަނަ އަހަރުގެ މެދު ތެރޭގައެވެ.

އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދަނިކޮށް ހާލަތު ސީރިއަސްވެ ޒިޔާދާ މަރުވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޗޫސް

    ނުވާނެ. އަދި ދެންތިބި މީހުންވެސް ނެރޭނެ.

    13
    1
  2. ޘޡޘޡޘޡޘ

    ތިޔަށް އަދި އީވާ އާއި ނަޝީދު ގޮތެއް ނިންމަވަންދެން މަޑުކުރައްވާ

    9
    2
  3. ވާނުވާ

    ސާބިތު ވިޔަސް ނުވިޔަސް ތިއީ ގާތިލެއް! މުޖުރިމެއް! މިރާއްޖޭގެ އަންދާގާނޫނުގެ ދަށުން ސަލާމަތްވިޔަސް ތި ރަހުމްކުޑަ ނުލަފާ ގާތިލަށް ހައްގު ޖަޒާ ލިބޭނެ ދުވަހެއް އެބައޮތް!

    29
  4. މާޝާ

    ކުރީ ގެ ސަރުކާރުގެ ބާރު ލިބިގެން ޕްލިސްޖަމްޝީދު ފުހުންގެ ތަޙްޤީޤީ އިދާރާއަށް ބާރު ފޯރުވާގެން ބުންޏޭ ބުންޏޭ ކިޔާގެން ފުލުހުން ތަޙްޤީޤު ކޮށް ޝަރީޢަތަށް ފުނުވާ މައްސަލަތަކީ ޝަރީއަތަށްސާބިތުވާންޖެހޭ މައްސަލަތަކެއްނޫން މައްސަލަތައް ސާބިތވާނީ ސާބިތުވާ ވަރަށް ހެއްކާ ގަރީނާ ހުށަހަޅާގެން އެހެންވީމަ ފުހުންވިޔަސް ނޫސްވެރިންވިޔަސް ކަމަކާއި ގުޅޭ ވާހަކަ ދައްކާއިރު އެހެންމީހުން އަބުރާއި އިއްޒައް ނުގެއްލޭ ގޮތަން ވާހަކަދަންޖެހޭނެވެ. ކީއްވެގެން ތޯ އިބްރާހީމް ޝާހު ޒިޔާދާއަށް އަނިޔާކޮށްފައިވާނަމަ އެކަން ފުލުހުންނާއި ޕިޖީގެ ފަރާތުން ޝަރީޢަތަށް ސާބިތވާވަރަށް ހެކި ނުދެއްކުނީ އެވަރަށް ހެކި ދެއްކި ނަމަ ސާބިތުވާނެ އެއްވެސް ހައްޤެއްނެތި 4އަހަރު ވަންދެން އިބްރާހީމް ޝާހު ޖަލުގައި ބަހައްޓާފައި ހުރީ ނިކަމެތި މީހަކަން ވީމަތޯ އިބްރާހީމް ޝާހުއަށް މި ގޮތަށް އަނިޔާވެރިވި މީހުންނަށް ކޮންމެ ވެސް ދުވަހުހަކުން އެކަމުގެ ޝަޒާލިބޭ އެއީ އަދި މިދުނިޔެ މަތީން ނުލިބުނު ކަމުގައިވިޔަސް އަދި އެހެން ދުވަހެއްވެސް އެބައޮތް އެދުވަހަކުން މަހަޔަޤީނުންވެސް ސަލާމަތެއް ނުވޭނެ.

    1
    25
  5. ތިމަންނަ

    ސާބަހޭ ! ސޭކުސްތާނުގެ ފުލުހުންނާ ފަޑިޔާރުންނަކީ ބޭމިސާލު ލާޖަވާބު

    15
  6. ޙޭޝް

    މި ސަރުކާރު އައިމަ އޭނާ ދޫކޮސްލާނެއޭ މީހަކު ބުނި އަޑު އެހިން.. ޕާޓީ މީހުން އެހެން ސަލާމަތް ވާނެއޭ.. އެ ފެމިލީ ވޯޓް އެމް.ޑީ.ޕީ އަށް ގެރެންޓީ ވީ.. ވ ސަލާމް

  7. ޝޒ

    ޝާހު މިނިވަން ކޮށްދޭނެކަމަށް ބުނެފަވަނީ މޑޕ އަށް ވެރިކަން ލިބުމުން.އެއޮތީ އެވައުދު ފުއްދާފަ.ހެކި ނެތިގެން ނޫން ދޫކޮށްލީ

  8. ޝީނާ

    ސަލާމަތް ވިޔަސް އެއްވެސް އަގެއްނެތް މުޑުދާރު މީހެއްގެ ގޮތުގަ މުޖުތަމައުގަ ދެން މީހުން ބަލައި ގަންނާނީ.ބޮޑު ޤާތިލް

    8
    1